ކޭންގެ ރެކޯޑް 100 ވަނަ ގޯލާ އެކު ބަޔާނަށް 7 ގޯލުގެ މޮޅެއް

ޔޫނިއަން ބާލިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާންގެ ހެރީ ކޭން އުފާފާޅުކުރަނީ.

ޔޫނިއަން ބާލިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ބަޔާންގެ ހެރީ ކޭން އުފާފާޅުކުރަނީ.

މިއުނިކް (ސެޕްޓެމްބަރު 19) - ހެރީ ކޭން، ޖަރުމަނު ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރި ގޯލު ޖެހި މެޗުގައި ބަޔާން މިއުނިކުން 7-0 އިން ޔޫނިއަން ބާލިންގެ މައްޗަށް ކުރިހޯޯދައިފި އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގައި ލީޑުނެގީ، ސިއްހީ މައްސަލައެއް ދިމާވެ، އެނބުރި ފިޓްނަސް އަށް އަންނަން މަސައްކަތް ކުރަމުން އަންނަ ޖަރުމަނުގެ ތަރި، ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ. މިއީ، މެޗުގެ 18 ވަނަ މިނިޓްގައި އަލްފަންސޯ ޑޭވިސް ދިން ބޯޅައަކުން ޖެހި ގޯލެކެވެ. 

އުމުރުން 33 އަހަރުގެ ކޭން، ވަނީ 39 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލަނޑު ޖަހައި، ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، މައިކަލް އޮލީސޭ އަށް ޔޫނިއަން ބާލިން އޭރިއާތެރެއިން އެ ޓީމުގެ، ޓޮމް ރޯތު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ލަނޑާ އެކު، ކޭން ވަނީ ޖަރުމަނު ލީގުގައި އެންމެ މަދުން މެޗު ކުޅެގެން، 100 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ކޭން، މި އަދަދަށް ގޯލު ހަމަކުރީ، 98 މެޗުންނެވެ. ކުރިން މި ރެކޯޑް އޮތް ކޮލޯންގެ ލެޖެންޑް ޑިއެޓާ މުލާ އަށް 100 ގޯލު ޖެހުނީ، 129 މެޗުންނެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮލީސޭ ވަނީ ބަޔާނަށް ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ. ދެ ވަނަ ހާފު ފެށިގެން ނުވަ މިނިޓް ތެރޭ ކޭން ވަނީ އޮލީސޭ ނެގި ހުރަހަކުން ބޮލުން ގޯލެއް ޖަހައިފަ އެވެ. މިއީ، ތިން އަހަރު ކުރިން ބަޔާނަށް ބަދަލުވި ފަހުން، ހުރިހާ މުބާރާތެއްގައި ބަޔާނަށް ކުޅެދިން 154 މެޗުން ކޭން ޖެހި 152 ވަނަ ގޯލެވެ. ކޭން އަކީ، މި ފަހަރު ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑަށް ވެސް ނޮމިނޭޓްވެފައިވާ ކުުޅުންތެރިއެކެވެ. 

ޑޭވިސް ދިން ބޯޅައަކުން، މެޗުގެ 70 ވަނަ މިނިޓްގައި ބަޔާންގެ ފަސް ވަނަ ލަނޑު ޖެހީ މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްވީ އައިންދޯވަން އިން ބަޔާނަށް ބަދަލުވި، މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީ އެވެ. އޭގެ ފަހުން، ތިން މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެން، އޮލީސޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޓޮމް ބިޝޮފް އެވެ. 

މި މޮޅާ އެކު، ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާނުން ވަނީ ހަަތަރު މެޗުން 10 ޕޮއިންޓް ހޯދައި، ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު، މި ހަފްތާގައި ބޮރޫޝިއާ ޑޯޓްމަންޑާއި ފްރައިބާގް އަދި އޮއުގްސްބާގު ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ބަޔާނުގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox