ޔުވެންޓަސް އިން ފަހު ވަގުތު މިލާނާ އެއްވަރުކޮށްފި

Sep 7, 2026, 9:11 AM
މިލާން ކޮޅަށް ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ފެޑެރީކޯ ގައްޓީ އުފާފާޅުކުރަނީ.

މިލާން ކޮޅަށް ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ފެޑެރީކޯ ގައްޓީ އުފާފާޅުކުރަނީ.

ޓިއުރިން (ސެޕްޓެމްބަރު 7) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އިން ފަހު ވަގުތު ގޯލު ޖަހައި 1-1 އިން އޭސީ މިލާންއާ އެއްވަރުކޮށްފި އެވެ. 

މި މެޗުގެ ކުރިން ޔުވެންޓަސް އާއި މިލާނުން މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއް ވަނައިގައި އޮތް ރޯމާ އާއި ދެ ވަނައިގައި އޮތް އިންޓަ އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކޯމޯ، ހަތަރެއްގައި އޮތް މިލާން އަދި ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. 

ޔުވެންޓަސްގެ އަލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން 11 ވަނަ މިނިޓްގައި ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، އޭރިއާބޭރުން ނިކޯ ގޮންޒާލޭޒް ޖެހި ޝޮޓް މިލާން ކީޕަރު، މައިކް މައިނިއޯން ވަނީ މަތަކޮށްފަ އެވެ. އަދި، 24 ވަނަ މިނިޓްގައި ޔުވެންޓަސްގެ ފްރާންސެސްކޯ ކޮންސެސާއޯގެ ހަމަލާ ވެސް ކީޕަަރު މައިނިއޯން ވަނީ މަތަކޮށްފަ އެެވެ. 

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ދިޔައިރު، ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިދޭން ކޮންސެސާއޯ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. 

މިލާނުން މެޗުގައި ފޮނުވާލި ފުރަތަމަ ރަނގަޅު ހަމަލާއާ އެކު، 68 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެ ގޮތުން، ކައުންޓަ އެޓޭކެއްގައި ސެމުއެލް ޗުކުވޭޒީ މަތިމަތިން އޭރިއާތެރެއަށް ނަގައިދިން ބޯޅަ މެއިން ކޮންްޓްރޯލް ކުރުމަށް ފަހު، ރަނގަޅު ވަގުތު ބަލާފައި، އަލްފަޑްޖޯ ސީސޭ ވަނީ ގޯޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ކުޅެން އެރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. 

އެޓޭކަށް ގިނަ ކުޅުންތެރިން ފޮނުވައިގެން ޔުވެންޓަސް އިން ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔައިރު، 85 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް، ނިކް ވޯލްޓަމާޑާ ޖެހި ޝޮޓް ގޯލާ ސީދާނުވި އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގެ ފަސް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި، ޓެއުމް ކޫޕްމައިނާސް ނަގައިދިން ބޯޅައަކުން އޭރިއާތެރެއިން، ފެޑެރީކޯ ގައްޓީ ބޮލުން ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްދިނެވެ. ގައްޓީ އަކީ ވެސް ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox