ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

Oct 11, 2026, 9:40 PM
ގައުމީ ޕޫލް ބިިލިއާޑް ޓީމުގެ ޝާޒް އާދި ދީނާ

ގައުމީ ޕޫލް ބިިލިއާޑް ޓީމުގެ ޝާޒް އާދި ދީނާ

އިންޑިއާގައި ކުރިއަށްދިޔަ ދި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޕޫލް ބިލިއާޑް ޓީމުގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ބޮޑު ކާމިޔާބީއެއް ހޯދައި، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީޙުން ހާއްސަ ޖާގައެއް ހޯދައިފި އެވެ. 

ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ، އިންޑިއާގެ އަހުމަދުއާބާދުގައި، މި މަހު 7-10 އަށެވެ. މި މުބާރާތުގައި 42 ގައުމަކުން 144 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.

ތަފްސީލަށް ބަލާއިރު، އެއީ، ފިރިހެން 72 ކުޅުންތެރިންނާއި 72 އަންހެން ކުޅުންތެރިންނެވެ. ތަފާތު ޑިސިޕްލިންތަކަށް ބަލާއިރު، މި ފަހަރުގެ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ސްނޫކާ، އިންގްލިޝް ބިލިއާޑްސްގެ އިތުރުން 10-ބޯލް ޕޫލް، ހޭބޯލް އަދި ބްލެކްބޯލް ޑިސިޕްލިންތައް ވަނީ ބާއްވައިފަ އެވެ. 

އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ ޝާޒް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށް ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މިއީ، ރާއްޖޭގެ ޕޫލް ބިލިއާޑް ކުޅުންތެރިއަކު، މި ލެވަލްގެ މުބާރާތެއްގެ ކުއާޓާގައި ވާދަކުރި ފުރަތަމަ ފަހަރެެވެ. ގައުމީ ލެވަލްގެ ޕޫލް ބިލިއާޑް އެކި މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޝާޒް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދިޔައިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްރެއިގް ބްރޯވާގެ މައްޗަށް ވެސް ކުރިހޯދައިފަ އެވެ. މިއީ، ހުރިހާ ގޮތަކުން ބެލިޔަސް ތައުރީފު ހައްގު ނަތީޖާ އެކެވެ. 

އަންހެން ކެޓަގަރީ އަށް ބަލާއިރު، ދީނާ ވެސް ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށް، މި ލެވަލްގެ މުބާރާތެއްގެ ގަދަ އަށެއްގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ވެފައިވަނީ، ބައިނަލް އަގުވާމީ ލެވަލްގައި، އަންހެން ބިލިއާޑްގައި މެޗަކުން ކާމިޔާބު ހޯދި ދިވެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. 

ޕޫލް ބިލިއާޑުން ދެކޭގޮތުގައި، މިއީ، މި ކުޅިވަރު ކުރިއަރުވައި އާލާ ކުރުމަށްޓަކައި ކުރާ މަސައްކަތަށް ބަލާއިރު ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި، މި ފަހަރުގެ މުބާރާތުގައި ހާސިލްކުރެވުނު ކަންކަމަށް ބަލައި، މުސްތަގުބަލުގައި ޕޫލް ބިލިއާޑް ކުޅުންތެރިން ބިނާކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އޮތީ ތައްޔާރަށެވެ. 

އަންނަ ޑިސެމްބަރު މަހު، ރިޔާދުގައި ކުރިއަށްދާ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ގައުމީ ޕޫލް ބިލިއާޑް ޓީމުން ވާދަކުރާނެ އެވެ. އެހެންކަމުން، ކޮމަންވެލްތު މުބާރާތުގައި ލިބުނު ކާމިޔާބަކީ، އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ވާދަކުރަން ދާއިރު ލިބިގެންދިޔަ ހިތްވަރެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox