ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ހޯދަން ވަރަށް ދަތި، ގިނަ ވިޔަފާރިތަކަށް ނުލިބޭ

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް: ޑޮލަރު މައްސަލަ ހައްލުކުރަން ބޭންކުން ވަރަށް ކަންކަން ކުރާ ކަމަށް އަންނަނީ ބުނަމުން --- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް: ޑޮލަރު މައްސަލަ ހައްލުކުރަން ބޭންކުން ވަރަށް ކަންކަން ކުރާ ކަމަށް އަންނަނީ ބުނަމުން --- ފޮޓޯ: ބީއެމްއެލް

ބޭރުން މުދާ ގެންނަ ގިނަ ވިޔަފާރިތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފޮނުވާ އެއްވެސް ޓީޓީއަކަށް ނިމުނު ހަފުތާގެ ތެރޭގައި ޑޮލަރު ސަޕޯޓު ލިބުން އިތުރަށް ދަތިވެ، އިންވޮއިސްގައި ބުނާ އަދަދަށް އެކައުންޓުގައި ޑޮލަރު ނެތް ނަމަ ޓީޓީ ބާތިލުވާނެ ކަމަށް އެ ބޭންކުގެ ކަސްޓަމަރުންނަށް އަންގައިފި އެވެ. 

ބީއެމްއެލްއިން ވަނީ އެ ބޭންކުގެ އޮންލައިން ޕޯޓަލް ތެރެއިން ޓީޓިތައް ފޮނުވާއިރު، މިކަން ކަސްޓަމަރުންނަށް އަންގައި ދިނުމުގެ ގޮތުން ޕޮޕްއަޕް މެސެޖެއް އަރާ ގޮތަށް ހަދާފަ އެވެ.

އެ މެސެޖުގައި ވަނީ، ބޭރު ފައިސާގެ އެހީ (ޑޮލަރު ސަޕޯޓު ނުވަތަ އެފްއެކްސް ސަޕޯޓު) ލިބުން ބިނާ ވަނީ ލިބެން ހުުރި މިންވަރަށް ކަމަށެވެ. އަދި، ޑޮލަރު އެކައުންޓުގައި އެ ވަރަށް ފައިސާ ހުރެއްޖެ ނަމަ ޓީޓީ ޕްރޮސެސް ވާނެ ކަމަށާއި، އެ ވަރަށް ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލާ ޓީޓީ ބާތިލުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. 

Advertisement

ބޭންކާ އޮންނަ ގުޅުން ގޯސްވާން ބޭނުން ނުވާތީ ނަން ނުޖާ ގޮތަށް އަދަދު ނޫހާ ވާހަކަ ދެއްކި އެއް ވިޔަފާރިވެރިޔަކު ބުނީ، އޭނާ ބުދަ ދުވަހު ހެދި ޓީޓީ ރިޖެކްޓުވީ ކަން އެނގުނީ ޖެހިގެން އައި ދުވަހު ކަމަށެވެ. ހަފުތާ ބަންދު ބޯމަތިވެފައި އޮއްވާ މިހެން ވުމުން، ވިޔަފާރިވެރިޔާ ބުނީ، ބާކީ ހުރި ޑޮލަރުތައް ގަނެގެން، ސަޕްލަޔަރުގެ ހަފުތާ ބަންދު އައުމުގެ ކުރިން މުދާ ލޯޑު ނުކުރެވުނު ކަމަށެވެ.

އެ ވިޔަފާރިވެރިޔާ ބުނީ އޭނާގެ އެކައުންޓުގައި ބޭނުންވާ ވަރަށް ޑޮލަރު ނެތީ ވެސް، އޭގެ ކުރިން ފޮނުވި ޓީޓީއަަކަށް ޑޮލަރު ސަޕޯޓު ނުލިބޭކަން އަންގައި ނުލައި، ޑޮލަރު އެކައުންޓުން ބޮޑު އަދަދެއް ކެނޑީމަ ކަމަށެވެ.

މި ޓީޓީއަކީ ޗައިނާގެ ކުންފުންޏަކަށް ކުރި ޓީޓީއެކެވެ. މި ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުނީ ޗައިނާގެ ޔުއާންއިން ޑިޕޮސިޓުވާ ގޮތަށް ފޮނުވާ ޓީޓީތަކަށް 30 ޕަސެންޓާ 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް އެފްއެކްސް ސަޕޯޓު ލިބޭ ކަމަށެވެ. ނަމަވެސް އެ ފަހަރު އޭނާ ފޮނުވި އަދަދު އެއްކޮށް ކެނޑީ ޑޮލަރު އެކައުންޓުންނެވެ. 

"ވަރަށް ދެރަ ކަމެއް، އެހާ ބޮޑު އެއްޗެއް ކެނޑުމުގެ ކުރިން އަންގާލަން ވާނެ. ލިބެންޏާ ލިބެއޭ ވެސް ނުލިބެންޏާ ނުލިބެއޭ ވެސް. މިހާ ޑޮލަރު ތާށިއިރެއްގައި ކިހާ އުނދަގޫ ވާނެ،" އެ މީހާ ބުންޏެވެ.

ބީއެމްއެލްގެ ޑޮލަރު ހާލަތާ ގުޅިގެން މިހާތަނަށް އަދަދު ނޫހާ ވާހަކަ ދެއްކި ހުރިހާ ވިޔަފާރިތަކުން ބުނަނީ މިދިޔަ ހަފުތާގައި ފޮނުވި އެއްވެސް ޓީޓީއަކަށް ޑޮލަރު ސަޕޯޓު ނުލިބޭ ކަަމަށެވެ. 

"ދޭހާ ވެސް މައުލޫމާތަކީ ބޮޑު ބެކްލޮގެއް އެބައޮތޭ. ބުއްދިވެރީ ޑޮލަރު އެއްކޮށް ހުރެގެން ޓީޓީ ކުރެމޭ. ޑޮލަރު ސަޕޯޓަށް އެދިއްޖެއްޔާ ޖަވާބު ލިބެން ވާނެ އިރެއް ވެސް ނޭނގެއޭ ބުނީ،" އެހެން ވިޔަފާރިވެރިޔަކު ބުންޏެވެ. 

ބީއެމްއެލްގެ ޓީޓީތަކުގެ ބެކްލޮގް އޮތް ވަރެއް، އަދި ފެށުނީ ސީދާ ކޮން ތާރީހަކުން ފެށިގެން ކަން ނޭނގުނު ނަމަވެސް މި ޝަކުވާ ވިޔަފާރިވެރިން ކުރާތާ ދުަވަސްތަކެއް ވެއްޖެ އެވެ. އަދި، ވިޔަފާރިތަކަށް ލިބޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ނިސްބަތާ ގާތަށް ވެސް މިހާރު ޑޮލަރު ސަޕޯޓު ނުލިބޭ ކަމުގެ ޝަކުވާ ކުރާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.

ބީއެމްއެލްގެ ޑޮޮލަރު ތާށިކަމުގެ މައްސަލަ ގޮސް ވެގެން ގޮސް، އެ ބޭންކުގައި ޑިޕޮސިޓުކޮށްފައި ހުރި ޑޮލަރުތައް ރާއްޖޭގެ އެހެން ބޭންކަކަށް ވެސް ނުފޮނުވޭ ކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ. ބޭންކުން ވަނީ މިހެން ފޮނުވާ ފައިސާގެ ބެކްލޮގެއް އޮތް ކަމަށް ވެސް އެ ވިޔަފާރިވެރިންނަށް އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox