އާ ސީޒަނުގެ ތިން މެޗަށް ފަހު ފިއޮރެންޓިނާގެ ކޯޗުކަމުން ގްރޮސޯ ވަކިކޮށްފި

Sep 7, 2026, 1:31 PM
އިޓަލީގެ ފަބިއޯ ގްރޮސޯ: އޭނާ ވަނީ ފިއޮރެންޓީނާގެ ކޯޗުކަމުން ވަކިކޮށްފައި

އިޓަލީގެ ފަބިއޯ ގްރޮސޯ: އޭނާ ވަނީ ފިއޮރެންޓީނާގެ ކޯޗުކަމުން ވަކިކޮށްފައި

ފްލޮރެންސް، އިޓަލީ (ސެޕްޓެމްބަރު 7) -  އިޓާލިއަން ލީގުގެ އާ ސީޒަނުގެ ފުރަތަމަ ތިން މެޗުން ފިއޮރެންޓީނާ ބަލިވުމާ އެކު، އެ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ ފަބިއޯ ގްރޮސޯ ވަކިކޮށްފި އެވެ. 

އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު، ގްރޮސޯ އަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، މި ސީޒަނުގައި ވަޒީފާ ގެއްލުނު ފުރަތަަމަ ކޯޗެވެ. 

އުމުރުން 48 އަހަރުގެ ގްރޮސޯގެ ކޯޗުކަމުގައި މި ސީޒަނުގައި ފިއޮރެންޓިނާ ކުޅުނު ފުރަތަމަ މެޗުން 4-0 އިން ރޯމާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ފްރޮސިނޯނޭ އަތުން ބަލިވީ 3-0 އިންނެވެ. އަދި، އެންމެ ފަހުން ކުޅުނު މެޗުގައި ޓޮރިނޯ އަތުން ފިއޮރެންޓީނާ ބަލިވީ 2-1 އިންނެވެ. 

Advertisement

މި ދަށް ނަތީޖާތަކާ އެކު، ފިއޮރެންޓީނާގެ ސީނިއާ މެނޭޖްމަންޓުން ބޭއްވި ބައްދަލުވުމުގައި ނިންމީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ގެނައި ގްރޮސޯ ތިން މަސް ދުވަސް ފަހުން މި ވަނީ ވަކިކޮށްފަ އެވެ. ގްރޮސޯ، ކޮންޓްރެކްޓްގައި ސޮއިކުރީ މިދިޔަ ޖޫން މަހު އަށް ވަނަ ދުވަހު އެވެ. 

ޔުވެންޓަސްގެ ކޮންޓްރެކްޓް 2012 ވަނަ އަހަރު ހަމަވުމުން، ފުޓްބޯޅަ އިން ރިޓަޔާކުރި، ގްރޮސޯ ކޯޗިން ކެރިއަރު ވެސް ފެށީ ޔުވެންޓަސް އިންނެވެ. އެ ގޮތުން، 2014 ވަނަ އަހަރު ޔުވެންޓަސްގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ގްރޮސޯ ހަމަޖެއްސި އެވެ. އޭނާ ޔުވެންޓަސްގެ ޔޫތު ސެޓަޕްގެ ތެރެއިން ކޯޗިން ފެށުމަށް ފަހު، ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި ހަވާލުވީ 2017 ވަނަ އަހަރު އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި އޮތް ބަރީއާ އެވެ. އަދި، އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ކުޅުނު ހެލަސް ވެރޯނާއާ ވެސް ހަވާލުވި، ގްރޮސޯ، އިޓަލީގެ ފުރަތަމަ ޑިވިޝަނުގެ ކޯޗަކަށް އިރުޝާދުދިނީ 2019 ވަނަ އަހަރު އެވެ. އެއީ، 2019 ވަނަ އަހަރު ބްރެޝިއާ އަށެވެ. 

އޭގެ ފަހުން، ސްވިޒަލެންޑްގެ ފުރަތަމަ ޑިވިޝަނުގެ ސިއޯން އަށް ވެސް އިރުޝާދުދިން ގްރޮސޯ ވަނީ އިޓަލީ ދެ ވަނަ ޑިވިޝަނުގައި ފްރޮސިނޯނޭ އަށް ވެސް ކޯޗުކޮށްދީފަ އެވެ. އެއް ސީޒަނުގައި ފްރާންސްގެ ލިޔޯނަށް ކޯޗުކޮށްދިން ގްރޮސޯ، މި ސީޒަނުގައި ފިއޮރެންޓީނާއާ ހަވާލުވުމުގެ ކުރިން، ވަނީ އިޓަލީގެ ފިއޮރެންޓިނާގެ ކޯޗުކަންކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox