ބައިއާގެ ލަނޑުން މޮޅުވެ ޑޯޓްމަންޑް އެއް ވަނަ އަށް

Sep 20, 2026, 8:02 AM
ސްޓުޓްގާޓް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން.

ސްޓުޓްގާޓް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން.

ސްޓުޓްގާޓް، ޖަރުމަނު (ސެޕްޓެމްބަރު 20) - ޖަރުމަނު ލީގުގައި ރޭ މެކްސިމިލިއަން ބައިއާ ޖެހި ހަމައެކަނި ގޯލުން 1-0 އިން ސްޓުޓްގާޓްގެ މައްޗަށް ކުރިހޯދައި ބޮރޫޝިއާ ޑޯޓްމަންޑުން ޖަރުމަނު ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ދާއިރު ޑޯޓްމަންޑް އެއް ވަނައިގައި އޮތީ ހަތަރު މެޗުން ވެސް މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު، 12 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، ބަޔާނުން ހަތަރު މެޗުން 10 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ރަނގަޅު ރެކޯޑެއް ދަމަހައްޓަމުން އައި ފްރެއިބާގް ވެސް އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު ލީގުގެ ތިން ވަަނައިގަ އެވެ. ފްރެއިބާގް ރޭ ކުޅުނު މެޗުން އައިންޓްރަކްޓް ފްރޭންކްފާޓާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. 

ސްޓުޓްގާޓް ދަނޑުގަައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދޭން ޑެނިސް އުންޑާވް އަށް ލިބުނު ހުސް ފުރުސަތުގައި ޖެހި ޝޮޓް ޑޯޓްމަންޑްގެ ކީޕަރު، ގްރެގޯ ކޯބެލް ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއަށް ނެގި ހުރަހަކަށް އަރައި، ސްޓުޓްގާޓްގެ ބިލާލް އެލް ކަނޫސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

މެޗުގެ 70 ވަނަ މިނިޓްގައި ޑޯޓްމަންޑުން ލަނޑު ޖެހިއިރު، މިއީ، ރެއާލް މެޑްރިޑްގެ ތަރި، ޖޫޑް ބެލިންހަމްގެ ކޮއްކޮ، ޖޯބް ބެލިންހަމް ދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ގޮތުން، ބެލިންހަމް ނަގައިދިން ހުރަހަކަށް އަރައި ކުޑަ އޭރިއާގެ ތެރެއިން ބައިއާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ. 

ލީޑުނެގިތާ 10 މިނިޓް ފަހުން، ޑޯޓްމަންޑަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، ފަބިއޯ ސިލްވާ އަށް ލިބުނު ފުރުސަތުގައި، ސްޓުޓްގާޓްގެ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ މާ ދުރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox