އަލަށް ޕްރޮމޯޓްވި އެލްވާސްބާގުގެ ހުވަފެނީ ފެށުން ޗެމްޕިއަން ބަޔާނުން ނިމުމަކަށް ގެނެސްފި

Sep 14, 2026, 8:25 AM
އެލްވާސްބާގު ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.

އެލްވާސްބާގު ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.

މިއުނިކް (ސެޕްޓެމްބަރު 14) - ޖަރުމަނު ބުންޑަސްލީގާ އަށް މި ފަހަރު އަލަށް ޕްރޮމޯޓްވެ، ތަފާތު ދައްކަމުން އައި އެލްވާސްބާގުގެ މައްޗަށް 2-1 އިން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކުދިހޯދައިފި އެވެ. 

އެލްވާސްބާގުން މި ފަހަރުގެ ޖަރުމަނު ލީގަށް ޕްރޮމޯޓްވެ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވި އެެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި މީގެ އެއް ސީޒަން ކުރިން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާ ލެވަކޫސަން އަތުން 3-2 އިން މޮޅުވި އެވެ. އަދި، ދެ ވަނަ މެޗުން ވަނީ، ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 4-3 އިން މޮޅުވެފަ އެވެ. އެކަމަކު، ތިން ވަނަ މެޗުގައި ރޭ އެލްވާސްބާގަށް ކުރިމަތިލާން ޖެހުނީ މުޅިން ތަފާތު ޗެެލެންޖަކާ އެވެ. 

ރަށުންބޭރުގައި ކުޅުނު ބަޔާނުން ވަނީ ރޭގެ މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ބަޔާނަށް ކުޅޭ މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީ ނެގި ހުރަހަކުން އެ ޓީމުގެ ހެރީ ކޭން އަށް ފޮނުވާނުލެވުނު ބޯޅަ، ލެނާޓް ކާލް އަށް ލިބުމާ އެކު ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. 

ފުރަތަމަ ހާފުގައި ބަޔާނުން ލީޑުގައި އޮވެ ނިންމާލި ނަމަވެސް މެޗުގެ 61 ވަނަ މިނިޓްގައި އެލްވާސްބާގުން ވަނީ ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޮތުން، އެ ޓީމަށް މި ލަނޑު ޖަހައިދިނީ މައުރީސް ކްރަޓެންމާޗާ އެވެ. އޭނާ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

ބަޔާން މޮޅުކޮށްދިން ލަނޑު ޖެހީ ކޭން އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ކޭން މި ލަނޑު ޖެހީ އަލެކްސަންޑަ ޕަވްލޯވިޗް ދިން ބޯޅައަކުންނެވެ. މިއީ، މި ފަހަރުގެ ލީގުގައި ކޭންގެ ފުރަތަމަ ލަނޑު ކަމަށް ވިޔަސް، ޖަރުމަނު ލީގުގައި ކުޅުނު 97 މެޗުން ޖެހި 99 ވަނަ ގޯލެވެ. އަދި، މީގެ ތިން އަހަރު ކުރިން ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ބަޔާނަށް ބަދަލުވި ފަހުން އެ ޓީމަށް ކުޅެދިން 153 މެޗުން ޖެހި 150 ވަނަ ލަނޑެވެ. 

ޖަރުމަނު. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ފްރެއިބާގާއި ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް އޮއުސްބާގާއި ހަތަރެއްގައި އޮތް ބަޔާނުން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފައިވާއިރު، ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox