ފަހަތުން އަރައި ލީޑްސް ބަލިކޮށް ޗެލްސީ ލީގު ކަޕް އަނެއް ބުރަށް

Sep 10, 2026, 9:08 AM
ޗެލްސީގެ ކޯލް ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޗެލްސީގެ ކޯލް ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ސެޕްޓެމްބަރު 10) - ދެ ގޯލުގެ ލީޑެއް ނެގި ލީޑްސް ޔުނައިޓެޑް އަތުން ފަހަތުން އަރައި 6-3 އިން މޮޅުވި ޗެލްސީން އިނގިރޭސި ލީގު ކަޕްގެ ހަަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. 

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ލީޑްސް އިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލު ކުރީގައި އޮވެ އެވެ. އެ ގޮތުން، 23 ވަނަ މިނިޓްގައި ހެރީ ވިލްސަން ދިން ބޯޅައަކުން ލީޑްސް އަށް ލީޑުނަގައިދިނީ ޓަރިކް މުހަރެމޮވިޗް އެވެ. އަދި، ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭގައި، ބްރެންޑެން އާރޮންސަން ވަނީ ލަނޑެއް ޖަހައި، ލީޑްސްގެ ލީޑުފުޅާކޮށްދީފަ އެވެ. 

މެޗުގެ ނަތީޖާ ހަަމަހަމަކުރަން ޗެލްސީން ގާތްގާތުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ކޯލް ޕާމާ އެވެ. އެ ގޮތުން، 53 ވަނަ މިނިޓްގައި ޕާމާ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އަދި، އޭގެ ދެ މިނިޓް ފަހުން، އިތުރު ލަނޑެއް ޖަހައި ޕާމާ ވަނީ އެ ޓީމަށް ނަތީޖާ ހަަމަހަމަ ކޮށްދީފަ އެވެ.

Advertisement

މެޗުގެ 60 ވަނަ މިނިޓްގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ޕެޑްރޯ ނެޓޯ އެވެ. އަަދި، ޑެނީ ވެލްބެކް ވަނީ މެޗުގެ 65 ވަަނަ މިނިޓްގައި ޗެލްސީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ޕާމާގެ ދެ ވަަނަ ލަނޑާއި ނެޓޯ އާއި ވެލްބެކް ޖެހި މި ލަނޑުތަކަށް ފުރުސަތު ތަނަވަސްކޮށްދިނީ މޯގަން ރޮޖާސް އެވެ. 

ލީޑްސް އިން މެޗުގެ 75 ވަނަ މިނިޓްގައި ޑޮމިނިކް ކަލްވެޓް-ލެވިން ޖެހި ލަނޑުން އުންމީދެއް ހޯދި ނަމަވެސް، އޭގެ ފަސް މިނިޓް ފަހުން، ވަލެންޓިން ބާކޯ ވަނީ ގޯލެއް ޖަހައި ޗެލްސީ އަށް ހަަމަޖެހިލަން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޗެލްސީން ވަނީ މެޗުގައި ހަ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ ބާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެލްބެކް އެވެ. 

މި ފަހަރުގެ ސީޒަނުގައި އިނގިރޭސި ޑޮމެސްޓިކް ތިން މުބާރާތުގައި އެކަނި ކުޅޭ ޗެލްސީން، ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox