ޑޮލަރު ޓްރާންސްފާތައް އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައި އޮފީސް ހުންނަ އިމާރާތް: ބޭންކުން ބުނަނީ ޑޮލަރު ލިބޭ މިންވަރަށް ޑޮލަރު ހޭދަވާ ވަރު ހިފެހެއްޓިފައިވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައި އޮފީސް ހުންނަ އިމާރާތް: ބޭންކުން ބުނަނީ ޑޮލަރު ލިބޭ މިންވަރަށް ޑޮލަރު ހޭދަވާ ވަރު ހިފެހެއްޓިފައިވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އާއި އެހެން ބޭންކުތަކަށް ފޮނުވާ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވީ ކަމަށް އެއްބަސްވެ، އަންނަ ހަފުތާގެ ތެރޭގައި އެ މައްސަލަ އާންމު ހާލަތަށް ގެނެވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. 

މި މައްސަލައިގައި ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ މި ހާލަތު މެދުވެރިވީ ޑޮލަރު ވިއްކަން ޖެހޭ މިންވަރު، ހާއްސަކޮށަް ރުފިޔާ އެކައުންޓުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް، ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަަމަށެވެ.

އެ ބޭންކުން ހިއްސާކުރި ތަފާސްހިސާބުތަކުގައި ވަނީ މިދިޔަ މަހުގެ ނިޔަލަށް މަހެއްގެ މައްޗަށް އެވަރެޖުކޮށް 81.6 މިލިއަން ޑޮލަރު މަގުން 653 މިލިއަން ޑޮލަރު ވިކްކާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރަށް ވަރު 33.3 ޕަސެންޓުގެ އިތުރުވުމެކެވެ. މި ނިސްބަތުން ޑޮލަރު ވިއްކުން ކުރިއަށްދާ ނަމަ އަހަރު ނިމޭއިރު، އެއް ބިލިއަން ޑޮލަރު ވިއްކޭނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ.

Advertisement

ބީއެމްއެލްއިން ބުނީ ބޭންކަށް މަރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާއަށް ޑޮލަރު ވިއްކައިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަަމަށެވެ. އަދި މި ހިނގާ ސެޕްޓެމްބަރު މަހަކީ، އާންމުކޮށް ވެސް ޑޮލަރު ތާށިކަން އެންމެ ބޮޑުވާ މަސް ކަމަށް ބުނެ، ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. 

ބީއެމްއެލްއިން އެކި ބޭނުންތަކަށް އެވަރެޖުކޮށް މަހެއްގައި ވިއްކާ ޑޮލަރު (2026)

Million USD
038
ބީއެމްއެލްއިން އެކި ބޭނުންތަކަށް އެވަރެޖުކޮށް މަހެއްގައި ވިއްކާ ޑޮލަރު (2026)
LabelValue
ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް38 Million USD
ޓީޓީތަކަށް27 Million USD
ބޭރަށް ދަތުރުކުރާ ދިވެހިންނަށް9.4 Million USD
ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް7.3 Million USD

ބީއެމްއެލްއިން ބުނީ ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު މެނޭޖުކުރަން އެ ބޭންކުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން  އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާ ފެނި، ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ހޯދަން ވަރަށް ދަތި، ގިނަ ވިޔަފާރިތަކަށް ނުލިބޭ

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްގެ ބަޔާން ނިންމާލަމުން އެ ބޭންކުން ވަނީ، މިހާރު ދިމާވެފައިވާ މައްސަލައަކީ ބޭންކުގެ މާލީ ހާލަތުގެ މައްސަލައެއް ނޫން ކަމަށް ކަސްޓަމަރުންނަށް ޔަގީންކަން އަރުވާފަ އެވެ. އެ ބޭންކުން ބުނާ ގޮތުގައި މިއީ ޑޮލަރު ސަޕްލައިގެ ވަގުތީ މައްސަލައެކެވެ.

ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެއް. މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް. މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން." ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.

ބީއެމްއެލްގެ ޑޮލަރު ތާށިކަމުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދިންއިރު، އެތެރޭގެ ބޭންކުތަކަށް ޓްރާންސްފާ ނުކުރެވޭތީ އާއީ ޓީޓީ ފޮނުވާތާ އެތައް ދުވަހެއް ވާއިރުވެސް އެ ފައިސާ ނުފޮނުވޭތީ ވިޔަފާރިވެރިން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. ހަމައެހެންމެ، މިހާރު ޑޮލަރު ސަޕޯޓު ހޯދަން ވެސް ވަރަށް ދަތި ކަމަށް އެ ވިޔަފާރިތަކުން އަންނަނީ ބުނަމުންނެވެ. 

އޭގެ އިތުރުން، އާންމުންނަށް ވެސް ރުފިިޔާ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުން މުއާމަލާތް ކުރަން ވަރަށް އުނދަގުލެވެ. ބީއެމްއެލްއިން ކޮންމެ ދުވަހަކު ހަތެއް ޖަހާއިރު ރީސެޓުވާ ގޮތަށް ޑެއިލީ ބަޖެޓެއް ކަނޑައެޅި ފަހުން ވެސް ކާޑުން ފައިސާ ކަނޑަން ވަރަށް އުނދަގޫ ކަމަށް އާންމުން ވެސް އަންނަނީ ޝަކުވާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox