ރޯމާ އިން އެއް ވަަނަ ދިފާއުކުރިއިރު، އިންޓަ އާއި ކޯމޯ އަށް މޮޅެއް

Sep 15, 2026, 8:13 AM
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އުދިނޭޒީ ކޮޅަށް އިންޓަ މިލާނުގެ ތިން ވަނަ ލަނޑު ޖަހައިދިން ތުރާމް އުފާފާޅުކުރަނީ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އުދިނޭޒީ ކޮޅަށް އިންޓަ މިލާނުގެ ތިން ވަނަ ލަނޑު ޖަހައިދިން ތުރާމް އުފާފާޅުކުރަނީ.

ޓިއުރިން، އިޓަލީ (ސެޕްޓެމްބަރު 15) - އިޓާލިއަން ލީގުގައި ރޭ ރޯމާ އިން ޓޮރިނޯ އަތުން 2-0 އިން މޮޅުވެ، އެއް ވަނަ މަގާމު ދިފާއުކުރިއިރު، އިންޓަ މިލާނާއި ކޯމޯ އިން ކުޅުނު މެޗުތަކުން ވެސް މޮޅުވެއްޖެ އެވެ. 

އެ ގޮތުން، އިންޓަ އިން ވަނީ ފޯރިގަދަ މެޗަކަށް ފަހު 5-3 އިން އުދިނޭޒީ ބަލިކޮށްފަ އެވެ. އަދި، ކޯމޯ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 އިން ޕާމާގެ މައްޗަށް ކުރިހޯދައިފަ އެވެ. 

ރޭގެ ނަތީޖާތަކަށް ފަހު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ރޯމާ އާއި ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނަށް ވަނީ ހަަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަައިގައި އޮތް ކޯމޯ އާއި ހަތަރެއްގައި އޮތް ލާޒިއޯ އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. 

ޓޮރިނޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރޯމާ އިން ލީޑުނަގަން ބުރަކޮށް މަަސައްކަތްކުރަން ޖެހުނެވެ. އެ ގޮތުން، ލަނޑެއް ޖެހޭތޯ ރޯމާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފު ނިމެން ފަސް މިނިޓެއް ވެފައި ވަނިކޮށް ޑޮންޔެލް މާލެން އެވެ. ދެ ވަނަ ހާފުގެ ބޮޑުބައިގައި އެއް ގޯލުގެ ލީޑެއްގައި އޮތް ރޯމާ އިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ނިކޯލޯ ޕިސީލީ އެެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ރޯމާ އަށް ލީޑުނަގައިދިނުމަށް ފަހު މާލެން އުފާފާޅުކުރަނީ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ރޯމާ އަށް ލީޑުނަގައިދިނުމަށް ފަހު މާލެން އުފާފާޅުކުރަނީ.

ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ކޯމޯ އިން މި ސީޒަން ފަށައިގެން ދައްކަމުން އަންނަ މޮޅު ކުޅުން ރޭގެ މެޗުގައި ޕާމާ ކައިރީގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. އެ ގޮތުން، މެޗުގެ 23  ވަނަ މިނިޓްގައި ނިކޯ ޕާޒް ދިން ބޯޅައަކުން ޖަކޯބޯ ރަމޯން ވަނީ ލަނޑެއް ޖަހައި ކޯމޯ އަށް ލީޑުނަގައިދީފަ އެވެ. 

އެއް ލަނޑުގެ ލީޑަކާ އެކު، މެޗުގެ ކޮންޓްރޯލް ގެއްލުނަނުދީ ރަނގަޅު ކުޅުމެއް ދެއްކި ކޯމޯ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ. މިއީ، 83 ވަނަ މިނިޓްގައި މެކްސިމޯ ޕެރޯން ދިން ބޯޅައަކުން ބްރޫނޯ ކައިކީ ޖެހި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕާމާގެ ޑޭވިޑް ރޮމޭރޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. 

އިންޓަ ދަނޑުގައި ރޭ އުދިނޭޒީން 16 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، ނުވަ ވަނަ މިނިޓްގައި އުދިނޭޒީގެ ފުރަތަމަ ލަނޑު ޖޭމްސް އަބަންކްވާ ޖެހިއިރު، އޭގެ ހަތް މިނިޓް ފަހުން، ޔާގެން އެކެލެންކަމްޕް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. 

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އިން އެއްވަރުކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ލަނޑުތައް ޖެހީ 26 ވަނަ މިނިޓްގައި ކާލޯސް އަގުސްޓޯ އާއި 35 ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާ އެެވެ. އަދި، ދެ ވަނަ ހާފު ފެށިގެން 12 މިނިޓް ތެރޭ މާކަސް ތުރާމް ވަނީ އިންޓަ ކޮޅަށް ނަތީޖާ އަނބުރާލައިދީފަ އެވެ. 

މެޗުގެ 67 ވަނަ މިނިޓްގައި ޕިއޯ އެސްޕޮސީޓޯ ވަނީ ލަނޑު ޖަހައި އިންޓަ އަށް ލީޑުފުޅާކޮށްދީފަ އެވެ. އަދި، އޭގެ 11 މިނިޓް ފަހުން، އަންގެ ބޮނީ ވަނީ އިންޓަގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުދިނޭޒީ އަށް މެޗުގެ ތިން ވަނަ ލަނޑު ޖަހައިދިނީ، އިދްރީސާ ގޭއި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox