ސީރިއަލް ޕެކެޓުތަކެއްގައި ޑޮލަރާއި ޕައުންޑާއި ޔޫރޯ ބޭރުކުރަން އުޅުނު މައްސަލައެއްގައި ހަ ބިދޭސީން ހައްޔަރުކޮށްފި

ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާ ޖޮއިންޓް ޓާސްކްފޯހުން ހިފެހެއްޓުން -- ފޮޓޯ: ފުލުހުން

ރާއްޖެއިން ބޭރުކުރަން އުޅުނު ފައިސާ ޖޮއިންޓް ޓާސްކްފޯހުން ހިފެހެއްޓުން -- ފޮޓޯ: ފުލުހުން

ޔޭޔޭ ބްރޭންޑުގެ ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި މިއީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ބަޔަކު ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެެއިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔެކެވެ. އަދި، އެ އޮޕަރޭޝަން ހިންގީ، މިކަން ހުއްޓުވަން އުފައްދާފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މި މައްސަލައިގައި ހިމެނޭ މީހުން ވެލާނާ އެއާޕޯޓުން ފުރަން ގޮސް ތިއްބައި، ހުއްޓުވައި، ބަލައިފާސްކުރިއިރު 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނެވެ. ފުލުހުން ބުނީ އަތުަލައިގަތް ފައިސާގެ އަގު 3.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

އެންމެ ފަހުން ހައްޔަރުކުރި މީހުންނާއެކީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މައްސަލަތަކުގައި ހައްޔަރުކުރިކަން އެނގިފައިވާ ބިދޭސީންގެ އަދަދު ވަނީ 15 އަށް ވުރެ އިތުރުވެފަ އެވެ. 

ޑޮލަރުގެ ވިޔަފާރި ކުރާ ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

"މި ފަރާތްތަކަކީ ހުއްދަ ދެވިފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ފާހަގަ ކުރެވޭ،" ފުލުހުން ބުނެފައިވެ އެވެ.

ކަޅު ބާޒާރު ހުއްޓުވަން ހިންގާ އޮޕަރޭޝަނުގެ މައުލޫމާތު ދޭން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ 12 ބިދޭސީއެއްގެ މައްސަލަ ބަލަމުންދާ ކަމަށާއި، އޭގެ ތެރެއިން ނުވަ މީހަކު ތިބީ ޑިޓެންޝަނުގައި ކަމަށެވެ. އެކަމަކު އެއީ ފުލުހުންގެ ބަންދުގައި ކަމެއް ނޫނީ އިމިގްރޭޝަން ބަންދުގައި ކަމެއް ސާފެއް ނޫނެވެ. 

ހުއްދަ ނެތި ޑޮލަރު ވިއްކާ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ހަ ބިދޭސީންގެ ވަނަވަރު ހާމަކުރަމުން، ފުލުހުން ބުނީ، ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މި މީހުންގެ އެކައުންޓުތަކުގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން ވަނީ ކަޅު ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށް، ނައިޑް ޓްރޭޑިން އާއި އެ ކުންފުންޏާ ގުޅިފައިވާ ކުންފުނިތައް ހުންނަ އޮފީސް ބަލައިފާސްކޮށް، އެކައުންޓުތައް ފްރީޒުކޮށްފަ އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) އިން ވަނީ "އެކްސްޕްރެސް މަނީ އެކްސްޗޭންޖު" ގެ ހުއްދަ ބާތިލުކޮށްފަ އެވެ. 

ސަރުކާރުން ޑޮލަރު މައްސަލައިގައި ހަރުކަށި ތަންފީޒީ ފިޔަވަޅުތަކެއް އަޅައިގެން މައްސަލަ ހައްލުކުރަން ނިކުތީ، ޑޮލަރު ތާށިކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22ރ. އިން މަތިވެ، އޮބިނޯންނާ ހިސާބަށް ކަންކަން ދިޔަ ފަހުންނެވެ. މި މަސައްކަތް ފެށި ފަހުން، ސަރުކާރުން ބުނަނީ، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ތިރިކުރެއްވިއްޖެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox