ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން މެންޗެސްޓާ ސިޓީ މޮޅުކޮށްދީފި

Oct 11, 2026, 10:25 PM
ސިޓީގެ ޑޮކޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީގެ ޑޮކޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލިވަޕޫލް (އޮކްޓޫބަރު 11) - ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޖެރެމީ ޑޮކޫ ދެއްކި ތަފާތާ އެކު، މެންޗެސްޓާ ސިޓީން 3-0  ލިވަޕޫލް ބަލިކޮށްފި އެވެ. 

މި ނަތީޖާއާ އެކު، ސިޓީން މި ވަނީ 1953 ވަނަ އަހަރުގެ ފަހުން،  ލިވަޕޫލް ދަނޑު، އެންފީލްޑްގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލީގު މެޗަކުން މޮޅުވެފަ އެވެ. ސިޓީން ވަނީ މިދިޔަ ސީޒަނުގައި ވެސް ލިވަޕޫލް ދަނޑުގައި މޮޅުވެފަ އެވެ. ސިޓީން މި މޮޅާ އެކު، ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް ހަ މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ހަ މެޗުން ލިބުނީ 15 ޕޮއިންޓެވެ. 

މި މެޗުގައި ލިވަޕޫލަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ 62 ވަނަ މިނިޓްގައި އެ ޓީމުގެ ރަޔާން ގްރަވެންބާކަށް ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ. ގްރަވެންބާކަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޑޮކޫ އަށް ކުރި ފައުލަކަށެވެ. ލިވަޕޫލްގެ ކުޅުންތެރިއަކު މަދުވިތާ ތިން މިނިޓް ތެރޭ ސިޓީން ލީޑުނެގި އެވެ. ޑޮކޫ ޖެހި ޝޮޓެއް ބްލޮކްވެގެން، އޭރިއާތެރެއިން ހާލަންޑަށް ލިބުމާ އެކު، އޭނާ ވަނީ ތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ލަނޑު ޖެހުމުގެ ކުރިން ދެ ވަނަ ހާފުގައި ހާލަންޑަށް ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް ގޯލާ ސީދާނުވި އެވެ. 

ލީޑުނެގުމަށް ފަހު، ސިޓީން ލަސްތަކެއް ނުވެ ދެ ވަނަ ލަނޑު ޖަހައި، ލީޑުފުޅާކުރި އެވެ. ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ޑޮކޫ އެވެ. މިއީ، މެޗުގެ 68 ވަނަ މިނިޓްގައި އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޑޮކޫ ޖެހި ގޯލެކެވެ. 

ސިޓީން ތިން ވަނަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން، ސިޓީގެ ޖޮސްކޯ ގްވާޑިއޯލް ދިން ބޯޅައަކުން ރަޔާން ޗާކީ ޖެހި ގޯލެކެވެ. ޗާކީ މި ލަނޑު ޖެހީ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކީޕަރު، އެލިސަން ބެކާ ކައިރިން ވެސް ނައްޓާފަ އެވެ. 

އަނިޔާގެ ސަބަބުން ލިވަޕޫލުން އަލެކްސަންޑަ އިސާކް އާއި ކޯޑީ ގަކްޕޯ އަދި ޑޮމިނިކް ސޮބޯސްލާއި ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ އެޓޭކުގައި އެންމެ ރަނގަޅަށް ކުޅުނީ ލެވިސް ކޯމާސް އާއި ޑެނިއަލް މުނޯޒް އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކޫމާސް ފޮނުވާލި ޝޮޓެއް ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އަދި، މުނޯޒް ފޮނުވާލި ބޯޅަތަކެއް ސިޓީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެެވެ. 

ސިޓީގެ ކޯޗުކަމާ އެންޒޯ މަރެސްކާ ހަވާލުވެ، މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އޭނާ އަކީ އާ ސީޒަނަށް ނުކުމެ ޕްރިމިއާ ލީގުގެ ފުރަތަމަ ހަ މެޗުން މޮޅުވި ހަތަރު ވަނަ ކޯޗެވެ. އަނެއްކޮޅުން، މިއީ، ލިވަޕޫލްގެ ކޯޗަކަށް ހުރެ އަންޑޯނީ އިރައޯލާ ބަލިވި ފުރަތަމަ މެޗެެވެ. ލިވަޕޫލް އޮތީ ހަ މެޗުން ނުވަ ޕޮއިންޓާ އެކު، ނުވަ ވަަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox