ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށްފި

Oct 5, 2026, 6:00 AM
ނުރައްކާތެރިކޮށް ދުއްވި މައްސަލައިގައި ހައްޔަރުކުރި މީހާ: އޭނަގެ ގިނަ އަދަދެއްގެ ޓްރެފިކް ކުށުގެ ރެކޯޑު އޮތް ކަމަށް ފުލުހުން ބުނި --- ފޮޓޯ: ފުލުހުން

ނުރައްކާތެރިކޮށް ދުއްވި މައްސަލައިގައި ހައްޔަރުކުރި މީހާ: އޭނަގެ ގިނަ އަދަދެއްގެ ޓްރެފިކް ކުށުގެ ރެކޯޑު އޮތް ކަމަށް ފުލުހުން ބުނި --- ފޮޓޯ: ފުލުހުން

މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަހުމަދު ފާރިޒް (26 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި އެވެ. 

ފުލުހުން ބުނީ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައޮ ސައިކަލެއް ދުއްވާފައިދާ ކަމަށް ލިބުނު ރިޕޯޓެއް ލިބުނު ކަމަށެވެ. މި ރިޕޯޓާ ގުޅިގެން އެ މީހާ ދެނެގަނެ،  މާލޭގެ ޓްރެފިކް ލައިޓް ކައިރިން މަޑުކުރުމަށް އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން އޭނާ ބާރު ސްޕީޑުގައި ދުއްވާފައި ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓު ވެފައިވެ އެވެ.

މި ހާދިސާގައި ފުލުހުންގެ ކާރަށް އެކިވަރުގެ ގެއްލުންތަކެއް ލިބިފައިވާއިރު، އެކްސިޑެންޓަށް ފަހު ސައިކަލު ދޫކޮށް އެ ސަރަހައްދުން އޭނާ ވަނީ ފިލާފަ އެވެ. އޭނާ ހައްޔަރުކުރީ، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މާލެ، މޫންލައިޓް ހިނގުމުން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެއްކެވެ. އޭނާގެ ނަމުގައި 44,000ރ. ގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އެބައޮެތެވެ.

އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، ލޯގަނޑު ނުޖަހައި ދުއްވުމުގެ އިތުރުން ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމުގެ އިތުރުން މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުން ހިމެނެ އެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުންގެ މައްސަލަތަކަށް ފުލުހުން މިހާރު ވަނީ ހާއްސަ ސަމާލުކަމެއް ދޭން ފަށާފަ އެވެ.

މި ގޮތުން، ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ވަނަވަރު އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މިއީ މި ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވީ ހާދިސާގެ ފަހުން އަޅަން ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox