59 މެޗަށް ފަހު ބަޔާންގެ ލަނޑު ޖެހުމުގެ ސިލްސިލާ އަށް ނިމުމެއް

Sep 6, 2026, 1:04 AM
ބަޔާންގެ ޑިއާޒް، އޭރިއާތެރެއިން ޝާލްކާގެ ކާރިއަސް ކައިރިން ގޯލެއް ޖެހޭތޯ މަސައްކަތްކުރަނީ.

ބަޔާންގެ ޑިއާޒް، އޭރިއާތެރެއިން ޝާލްކާގެ ކާރިއަސް ކައިރިން ގޯލެއް ޖެހޭތޯ މަސައްކަތްކުރަނީ.

ގެލްސެންކާޗެން، ޖަރުމަނު (ސެޕްޓެމްބަރު 6) - ޖަރުމަނު ލީގުގައި މިރޭ ޝާލްކާއާ 0-0 އިން އެއްވަރުވެ، 59 މެޗަށް ފަހު ބަޔާން މިއުނިކަށް ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ޖެހިއްޖެ އެވެ. 

ބަޔާނުން އެންމެ ފަހުން ވާދަވެރިކޮށް ކުޅުނު 59 މެޗުގައި ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. އެކަމަކު، މިރޭ ކުޅުނު މެޗުން، ޖަރުމަނު ލީގަށް އަލުން ޕްރޮމޯޓްވި ކުރީގެ ގަދަބާރު، ޝާލްކާއާ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. 

ބަޔާނުން އެންމެ ފަހުން ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ޖެހުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. 

ޝާލްކާގެ ވެލްޓިންސް އެރީނާގައި ކުޅުނު މި މެޗަށް ބަޔާނުން ނުކުތީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން، ލީގުގެ ފުރަތަމަ މެޗުގައި ސްޓުޓްގާޓް އަތުން 5-1 އިން މޮޅުވެ، ދެން ކުޅުނު މެޗުގައި ޖަރުމަނު ކަޕްގައި، ދެ ވަނަ ޑިވިޝަންގެ، އޮސްނަބްރުކް އަތުން 4-1 އިން މޮޅުވުމުން، ޝާލްކާ ކޮޅަށް ބަޔާނުން ނެރުނު ފުރަތަމަ އެގާރައިގައި ހެރީ ކޭން އާއި މައިކަލް އޮލީސޭ ނުހިމެނެ އެވެ. 

މި މެޗުގައި ބަޔާނަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ލުއިސް ޑިއާޒް އަށެވެ. ފުރަތަމަ ހާފުގައި ލިބުނު ފުރުސަތާއި ދެ ވަނަ ހާފުގައި ލިބުނު ބޯޅައިގައި ވެސް ޑިއާޒަށް އެންމެ ރަނގަޅަށް ބޭނުންހިފޭ ގޮތެއްނުވި އެވެ. މި މެޗުގައި ބަޔާން ހުއްޓުވަން ޝާލްކާގެ ގޯލުގައި ހުރި ލިވަޕޫލްގެ ކުރީގެ ކީޕަރު، ލޮރިސް ކާރިއަސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. 

ޕްރީ ސީޒަން ދެ މެޗެއްގައި، ސިއްހީ ހާލަތު ގޯސްވެގެން ކުޅުމާ ދުރަށް ގޮސް، ނާރުގެ ބައްޔަކަށް ފަރުވާ ހޯދި ޖަރުމަނުގެ ތަރި، ޖަމާލް މުސިއާލާ ވަނީ މި މެޗުގައި ބަދަލަކަށް ކުޅެން އަރައިފަ އެވެ. އަދި، ދެ ވަނަ ހާފުގައި ކޭން އާއި އޮލީސޭ ކުޅެން ނެރެގެން ވެސް ބަޔާނަށް މި މެޗުގައި ލަނޑެއް ޖެހޭގޮތެއްނުވި އެވެ.

ބަޔާންގެ ކޭން ފޮނުވާލި ނުރައްކާތެރި ހަމަލާ އަކާއި ކޮންރަޑް ލައިމާގެ ޝޮޓެއް ވެސް ކީޕަރު ކާރިއަސް ވަނީ މަތަކޮށްފަ އެވެ. މި މެޗުގެ ކުރިން، ބަޔާނާ ދެކޮޅަށް އެންމެ ފަހުން ޝާލްކާ އިން ކުޅުނު 12 މެޗުން ވެސް ވަނީ ބަލިވެފަ އެެވެ. ޝާލްކާ އަށް 2011 ވަނަ އަހަރުގެ ފަހުން ބަޔާން ބަލިކުރެވިފައިނުވާއިރު، ޕޮއިންޓެއް ވެސް މި ހޯދުނީ ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

މި މެޗުން ބަޔާނަށް ތިން ޕޮއިންޓް ނުލިބުމާ އެކު، ޖަރުމަނު ބުންޑަސްލީގާގެ 67 މެޗުޑޭ (ގާތްގަނޑަކަށް ދެ އަހަރުތެރޭ) ފުރަތަމަ ފަހަރަށް ބަޔާނުން ލީގުގެ އެއް ވަނަ ނޫން މަގާމެއްގައި ހަފްތާ ނިންމާލަން ޖެހޭނެ އެވެ. 

ޖަރުމަނު ލީގުގައި މި ފަހަރު ތިން ޓީމަކުން ވަނީ މިހާތަނަށް ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެއީ، ފްރެއިބާގާއި ބޮރޫޝިއާ ޑޯޓްމަންޑްގެ އިތުރުން، މި ފަހަރު މުޅިން އަލަށް ޖަރުމަނު ލީގަށް ޕްރޮމޯޓްވި އެލްވާސްބާގް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox