ސައުދީ-ޔަމަން

4 ލިޔުން

ފަހުގެ

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފިދުނިޔެ

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

ސައުދީން ޔަމަނުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނަކަށް ތައްޔާރުވަނީދުނިޔެ

ސައުދީން ޔަމަނުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނަކަށް ތައްޔާރުވަނީ

ޔަމަނުގެ ހޫތީންނާ ދެކޮޅަށް، ރަތްކަނޑުގެ ސަލާމަތަށްޓަކައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ސައުދީ އަރަބިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާ އާއި ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، ސައުދީގެ ވައިގެ ސިފައިންގެ މަދަދާއެކު އެއްގަމު މަގުން ހަރަކާތްތެރިވާނީ ޔަމަނުގެ ސަރުކާރު ސިފައިންނެވެ.