ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

Aug 23, 2026, 9:03 AM
ބަޔާން ކުޅުންތެރިން ޖަރުމަނު ސުޕަ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.

ބަޔާން ކުޅުންތެރިން ޖަރުމަނު ސުޕަ ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.

ޑޯޓްމަންޑް (އޮގަސްޓް 23) - ބޮރޫޝިއާ ޑޯޓްމަންޑް 2-1 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މިދިޔަ ސީޒަނުގައި ބަޔާނުން ޖަރުމަނު ބުންޑަސްލީގާ އާއި ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދުމުން، ސުޕަ ކަޕްގެ އަނެއް ޖާގަ ލިބުނީ، ލީގުގެ ދެ ވަނަ ހޯދި ޑޯޓްމަންޑް އަށެވެ. މިއީ، ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކުރި 12 ވަނަ ފަހަރެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު ވެސް ސުޕަ ކަޕްގެ ތަށި އުފުލާލައިފަ އެވެ. 

ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑު، ސިގްނަލް އިޑޫނާ ޕާކުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ވަނީ 28 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ނެތަނިއަލް ބްރައުން ޖެހި ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބަޔާނުން ވަނީ ދެ ވަނަ ލަނޑު ޖަހައި، ހަމަޖެހިލައިފަ އެވެ. އެ ގޮތުން، އެ ޓީމަށް މި ލަނޑު ޖަހައިދިނީ މިދިޔަ ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެލި ފްރާންސްގެ އޮލީސޭ އެވެ. އޮލީސޭ ވަނީ މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 25 ލަނޑު ޖަހައިފަ އެވެ. 

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ލަނޑެއް ޖެހި އެވެ. އެކަމަކު، އެ ޓީމުގެ ޑިފެންޑަރު، ރަމީ ބެންސެބައިނީ ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. މެޗުގައި ޑޯޓްމަންޑުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަަށް ވެފައި ވަނިކޮށެވެ. މި ލަނޑު ޖެހީ، ޕޯޗުގީސް ފޯވާޑް، ފަބިއޯ ސިލްވާ އެވެ. ކުރިން، ވުލްވްސް އަށް ކުޅުނު ފަބިއޯ ސިލްވާ އަށް ލިބުނު ބޯޅަ ހަމަޖެހިލައިފައި ގޯލަށް ވައްދާލި އެވެ. 

ޑޯޓްމަންޑުން ރޭގެ މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އިތުރު ވަަގުތުގެ ތެރޭގައި، އެ ޓީމުގެ ޑިފެންޑަރު، ބެންސެބައިނީ އަށް ސީދާ ރަތް ކާޑެއް ދެއްކުުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ  ބަޔާނަށް ކުޅޭ މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީ އަށް ކުރި ފައުލަކަށެވެ. މޮރޮކޯ ގައުމީ ޓީމަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި، ސައިބާރީ އަކީ މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްވީ އައިންދޯވަން ދޫކޮށް ބަޔާނަށް ބަދަލުވި ކުޅުންތެރިއެކެވެ. 

ބަޔާނުން ރޭގެ މެޗުގައި ޖަރުމަނުގެ ތަރި ޖަމާލް މުސިއާލާ ބޭނުމެއް ނުކުރެ އެވެ. ޕްރީ ސީޒަންގައި ފަސް ދުވަސް ތެރޭ ދެ މެޗެއްގައި، ސިއްހީ ހާލަތެއް ދިމާވި މުސިއާލާ އަންނަނީ ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox