ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގެ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލައަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްސަލައަކަށް ވާތީ އެކަން ހިނގި ރަށާއި އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
ނޯތު ޕޮލިސްގައި ހިމެނޭ އަތޮޅުތަކަކީ ނ، ރ، ބ އަދި ޅ އަތޮޅެވެ. މިފަދަ މައްސަލަތަކާ ގުޅިގެން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ކުށެކެވެ.













