އޮންލައިން ވިޔަފާރިކުރަން މިހާރު ދައްޗެއް ނުވާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު: އޮންލައިން ވިޔަފާރިކުރުމުގައި މިހާރު ދައްޗެއް ދިމާނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު ސައީދު: އޮންލައިން ވިޔަފާރިކުރުމުގައި މިހާރު ދައްޗެއް ދިމާނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އޮންލައިންކޮށް ވިޔަފާރިކުރަން މިހާރު އެއްވެސް ދައްޗެއް ދިމާނުވާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައުލޫމާތު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޑޮލަރުގެ ދަތިކަމާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރުމުގައި ދިމާވި ދަތިތައް ހައްލުކޮށް، ކުރިން ދިމާވި މައްސަލަތައް ކުރިއަށް އޮތްތަނުގައި ދިމާނުވާނެ ކަމަށެވެ. 

"އޮންލައިން ވިޔަފާރީގައި، އީ-ކޮމާސްގެ ދާއިރާގައި ޑޮލަރުގެ މައްސަލައާ ގުޅިގެން އައި ބައެއް ކަހަލަ ދަތިތައް. ދެން އެ މައްސަލަ، ޑޮލަރުގެ މައްސަލަ ބެންކް އޮފް މޯލްޑިވްސްއަށް އައި އެކި ހީނަރުކަމާ ގުޅިގެން އެބޭފުޅުން ވަރަށް މެނޭޖްކުރައްވައިފި ހާލަތު. އެނގޭތޯ. އެހެންނަމަވެސް މިހާރު ބެންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއްވާ ގޮތުގައި އެ ދިމާވި މައްސަލަތަކެއް ދިމައެއް ނުވާނެ ދެން އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ޓީޓީ ހެދުމަށާއި އެ ބެންކުން ޑޮލަރު ދޫކުރުމުގައިވެސް ހާލަތު ބަދަލުވެ، ކުރިން އޮތް ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. 

"މިހާރު އެބޭފުޅުން ޓީޓީ ހަދައިދިނުމުގައި ވެސް އަދި ބޭރު ފައިސާ ދޫކުރުމުގައި ވެސް ހާލަތު ބަދަލުވެ، ކުރީގެ ހާލަތަށް އިރާދަކުރެއްވިއްޔާ ރުޖޫއަވާން މަސައްކަތް ކުރަމުން އެ ގެންދަނީ ވަރަށް ބާރަށް. އެ ހާލަތު ބަދަލުވަމުން އެ އަންނަނީ،" ސައީދު ވިދާޅުވި އެވެ. 

ރާއްޖެއަށް ޑޮލަރުގެ ދަތިކަން ދިމާވީ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމުންކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެ ދަރަންޏަކީ މީގެ ކުރިން ސަރުކާރަކުން ނުދައްކާހާ ބޮޑު ދަރަންޏެއް ކަމަށެވެ. 

ޑޮލަރު ޓްރާންސްފާ އާއި ޓީޓީގެ ހިދުމަތް ހަފުތާއެއްގެ ތެރޭގައި ހައްލުވާނެ ކަމަށް ބީއެމްއެލް އިން ބުނީ ސެޕްޓެމްބަރު 19، ގަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެ ހާލަތު ބަދަލު ނުވާ ކަމަށް ވިޔަފާރިތަކުން ބުނެފައިވެ އެވެ. 

ޑޮލަރުގެ ޓްރާންސްފާގެ މައްސަލަ އާއި ޓީޓީ ހެދުމަށް ދަތިތަކެއް ދިމާވާ ކަމަށް ބީއެމްއެލް އިއުތިރާފުވީ، އެ މައްސަލަތައް ކުރިމަތިވަމުން އަންނަތާ އެތައް މަސްދުވަހެއް ފާއިތުވި ފަހުންނެވެ. 

ޑޮލަރު ތާށިވުމުން ބޭންކުން ވަނީ ޑެޓިބް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތައް އިތުރަށް ހަނިކޮށްފަ އެވެ. މިހާރު ކޮންމެ ދުވަހަކު ވެސް މުޅި ރާއްޖެއަށް ކުރެވޭނީ އެންމެ 16 މިލިއަން ޑޮލަރުގެ ވިޔަފާރި އެވެ.    

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox