މިލާނުން ފަހަތުން އަރައި ލާޒިއޯއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި

Sep 13, 2026, 9:52 AM
މިލާންގެ މޮރެއިރާ، ލާޒިއޯގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

މިލާންގެ މޮރެއިރާ، ލާޒިއޯގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

ރޯމް (ސެޕްޓެމްބަރު 13) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ލާޒިއޯ އަތުން ޕޮއިންޓެއް ހޯދައިފި އެވެ. 

ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ ލާޒިއޯ އިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ. އެ ފޯމުގައި ކުޅެ ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލުގެ ލީޑެއް ވެސް ނެގި އެވެ. އެކަމަކު، ރުބެން އަމޮރިމްގެ ކޯޗުކަމުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ މިލާނުން ވަނީ ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ހޯދައިފަ އެވެ. 

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، މިލާނުން ރަނގަޅު ކުޅުމަކުން ފަށައި، ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ލޫކަ މޮޑްރިޗް ނެގި ހުރަހަކުން ސެމުއެލް ޗުކުވޭޒީ ބޮލުން ޖެހި ބޯޅަ ލާޒިއޯ ކީޕަރު، ކްރިސްޓޯސް މަންޑާސް ވަނީ މަތަކޮށްފަ އެވެ. 

ލާޒިއޯ އިން ލީޑުނެގީ 10 ވަނަ މިނިޓްގަ އެވެ. މިއީ، މަޓިއާ ޒަކާނިއޭ ނެގި ހުރަހަކަށް އަރައި، މަޓެއޯ ކަންސެލިއޭރީ ޖެހި ގޯލެކެވެ. އޭގެ 10 މިނިޓް ފަހުން، ޒަކާނިއޭ އޭރިއާތެރެއިން ޖެހި ބޯޅައެއް މިލާންގެ ކީޕަރު، މައިކް މައިނިއޯން ވަނީ މަތަކޮށްފަ އެވެ. ފުރަތަަމަ ހާފުގައި ލާޒިއޯ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އޭރިއާތެެރެއިން ލިބުނު ރީބައުންސް ފުރުސަތެއްގައި ލާޒިއޯގެ ފޯވާޑް، ޓިޖާނީ ނޮސްލިން ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި މިލާނުން 60 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ޝޮޓެއް ކީޕަރު މަންޑާސް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަަތަރު މިނިޓް ފަހުން، މެޗުގެ 64 ވަނަ މިނިޓްގައި ޕުލިސިޗް ނެގި ހުރަހަކުން އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިގެން، ޑިއޭގޯ މޮރޭރާ ވަނީ މިލާނަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. އެ ލަނޑު ޖެހުމަށް ފަހު، މާ ލަސްތަކެއް ނުވެ، މޮރޭރާ ވަނީ އިތުރު ލަނޑެއް ޖަހައި މިލާނަށް އެއްވަރުކޮށްދީފަ އެވެ. އޭޑްރިއަން ރަބިއޯ ދިން ބޯޅައަކުން އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް މޮރޭރާ ފޮނުވާލި ޝޮޓް އަމާޒުވީ ތިރީ ކަނަށެވެ. 

ހަތަރު މެޗުން 10 ޕޮއިންޓާ އެކު، ލާޒިއޯ އެއް ވަނައިގައި އޮތްއިރު، ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެން މިލާން އޮތީ ފަސް ވަނައިގަ އެވެ. 

މެޗަށް ފަހު މިލާންގެ ކޯޗު އަމޮރިމް ބުނީ، ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ހާފުގައި ގިނަ ކަންކަން ރަނގަޅުކޮށް، ތަފާތު ފޯމެއްގައި އޮތް ޓީމެއްގެ ދަނޑުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox