ޕްލާސްޓިކް ހޮޅި މަނާކުރިތާ ފަސް އަހަރު ފަހުން އަލުން ހުއްދަކޮށްފި

ގިނަ އަދަދެއްގެ ޕްލާސްޓިކު ފުޅިތަކެއް މަގުމައްޗަށް އުކާލާފައި: ސިންގަލް ޔޫސް ޕްލާސްޓިކު ފަނާ ވާން ވަރަށް ގިނަ ދުވަސް ނަގާ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ގިނަ އަދަދެއްގެ ޕްލާސްޓިކު ފުޅިތަކެއް މަގުމައްޗަށް އުކާލާފައި: ސިންގަލް ޔޫސް ޕްލާސްޓިކު ފަނާ ވާން ވަރަށް ގިނަ ދުވަސް ނަގާ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ (ސިންގަލް ޔޫސް) ޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ބަދަލުކޮށްފި އެވެ. 

ގާނޫނުތައް އޮންނަ ގޮތުން ރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި، 2020 ވަަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި އަންނަނީ އެތެރެކުރުން މަނާ ބާވަތްތައް ހިމެނޭ ލިސްޓު ނެރެމުންނެވެ. 

އެ ގޮތުން، ޕްލާސްޓިކް ހޮޅިއަކީ އެންމެ ފުރަތަމަ ނެރުނު ގަރާރުގެ ދަށުން ޖޫން 1، 2021 އިން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ބާވަތެކެވެ. އަދި، ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 19، އިން ފެށިގެން ޕްލާސްޓިކް ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް މިއަދު ސަރުކާރުން ނެރުނު ލިސްޓުގައި ވަނީ ޖޫން 1، 2031 ވަން ދެން ޕްލާސްޓިކް ހޮޅި އެތެރެކުރެވޭ ގޮތަށް ހަދާފަ އެވެ. މި ބާވަތުގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން އަނެއްކާ ވެސް މަނާ ވަނީ ޑިސެމްބަރު 19، 2031 ގައި އެވެ. 

ޕްލާސްޓިކް ހޮޅި އެތެެރެކުރުމާއި، ބޭނުންކުރުން ކާމިޔާބުކަމާއެކީ ހުއްޓާލާފައި ވަނިކޮށް، ފަސް އަހަރުގެ މުއްދަތަކަށް އަލުން ހުއްދަ ދޭން ނިންމި ސަބަބެއް ނޭނގެ އެވެ. އަދި، މި ގޮތަށް ބަދަލުކުރަން އުޅޭ ކަމަށް ސަރުކާރުން ކުރިން ނުބުނެ އެވެ.

އެތެރެކުރުން ހުއްދަ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް

ޕްލާސްޓިކުގެ ބާވަތްއެތެރެކުރުން މަނާކުރާ ތާރީހުއުފެއްދުން މަނާކުރާ ތާރީހުބާޒާރަށް ނެރުން މަނާކުރާ ތާރީހު
ޕްލާސްޓިކް ހޮޅިޖޫން 1، 2031ޑިސެންބަރު 19، 2031ޑިސެންބަރު 19، 2031
އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފެން ފުޅިޑިސެންބަރު 1، 2029ޑިސެންބަރު 1، 2029ޖޫން 1، 2030

ސަރުކާރުން ވަނީ ކުރިން އަންނަ އަހަރުގެ ޑިސެމްބަރު 1، އިން ފެށިގެން އެތެރެކުރުމާއި އުފެއްދުން މަނާކުރަން އޮތް އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި މަނާކުރާ ތާރީހު ޑިސެމްބަރު 1، 2019 އަށް ފަސްކޮށްފަ އެވެ. މި ސައިޒުގެ ފެން ފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީހަކީ ޖޫން 1، 2030 އެވެ. 

އޭގެ އިތުރުން ކުރިން 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މަނާކޮށްފައި އޮއްވާ، މި ބައި ވެސް ބަދަލުކޮށް މަނާކުރާ ސައިޒަކީ 250 މިލިލީޓަރު ކަމަށް އާ ލިސްޓުގައި ވަނީ ކަނޑައަޅާފަ އެވެ.  މިއާއެކީ، 500 މިލިލީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޖޫހާއި އެ ނޫން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރެވޭނެ މަގުފަހިވީ އެވެ. 

ރާއްޖޭގެ ވެއްޓަށް، ހާއްސަކޮށް ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބޭ ޕްލާސްޓިކް މަނާކުަރަން ފެށި މަސައްކަތް އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުތަކަށް ނިންމި ނަމަ، 12 ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި އެއްވެސް ގޮތަކަށް ބޭނުންނުކުރާނެ އެވެ.  ނަމަވެސް އޭރު ރޭވި ގޮތަށް، އަދި އެކި ފަހަރު މަތިން ތާރީހުތައް ފަސްކުރުމާއެކީ، ކުރިން ޑިސެމްބަރު 2023 އަށް ނިމެން އޮތް ކަމެއް މި ވަނީ 2031 އަށް ފަސްވެފަ އެވެ. 

މި ސަރުކާރުން ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ވެސް ކުޑަކޮށްފަ އެވެ. މިއީ ވެސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވާ، ޕްލާސްޓިކް ނޫން ބާވަތްތަކަށް އިސްކަން ދޭން ބާރު އެޅުމުގެ ގޮތުން ކުރީ ސަރުކާރުގައި ތައާރަފުކުރި ޓެކުހެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox