ޗެމްޕިއަން އިންޓަ އިން ފަހަތުން އަރައި ރޯމާއާ އެއްވަރުކޮށްފި

Sep 20, 2026, 12:00 AM
ރޯމާގެ ކޯނޭ އަތުން އިންޓަގެ މާޓިނޭޒް ބޯޅަ ހޯދަން މަސައްކަތް ކުރަނީ: މި މެޗުގައި މި ދެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މި ދެ ކުޅުންތެރިން.--- ފޮޓޯ: ގެޓީ އިމޭޖަސް

ރޯމާގެ ކޯނޭ އަތުން އިންޓަގެ މާޓިނޭޒް ބޯޅަ ހޯދަން މަސައްކަތް ކުރަނީ: މި މެޗުގައި މި ދެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މި ދެ ކުޅުންތެރިން.--- ފޮޓޯ: ގެޓީ އިމޭޖަސް

ރޯމް، އިޓަލީ (ސެޕްޓެމްބަރު 19) - އިޓާލިއަން ލީގުގައި މިރޭ އޭއެސް ރޯމާ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން 2-2 އިން އެއްވަރުކޮށްފި އެވެ. 

މި ނަތީޖާއާ އެކު، އެއް ވަނައިގައި އޮތް ރޯމާ އާއި ދެ ވަނައިގައި އޮތް އިންޓަ އަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ރޯމާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ރޯމާ އަށް ފައިދާ 11 ގޯލު އޮތްއިރު، އިންޓަގެ އޮތީ ހަތް ގޯލެވެ. 

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި، ޖިއަން ޕިއޭރޯ ގަސްޕެރީނީ ކޯޗުކޮށްދޭ ރޯމާ އިން ވަނީ ހަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، އާޖެންޓީނާ ފުލްބެކް، ނަހުއެލް މޮލީނާ ދިން ބޯޅައަކުން ފްރާންސްގެ މިޑްފީލްޑަރު މަނޫ ކޯނޭ ޖެހި ގޯލެކެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވުނު ކޯނޭ ވަނީ ލިބުނު ފުރުސަތުގައި ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

އިންޓަ އަށް އެއްވަރުކޮށްދޭން އަލެސަންދްރޯ ބަސްޓޯނީ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ. 

ފުރަތަމަ ހާފު ނިންމުމުގެ ކުރިން މެޗުގެ 37 ވަނަ މިނިޓްގައި ރޯމާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މި ލަނޑު ވެސް ޖެހީ މޮޅު ކުޅުމެއް މި މެޗުގައި ދެއްކި ކޯނޭ އެވެ. މި ލަނޑު ޖަހަން، އޭރިއާތެރެއިން ކޯނޭ އަށް ފުރުސަތު ހޯދައިދިނީ، ޖިއަންލޫކާ މަންޗިނީ އެވެ. ކޯނޭ އަކީ، އިޓާލިއަން ލީގުގެ ތާރީހުގައި އެއް ހާފުގެ ތެރޭގައި އިންޓަ ކޮޅަށް ދެ ގޯލު ޖެހި ފަސް ވަނަ ކުޅުންތެރިޔާ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 30 ސިކުންތު ތެރޭގައި އިންޓަ އަށް ލަނޑު ޖަހައިދީ މެޗުގެ ތެރެއަށް ގެނެސްދިނީ، އިންޓަގެ ކެޕްޓަން، ލައުޓާރޯ މާޓިނޭޒް އެވެ. އަދި، މެޗުގެ 79 ވަނަ މިނިޓްގައި އިންޓަ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ވެސް މާޓިނޭޒް އެވެ. މި ސީޒަންގެ ފުރަތަަމަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމުގައި ވިޔަސް، ފަހަކަށް އައިސް މާޓިނޭޒް ވަނީ މޮޅު ކުޅުމެއް ދައްކަން ފަށައިފަ އެވެ. މާޓިނޭޒް ވަނީ މި ސީޒަނުގައި މިހާތަނަށް އިންޓަ އަށް ހަތަރު ލަނޑު ޖަހައިދީފަ އެވެ. 

މި މެޗުގައި ރޯމާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ޑޮންޔެލް. މާލެން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިންޓަގެ ގޯލްކީޕަރު، ޖޯސެފް މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ. އިިންޓަގެ މާކަސް ތުރާމް އަށް މި މެޗުގައި ގޯލު ޖަހަން ލިބުނު ބޯޅަތަކުގެ ބޭނުމެއް ނުކުރެވުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox