ޗެމްޕިއަން އިންޓަ އިން ފަހަތުން އަރައި ނަޕޯލީ ބަލިކޮށްފި

Sep 6, 2026, 12:51 AM
އިންޓަގެ ލައުޓާރޯ މާޓީނޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިންޓަގެ ލައުޓާރޯ މާޓީނޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (ސެޕްޓެމްބަރު 6) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނުން މިރޭ ލީގުގައި ކުޅުނު މެޗުން ފަހަތުން އަރައި 3-2 އިން ނަޕޯލީ ބަލިކޮށްފި އެވެ.

އިންޓަ އިން މި ވަނީ ލީގުގައި މި ފަހަރު ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ރެކޯޑް ދަމަހައްޓައިފަ އެވެ. އެ ޓީމަށް ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު މި ވަގުތު އޮތީ އެއް ވަނައިގަ އެވެ. 

ސަން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަ ވަނަ މިނިޓްގައި ނަޕޯލީގެ މަޓެއޯ ޕޮލިޓާނޯ ޖެހި ޝޮޓެއް އިންޓަގެ ކީޕަރު ޖޯސެފް މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އިންޓަ އަށް ލީޑުނަގައިދޭން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯ ޖެހި ހިލޭޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. 

ނަޕޯލީން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ލީޑުނަގައިފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި، އިންޓަ އޭރިއާތެރެއިން،ދެ ފަހަރު މަތިން ފޮނުވާލަން ލިބުނު ބޯޅަ ޕޮލިޓާނޯ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓެއް ފަހުން، އިންޓަ އޭރިއާތެރެއިން ނަޕޯލީގެ ރަސްމުސް ހޮއިލަންޑް ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އެ ޓީމަށް ދެ ވަނަ ލަނޑެއް ޖަހައިދީފަ އެވެ. 

ދެ ގޯލުގެ ލީޑެއް ނަގައި، ނަޕޯލީ އަށް ހަމަޖެހިނުލެވެނިސް އިންޓަ އިން ލަނޑެއް ޖެހި އެވެ. އެ ޓީމަށް މެޗުގެ 55 ވަނަ މިނިޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ޑި މާކޯ ހުސްކޮށްލާފައި ނަގައިދިން ބޯޅައަކުން ލައުޓާރޯ މާޓީނޭޒް އެވެ. އިންޓަ އަށް އެއްވަރުކޮށްދޭން މެޗުގެ 72 ވަނަ މިނިޓްގައި މާކަސް ތުރާމް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އިންޓަ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ތުރާމް އެވެ. ނަޕޯލީ ކުޅުންތެރިއަކު އަނިޔާވެގެން އޭރިއާތެރޭގައި ވެއްޓިފައި އޮއްވައި، ކުޅުން ނުހުއްޓައި އިންޓަ އިން ކުރިއަށްގެންދިޔަ އެޓޭކުގައި، އޭރިއާތެރެއަށް ހުރަސްވި ބޯޅަ ތުރާމް ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. 

ނަޕޯލީ އަށް އަލުން ލީޑުނަގައިދޭން 88 ވަނަ މިނިޓްގައި ކުޑައޭރިއާތެރެއިން އަންގީސާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައި ބޭރުންނެވެ. 

އިންޓަ އިން މެޗުން މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މާޓީނޭޒް ޖެހި ގޯލުންނެވެ. މިއީ، ނަޕޯލީގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ހޯދައި، މާޓީނޭޒް ޖެހި ގޯލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox