ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފި

ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވި އިހތުިޖާޖުގެ ތެރެއިން

ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވި އިހތުިޖާޖުގެ ތެރެއިން

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން "ވެށީގެ ދިފާއުގައި އެންމެން އެއްވުން" ނަމުގައި ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށް ގޮވާލައި ޖަމިއްޔާތަކާއި އާންމުން ގުޅިގެން މާލޭގައި އިހުތިޖާޖުކޮށްފި އެވެ. 

މި އިހުތިޖާޖުގައި ބައިވެރިވި މީހުން ހިފައިގެން ތިބި ބޯޑުގައި ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި ގިނަ ޝުއޫރުތައް ލިޔެފައިވެ އެވެ. އޭގެ ތެރޭގައި ރުއްގަސް އުފުރުން ހުއްޓާލުމަށާއި ވެށި މެރިން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. 

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ހުރި ގާނޫނީ އޮނިގަނޑުތައް މުގުރާލައި، ގުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އެކަމުގެ ކަންބޮޑުވުން 33 ޖަމިއްޔާއަކުން ވަނީ މިއަދު ފާޅުކޮށްފަ އެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސްގެ އިތުރުން އެހެން ޖަމިއްޔާތައް ގުޅިގެން ނެރުނު އެ ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ދެމިއޮތުން ބިނާވެފައިވާ ފަރުތަކާއި، ކުޅި ތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ސަރުކާރުން ދެމުންދާ ހަމަލާތަކަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރުވެރި ނުރައްކަލެއް ކަމަށެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތިމާވެށި ރައްކާތެރިކުރާ އެޖެންސީގެ މިނިވަންކަން ނަގާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިމާވެށްޓަށް ގެއްލުންދެނިވި ކަންކަން ކުރުމަށް ހުއްދަދިނުމާއި، މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމަކީ ސިޔާސީ ބޭނުމަށްޓަކައި ހިންގާ ތިމާވެށީގެ ގަތުލުއާންމެކެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު، ފަރުތަކާއި ކުޅިތަކާ ނުލައި ރާއްޖެއެއް ނޯންނާނެކަން ޖަމިއްޔާތަކުން ފާހަގަކުރި އެވެ. އެގޮތުން ތިމާވެށްޓަށް ދެވޭ ކޮންމެ ގެއްލުމަކީ މިއަދުގެ ރައްޔިތުންނާއި އަންނާން އޮތް ޖީލުތަކަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މިހާރު ގެއްލިގެންދާ ވަސީލަތްތަކަކީ ދުވަހަކުވެސް އިއާދަނުކުރެވޭނެ ތަކެތި ކަމަށް އެ ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox