ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި ފަށަނީ

Oct 10, 2026, 7:26 PM
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026، ޑިސެމްބަރު 13 ގައި ފެށުމަށް ނިންމައިފި

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026، ޑިސެމްބަރު 13 ގައި ފެށުމަށް ނިންމައިފި

"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ބެޑްމިންޓަން މުބާރާތް، ޑިސެންބަރު 13 އިން 19 އަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި ބާއްވާނެ ކަން އިއުލާންކޮށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

ބެޑްމިންޓަން ކްލަބްއާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަނީ އަންނަ މަހުގެ 25 ގައި އެވެ. 

ދިރާގުން ބުނީ މިއީ ވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިންތިޒާމުކުރާ މުބާރާތެއް ކަމަށެވެ. އަދި، މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސްޕޯޓްސް މިނިސްޓްރީގެ އެންޑޯޒްމަންޓާއެކު ކުރިއަށްގެންދާ މުބާރާތެކެވެ.

Advertisement

މި މުބާރާތުގެ މައިގަނޑު އަމާޒަކީ، ވާދަވެރި މާހައުލެއްގެ ތެރެއިން ދިވެހި އަދި ބައިނަލްއަގްވާމީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.

މިދިޔަ އަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، އެ މުބާރާތުގައި އަށް ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ބައިވެރިވި އެވެ. މީގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ 30 އެތުލީޓުންނާއެކު، މުބާރާތުގައި ޖުމްލަ 733 މެޗު ކުޅުނެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާތަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތުގައިވެސް ޕެރާ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox