ލިބޭ ޑޮލަރުގެ ބޮޑު ބައެއް މާރުކުރަން މަޖުބޫރުކުރުމުން ފައިދާގައި ހިންގާ ބައެއް ވިޔަފާރިތައް ބަނގުރޫޓުވެދާނެ: ފައްޔާޒް

ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކުރުމުން ބައެއް ވިޔަފާރިތައް ބަނގުރޫޓުވެދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނާ މަޝްވަރާ ކުރުމެއްނެތި ސަރުކާރުން ނިންމާފައިވާ ނިންމުންތަކަކީ ވަރަށް ނުރައްކާތެރި ނިންމުންތަކެއް ކަމަށެވެ. 

ފަތުރުވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު ވަސީލަތްކަމަށާއި ރާއްޖޭގެ އިގުތިސާދާއި ވަޒީފާގެ ބާޒާރު ބިނާވެފައިވަނީ އެ ދާއިރާގެ މައްޗަށްކަން ސަރުކާރުން ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.

"ގިނަ ރިސޯޓުތަކުން ނަގާފައިވާ ލީނުތަކާއި އެހެނިހެން މާލީ ޒިންމާތަކަކީ ޑޮލަރުން އަދާކުރަންޖެހޭ އެއްޗަކަށްވާއިރު، ލިބޭ ޑޮލަރުގެ ބޮޑު ބައެއް މާރުކުރަން މަޖުބޫރުކުރުމަކީ ފައިދާގައި ހިންގާ ވިޔަފާރިތައް ބަނގުރޫޓުވުމަށް މަގުފަހިވާނެ ކަމެއް،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އިގުތިސާދު ހިފަހައްޓައިދޭ ހަމައެކަނި ސިނާއަތް ސުންނާފަތިވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު އަންނަ އޮކްޓޫބަރު މަހުން ފެށިގެން މާރުކުރަން ލާޒިމުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލު ކުރުމަށެވެ.

އެ ގާނޫނު ބަދަލުކުރަން ފުރަތަމަ ހުށަހެޅިއިރު މިވަރަށް ފައިސާ މާރުކުރުމަށް ހިމަނާފައެއް ނުވެ އެވެ. މި ބަދަލުތައް މިއަދުގެ މަޖިލިސް ޖަލްސާގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އޭނާ ހުށަހެޅުއްވި ބަދަލުތައް ބިލުގައި ހިމަނަން ވޯޓު ދިނީ 47 މެންބަރުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރަނީ އެ ޖަމިއްޔާއިންނެވެ.  

މިހާރު އޮންނަ ތިން މަސް ދުވަހުގެ ބަދަލުގައި ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު ވެސް 28 ދުވަހަށް ކުރު ކުރަން ވަނީ ފާސްކޮށްފަ އެވެ.

ފައްޔާޒް ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ 43 ޕަސެންޓު ދިވެހި މުވައްޒަފުންނަށް ކަމަށެވެ.

"[ރިސޯޓުތަކުގައި މަސައްކަތްކުރާ] މުވައްޒަފުންނަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވުމުގެ ސަބަބުން އާއިލާއާ ދުރުގައި ގިނަ ވަގުތު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ކުޑަވެ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާޖެހޭ މިންވަރު އިތުރުވާނެ، ނަތީޖާއަކަށް ވާނީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވުން،" ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ފުނޑުފުނޑުކޮށްނުލައި ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މަޖުބޫރުން ޑޮލަރު މާރުކުރުވުމަކީ ޑޮލަރުގެ ތާށިކަމަށް އޮތް ހައްލެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރު ރަސްމީ ރޭޓުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދެފުށް ފެންނަ އުސޫލަކުން ނެތްނަމަ ކަޅު ބާޒާރު އަބަދުވެސް އޮންނާނެ ކަމަށެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ދޯދިޔާ ސިޔާސަތުތަކެއްކަމަށް ސިފަކުރައްވައި ފައްޔާޒް ވަނީ ރާއްޖޭގައި މިހާރު އޮތް ޑޮލަރުގެ ތާށިކަމުގެ އަސްލު ސަބަބުތަކަށް ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox