މައްކާއަށް ހަމާލާ ދޭން އުޅުނީ ޔަމަނުގެ ހޫތީން ކަމަށް ހުތުބާގައި ބުނެފި

Sep 18, 2026, 8:42 PM
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: ހުތުބާ ތައްޔާރު ކުރަނީ އިސްލާމިކް މިނިސްޓްރީ އިން -- ފޮޓޯ: އަދަދު ފައިލް

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: ހުތުބާ ތައްޔާރު ކުރަނީ އިސްލާމިކް މިނިސްޓްރީ އިން -- ފޮޓޯ: އަދަދު ފައިލް

އިސްލާމުންގެ މުގައްދަސް ބިން މައްކާއަށް މިދިޔަ އަންގާރަ ދުވަހު ޑްރޯން ހަމަލާއެއް އަމާޒު ކުރީ ޔަމަނުގެ ހޫތީން ކަމަށް ރާއްޖޭގެ ހުކުރު ހުތުބާގައި މިއަދު ބުނެފި އެވެ. 

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ. 

އިސްލާމިކް މިނިސްޓްރީ އިން ތައްޔާރުކޮށް ރާއްޖޭގައި މިއަދު ކިޔާފައިވާ ހުކުރު ހުތުބާގައި ބުނީ މައްކާ އާއި މަދީނާގެ ހުރުމަތް ކަނޑައި ހޫތީން ހަމަލާތަކެއް ދެމުންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.  

"... ހުރުމަތްތެރި ކުރައްވާފައިވާ މާތްވެގެންވާ މައްކާ އާއި މަދީނާގެ ހުރުމަތް ކަނޑައި ހޫތީން ދެމުންދާ އަނިޔާވެރި ލާއިންސާނީ އުދުވާނީ ހަމަލާތަކާއި އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ހުތުބާގައި ބުންޏެވެ. 

ރާއްޖެއަކީ ސައުދީ އަރަބިއްޔާއިން ހޫތީންނާ ދެކޮޅަށް އުފައްދައިގެން އުޅޭ މެރިޓައިމް ޑިފެންސް ކޯލިޝަނުގެ މެންބަރެކެވެ. އެ ކޯލިޝަނާ ގުޅެން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިދިޔަ މަހު ފާސްކޮށްފަ އެވެ. 

އޭގެ އިތުރުން، "ހޫތީންގެ ހަމަލާތަކުން" މައްކާ އާއި މަދީނާ ސަލާމަތް ކުރަން މިއަދުގެ ހުތުބާގައި ދުއާއެއް ވެސް ކުރި އެވެ. 

"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މާތްވެގެންވާ މައްކާ އާއި މަދީނާ އާއި އެތަންތަނުގެ އަހުލުވެރީންނަށް އަނިޔާވެރި ހޫތީން ދެމުންދާ އުދުވާނީ ހަމަލާތަކުން ރައްކާތެރި ކުރައްވާ ހިމާޔަތް ކުރައްވާނދޭ،" ހުތުބާގައި ބުނެފައިވެ އެވެ.

ހޫތީންނަކީ ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާއަތެކެވެ. އެ ޖަމާއަތުގެ އަސްލު ނަމަކީ "އަންސާރު ﷲ" އެވެ. އެއީ ޝިއައީ ޖަމާއަތެކެވެ. ހޫތީން ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަމަލާތަކެއް ދީ ވެރި ރަށް ސަނާއިން ސަރުކާރު ބޭރު ކުރި އެވެ. 

ސައުދީ އާއި ހޫތީންނާ ދެމެދު މައްސަލަ ޖެހި ހަމަލާ ބަދަލު ކުރަން ފެށީ ސަނާ އެއާޕޯޓަށް ސައުދީން ހަމަލާ ދިނުމުންނެވެ. އެއަށްފަހު ހޫތީން ވަނީ ސައުދީ ބައެއް އެއާޕޯޓުތަކާއި ޕޯޓުތަކާއި ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox