މިދިޔަ އަހަރު އުމުރަށް ޖަލަށްލި އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

އަބްދުالله އިބްރާހިމް (އަބުޗާ): އޭނާ ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް --- ގްރެފިކްސް: އަދަދު

އަބްދުالله އިބްރާހިމް (އަބުޗާ): އޭނާ ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް --- ގްރެފިކްސް: އަދަދު

އައްޑޫގައި މަސްތުވާތެކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލް ބޯޑުން ދޫކޮށްލައިފި އެވެ.

ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް އަބުޗާ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި 19، ގަ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ 12.5 އަހަރުގެ ތިން ހުކުމެވެ. ޕެރޯލަށް އޭނާ ޝަރުތު ހަމަވީ 6.5 އަހަރު ޖަލުގައި ހޭދަ ކުރުމުންނެވެ. 

Advertisement

އައްޑޫގެ ޑްރަގުގެ ބޮޑެއް ކަމަށް ބުނާ އަބުޗާ 25 އަހަރަށް ޖަލަށް

އޭނާ އިއުތިރާފު އެއްބަސްވުމެއް ހެދީ 98 ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މައްސަލައިގައި ކަމަށް މައުލޫމާތު ލިބިފައިވޭ.

ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލާފައިވާކަން މި ނޫހަށް ވަނީ ތަފާތު ތިން މަސްދަރަކުން ކަށަވަރުކޮށްދީފަ އެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހަކަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ.

މި ނޫހާ ވާހަކަދެއްކި ފުލުހުންގެ ބައެއް އިސް އޮފިޝަލުން ވިދާޅުވީ މަސްތުވާތެކެތި ޓްރެފިކް ކުރާ މީހުންނާއި ގޭންގު ލީޑަރުންގެ އިތުރުން ވެސް އެފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް އަދަބު ލުއިކޮށްދިނުމާއި ޕެރޯލް ނުދިނުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ސަރުކާރުތަކުގައި އެދޭ ކަމަށެވެ.

އަބުޗާ ދޫކޮށްލާފައިވާއިރު، އޭނާއަކީ އެތައް ކުށެއްގެ ރިކޯޑު އޮތް މީހެކެވެ. އެގޮތުން، 2019 ވަނަ އަހަރު ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް، އެ މައްސަލައިގެ ތަހުގީގަށްފަހު ކޯޓަށް ފޮނުވުމުން ހަމަ އެ އަހަރުގެ ސެޕްޓެމްބަރުގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން، ގޭންގް ރޭޕްގެ މައްސަލައަކާއި މާރާމާރީގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއްގެ އިތުރުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައި ވެސް މީގެ ކުރިން އަބުޗާ ހައްޔަރުކޮށްފައިވެ އެވެ.

ކުށެއްގެ އިސްލާހު (އޮކްޓޯބަރު 6، 2026) 

އަބްދުﷲ އިބްރާހިމް ޕެރޯލް ބޯޑުން ދޫކޮށްލީ ގާނޫނާ ހިލާފަށް މި ލިޔުމުގައި ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ކޮށްފައި ވަނީ 12.5 އަހަރުގެ ތިން ޖަލު ހުކުމެކެވެ. ގާނޫނުގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޮށްފައިވާ އެންމެ ބޮޑު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުވުމުން ޕެރޯލަށް ޝަރުތުހަމަވާނެ ކަމަށެވެ. އަބްދުﷲ އިބްރާހިމް ވަނީ ހުކުމުގެ 6.5 އަހަރު ތަންފީޒުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox