ބީއެމްއެލް ހައުސިން ލޯން: ތިން މިލިއަން ރުފިޔާއިން ދަށުގެ ލޯނުތަކަށް ދައްކަންޖެހޭ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކޮށްފި

Oct 18, 2026, 10:45 PM
ބީއެމްއެލްގެ ސީއީއޯ ޝަރީފް: ވިދާޅުވީ އިކުއިޓީ ކުޑަކުރީ އަތްފޯރާ ފަށުގައި ހިދުމަތް ދޭން ކަމަށް -- ފޮޓޯ: ފައިލް

ބީއެމްއެލްގެ ސީއީއޯ ޝަރީފް: ވިދާޅުވީ އިކުއިޓީ ކުޑަކުރީ އަތްފޯރާ ފަށުގައި ހިދުމަތް ދޭން ކަމަށް -- ފޮޓޯ: ފައިލް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ހައުސިން ލޯނުގެ ޝަރުތުތަކަށް ބަދަލު ގެނެސް، ތިން މިލިއަން ރުފިޔާއިން ދަށުގެ ލޯނުތައް ނަގާއިރު އިކުއިޓީއަށް ދައްކަންޖެހޭ މިންވަރު ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ. 

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ. 

ހައުސިން ލޯނުގެ ގޮތުގައި އެންމެ ކުޑަކޮށް ނެގޭނީ 50،000 ރުފިޔާ އެވެ. އަދި އެންމެ ގިނައިން ލޯނުގެ ގޮތުގައި ދޫކުރާނީ 45 މިލިއަން ރުފިޔާ އެވެ. 

އޭގެ އިތުރުން، ތިން މިލިއަން ރުފިޔާ އަދި އެއަށް ވުރެ ދަށް އަދަދުތަކުގެ ލޯނަށް ނަގާ އިންޓްރެސްޓު ވެސް ބީއެމްއެލް އިން ވަނީ 9.5 ޕަސެންޓަށް ކުޑަކޮށްފަ އެވެ. 

"ގެދޮރު ބިނާ ކުރުމަށް ބޭނުންވާ ފައިނޭންސިންއަކީ އަތްފޯރާ ހިދުމަތަކަށް ހެދުމަށް ވެސް އަޅުގަނޑުމެން ވާނީ މަސައްކަތްކޮށްފައި. އެގޮތުން ހައުސިން ލޯނުތަކަށް އަމިއްލައަށް ދައްކަންޖެހޭ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓު 20 ޕަސެންޓުން ފަސް ޕަސެންޓަށް ވަނީ ދަށްކޮށްދެވިފަ. މިއީ ގެދޮރު މިލްކު ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށްވާ ފައިސާ އެއްކުރުމަށް އޮތް ތަކުލީފަށް ލިބުނު ބޮޑު ލުޔެއް،" ބީއެމްއެލްގެ ސީއީއޯ ޝަރީފް މިއަދު ވިދާޅުވި އެވެ. 

ބީއެމްއެލް އިން ދޫކުރާ ހައުސިން ލޯނުތަކުގެ އިކުއިޓީ ކުޑަކުރިއިރު، ލޯނުގެ އިކުއިޓީ ސަރުކާރުން ދައްކައިދޭން ހަމަޖެހިފައިވާކަން ރައީސް މުހައްމަދު މުއިއްޒު ވަނީ ހޮނިހިރު ދުވަހު އިއުލާނު ކުރައްވައިފަ އެވެ. 

"މިއީ ލޯނެއް ނޫން، މި ހިލޭ. ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނަންޓަށް ދޭ މިއީ ހަމަ، އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް، ދެން 200،000ރ. ވަރު ކޮންމެ މީހަކަށް، ދެން ފައިވް ޕަސެންޓު، ދެން ގޭގެ ތިންހަތަރު މީހުން އެއްކޮށްލައިގެން ވެސް މިސާލަކަށް އެއް މިލިއަނެއްހައި ރުފިޔާ ވެސް ލިބިދާނެ ކަންނޭނގެ، ފަސް މީހުން ތިބެއްޖެއްޔާ ދެއްތޯ؟" ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox