މީރާއަށް މިދިޔަ މަހު ލިބުނު ޑޮލަރު ކުރީ އަހަރަށް ވުރެ 15 ޕަސެންޓު މަދު

ރިސޯޓު ތަރައްގީކޮށްގެން ހިންގަމުން އަންނަ ރަށެއް: މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވީ ރިސޯޓު ކުލި މުއްދަތު އިތުރުކުރަން ލިބުނު އަދަދު ބޮޑުކަމުން --- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ

ރިސޯޓު ތަރައްގީކޮށްގެން ހިންގަމުން އަންނަ ރަށެއް: މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވީ ރިސޯޓު ކުލި މުއްދަތު އިތުރުކުރަން ލިބުނު އަދަދު ބޮޑުކަމުން --- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު ޑޮލަރުގެ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15 ޕަސެންޓު މަދުވެއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ އިދާރާއަށް ބަލައިގަނެފައި ވަނީ 126.8 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް 150.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސްތައް މަދުވުން ނޫން ކަމަށް މީރާގެ ރިޕޯޓުން އެނގެ އެވެ.

މީރާގެ އެންމެ ފަހުގެ ޓެކްސް ކަލެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި ޑޮލަރު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ މި އަހަރު އިތުރެވެ. 

ނަމަވެސް އެއާޕޯޓު ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެއާޕޯޓު ޓެކްސްގެ ގޮތުގައި 12.9 މިލިއަން ޑޮލަރު ލިބުނު އިރު، މި އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 11.2 މިލިއަން ޑޮލަރު އެވެ.

މީރާއިން ބަލައިގަތް ޑޮލަރު އާމްދަނީ (2026)

Million USD
0205.1
މީރާއިން ބަލައިގަތް ޑޮލަރު އާމްދަނީ (2026)
LabelValue
ޖެނުއަރީ180.4 Million USD
ފެބްރުއަރީ126.8 Million USD
މާޗު205.1 Million USD
އޭޕްރިލް120.7 Million USD
މެއި88.5 Million USD
ޖޫން118.5 Million USD
ޖުލައި108.3 Million USD
އޮގަސްޓު98 Million USD
ސެޕްޓެމްބަރު126.8 Million USD
މީރާ ޓެކްސް ކަލެކްޝަން ރިޕޯޓު

މިދިޔަ އަހަރާއި މި އަހަރުގެ ޑޮލަރު އާމްދަނީގެ މެދުގައި ބޮޑު ފަރަގަކަށް މެދުވެރިވި މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު ފައިސާ މަދުވުމެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މި ފީގެ ގޮތުގައި 33 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު އެ ދާއިރާއިން ލިބިފައި ވަނީ އެންމެ 375،000 ޑޮލަރު އެވެ.

މީގެ އިތުރުން ޓެކްސް ނޫން ގޮތްގޮތުން ޑޮލަރު އާމްދަނީ ވަންނަ އެހެން ދާއިރާތަކުން ލިބުނު ފައިސާ ވެސް ވަނީ ދަށްވެފަ އެވެ.

މިދިޔަ މަހު ޑޮލަރު ލިބުނު މިންވަރު މަދުވި ނަމަވެސް، މުޅި އަހަރަށް ބަލާއިރު މިހާތަނަށް ލިބުނު ޖުމްލަ ޑޮލަރުގެ އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް 1.2 ބިލިއަން ޑޮލަރު މީރާއަށް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 1.1 ބިލިއަން ޑޮލަރު އެވެ.

މި އަހަރުގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރެކޯޑު އަދަދަކަށް ޑޮލަރުގެ އާމްދަނީ ލިބުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox