ޗެލްސީ އަށް އާސެނަލް މެޗުން ދަސްވި ކަންކަން ގިނަ: އަލޮންސޯ

Sep 7, 2026, 1:07 PM
ޗެލްސީގެ ކޯޗު އަލޮންސޯ: އާސެނަލް އަތުން ބަލިވި މެޗުގައި ވެސް ރަނގަޅަށް ދިޔަ ކަންކަން އެބަހުރި ކަމަށް ވަނީ ބުނެފައި.

ޗެލްސީގެ ކޯޗު އަލޮންސޯ: އާސެނަލް އަތުން ބަލިވި މެޗުގައި ވެސް ރަނގަޅަށް ދިޔަ ކަންކަން އެބަހުރި ކަމަށް ވަނީ ބުނެފައި.

ލަންޑަން (ސެޕްޓެމްބަރު 7) - އާ ވިސްނުންތަކަކާ އެކު ޗެލްސީން ކުރިއަށްދާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން ޗެލްސީ ބަލިވި މެޗުގައި ދަސްވި ކަންކަން ގިނަ ކަމަށް އެ ޓީމުގެ ކޯޗު، ޒަބީ އަލޮންސޯ ބުނެފި އެވެ. 

ޗެލްސީގެ ކޯޗުކަމާ ހަވާލުވެ، އަލޮންސޯ އެ ޓީމު ގޮވައިގެން ނުކުތް ފުރަތަމަ ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އެއީ، ފުލަމް، ލޫޓަން ޓައުން އަދި ބްރައިޓަން ހޯލްްވް އެންޑް އަލްބިއަން އަތުންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ޗެލްސީން މޯގަން ރޮޖާސްގެ ލަނޑުން ލީޑުނެގިއިރު، ފުރަތަމަ ހާފުގައި ކައި ހަވާޓްޒް ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ. އަދި، ދެ ވަނަ ހާފުގައި މާޓިން އޮޑެގާޑް ޖެހި ގޯލާ އެކު، ޗެލްސީ ބަލިވީ 2-1 އިންނެވެ. 

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލޮންސޯ ބުނީ، ޗެލްސީ ގޮވައިގެން އޭނާ ކޮންމެ މެޗެއްގައި ވެސް ނުކުންނާނީ ވީ އެންމެ ރަނގަޅަށް ވާދަކުރުމަށް ކަމަށެވެ. އެ ގޮތުން، އާސެނަލާ ދެކޮޅަށް ކުޅެން އަރައި ފުރަތަމަ މިނިޓުން ފަށައިގެން ޑިފެންސް ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި އެހެންވެ، ފުރަތަަމަ ވެސް ބޭނުންވީ ކުރިއަށް ޖެހިގެން ކުޅުމަށް ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ. 

"އެނގޭ މިހެން ކުޅޭއިރު އަހަރެމެންނަށް އުނދަގޫތަކެއް ހުންނާނެކަން، ގޯސްތަކެއް ވެސް ހެދޭނެކަން. އަހަރެމެން މި ދަނީ ދަސްކުރަމުން. މިއީ ލީގުގައި އަހަރެމެންގެ ތިން ވަނަ މެޗު. އާ ފެށުމެއްގެ ތެރޭގައި މި ތިބެވެނީ. މިއީ ޗެލްސީ އަށް ވެސް އާ ކަންތައްތަކެއް. އަހަރެން ވަރަށް އުފަލުން މި ހުރީ ފެނުނު ފައިޓިން ސްޕިރިޓް ރަނގަޅު. ކުރެވޭނެ ހުރިހާ ކަމެއް އެންމެ ފަހު ވަގުތާ ހަމައަށް ޖެހެންދެން ކުރިން،" އަލޮންސޯ ބުންޏެވެ. 

"ވަރަށް ގިނަ ކަންކަން މި މެޗުން ވެސް ދަސްވި،" 

ކުރިން ރެއާލް މެޑްރިޑާއި ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އަލޮންސޯ ބުނީ، އާސެނަލުން ވަރަށް ރަނގަޅަށް ޗެލްސީގެ ބަލިފައިތަން ދެނެގަނެގެން މެޗު ކުރިއަށްގެންދިޔަ ކަމަށާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޓީމަށް ފަސޭހަތަކެއް ހުރި ކަމަށެވެ. 

"އާސެނަލުން ހުރިހާ ގޮތަކުން މަސައްކަތް ކުރި، އެ ޓީމުގެ ދެ ވަނަ ލަނޑު ހަގީގަތުގައި އަހަރެމެންނަށް ވިސްނުންތެރިކަމާ އެކު ކުޅުނު ނަމަ ހުއްޓުވޭނެ. އެކަމަކު އެ ފަދަ ކަންކަމަކީ އެކުގައި ކުޅެގެން ކުރިއަށް އޮތްތަނުގައި ޑިފެންސްކުރެވޭނެ ކަންކަން،" އަލޮންސޯ ބުންޏެވެ. 

އޭނާ ބުނީ އަނިޔާގައި ތިބި ކުޅުންތެރިން އެނބުރި ޓީމާ ގުޅުމާ އެކު، މިހާރު ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ގެނެވޭނެ ކަމަށެވެ. 

ޗެލްސީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ އިނގިރޭސި ލީގު ކަޕްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox