ޗެމްޕިއަން ބަޔާނުން ސްޓުޓްގާޓް ބަލިކޮށް ވަރުގަދަ މޮޅަކުން ލީގު ފަށައިފި

Aug 29, 2026, 7:33 AM
ސްޓުޓްގާޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާންގެ އޮލީސޭ އާއި ޑިއާޒް އުފާފާޅުކުރަނީ.

ސްޓުޓްގާޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާންގެ އޮލީސޭ އާއި ޑިއާޒް އުފާފާޅުކުރަނީ.

މިއުނިކް (އޮގަސްޓް 29) - ޖަރުމަނު ލީގުގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން، ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގައި ރޭ 5-1 އިން ސްޓުޓްގާޓް ބަލިކޮށް ވަރުގަދަކޮށް ފަށައިފި އެވެ. 

ބަޔާނުން މިދިޔަ ސީޒަނުގައި ހަ އަހަރަށް ފަހު ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ލީގު ޗެމްޕިއަންކަން ހޯދީ އެ ކްލަބްގެ ތާރީހުގައި 35 ވަނަ ފަހަރަށެވެ. ބަޔާނުން ވަނީ އެންމެ ފަހުން، ކުޅުނު 14 ސީޒަނުގެ ތެރެއިން 13 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ޓީމަށް ލީގު ގެއްލުނީ މީގެ އެއް އަހަރު ކުރިން، ޒަބީ އަލަޮންސޯގެ ކޯޗުކަމުގައި ބަޔާ ލެވަކޫސަނުން ލީގު ނެގިއިރު އެވެ. ބަޔާނުން މިދިޔަ ފަހަރު ލީގު ޗެމްޕިއަންކަން މި ހޯދީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. 

ޖަރުމަަނުގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅުނު ސުޕަ ކަޕް މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަޔާން މޮޅުވީ 2-1 އިންނެވެ. އެ ނަތީޖާއާ އެކު ބަޔާނުން ވަނީ އެ ކްލަބްގެ ތާރީހުގައި 12 ވަނަ ފަހަރަށް ސުޕަ ކަޕްގެ ތަށި އުފުލާލައިފަ އެވެ. 

ބަޔާންގެ ދަނޑުގައި އަލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ލީޑުނެގީ 21 ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރު، ޑަޔޫ އުޕަމެކާނޯ ޖެހި ގޯލުންނެވެ. ޖޯސުއާ ކިމިކް ނަގައިދިން ކޯނަަރަކުން އުޕަމެކާނޯ މި ލަނޑު ޖެހީ ބޮލުންނެވެ. ސްޓުޓްގާޓްގެ ކީޕަރު، ފަބިއަން ބްރެޑްލޯ ވަނީ ބަޔާންގެ ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި ހުއްޓުވައިފަ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ސްޓުޓްގާޓުން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ ޖޯޝާ ވަގްނޯމަން އެވެ. ސްޓުޓްގާޓުން އެއްވަރުކުރިތާ ދެ މިނިޓް ފަހުން ބަޔާނުން އަނެއްކާ ވެސް ލީޑުނެގި އެވެ. މި ލަނޑު ޖެހީ ކިމިކް ދިން ބޯޅައަކުން ރަނގަޅު ފޯމެއްގައި ހުރި މައިކަލް އޮލީސޭ އެވެ. މި ލަނޑު ޖެހުމަށް ފަހު، ދެން އައި އެޓޭކުގައި އިތުރު ލަނޑެއް ޖަހައި ބަޔާނުން ލީޑުފުޅާކުރި އެވެ. މިއީ، ސްޓުޓްގާޓުގެ ވަގްނޯމަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބަޔާންގެ އަލްފަންސޯ ޑޭވިސް ނަގައިދިން ބޯޅައެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ވަގްނޯމަން އަތުން ވަނީ ބައިކޮޅަށެވެ. 

ހެރީ ކޭން ދިން ބޯޅައަކުން އޮލީސޭ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. 

ބަޔާނުގެ ފަހު ދެ ގޯލަކީ، ދެ ވަނަ ހާފުގައި ބަދަލަކަށް އެރި މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީގެ އެހީއާ އެކު ޖެހި ގޯލުތަކެކެވެ. ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އިން 55 މިލިއަން ޑޮލަރަށް ގަތް ސައިބާރީ، 82 ވަނަ މިނިޓްގައި މުޅިން ހުސްކޮށްލާފައި ދިން ބޯޅަ އަލެކްސަންޑާ ޕަވްލޯވިޗް ވަނީ ގޯލަށް ފޮނުވާލައިފަ އެެވެ. އަދި، އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ލުއިސް ޑިއާޒް ވަނީ ސައިބާރީ ދިން ބޯޅައަކުން ބަޔާންގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox