އިސްރާއީލުން ސައުދީއަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭން ފަށައިފި

Sep 16, 2026, 6:52 PM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

ސަރަހައްދީ ކަނޑުގެ ދަތުރުފަތުރުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކާ މެދު ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ޔަމަނުގެ ހޫޘީންނާ ގުޅޭ ޖާސޫސީ މައުލޫމާތު އެމެރިކާ މެދުވެރިކޮށް އިސްރާއީލުން ސައުދީ އަރަބިއްޔާއަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިސްރާއީލުގެ ދައުލަތުގެ މީޑިއާ، "ކާން" އިން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔައީ އެމެރިކާގެ އެހީތެރިކަމަށް ސައުދީ އަރަބިއްޔާއިން އެދުމާ ގުޅިގެންނެވެ. އެ މީޑިއާއިން މި މައުލޫމާތު ހާމަކޮށްފައިވަނީ މިކަމާ ގުޅޭ މައުލޫމާތު އެނގޭ ސަރަހައްދީ ޑިޕްލޮމެޓަކާ ހަވާލާދީ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ސައުދީގެ އެދުމާ ގުޅިގެން ވޮޝިންޓަނުން އިސްރާއީލުގެ އޮފިޝަލުންނާ މަޝްވަރާކުރި އެވެ. އަދި ހޫޘީންނަކީ މުޅި ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، އެ ގްރޫޕާ ގުޅޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްރާއީލުން ވަނީ އެއްބަސްވެފަ އެވެ.

Advertisement

މި ދެ ގައުމުގެ މެދުގައި ޖާސޫސީ މައުލޫމާތު ހިއްސާކުރަން ފަށާފައި މިވަނީ، އިސްރާއީލާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީ ހާރިޖީ ގުޅުމެއް ގާއިމުކޮށްފައި ނުވަނީހެވެ.

މީގެ އިތުރުން، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ގާހިރާގައި ބޭއްވެވި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ ސަލާމަތީ މަޝްވަރާތަކުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ މަންދޫބުން ވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ މަޝްވަރާތަކުގައި އެމެރިކާގެ އޮފިޝަލުން ވަނީ ހޫޘީންގެ ހަމަލާތަކަށް ގުޅިގެން ރައްދު ދިނުމުގެ ގާބިލުކަން ވަރުގަދަކުރުމަށްޓަކައި، ސަރަހައްދީ ކޮމާންޑް އޮނިގަނޑަކާއި މައުލޫމާތު ބަދަލުކުރާނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅާފަ އެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހޫޘީންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން އެ ގްރޫޕުގެ ލަޝްކަރުތަކާއި އިންފްރާސްޓްރަކްޗާއާ ބެހޭ މުހިންމު ޖާސޫސީ މައުލޫމާތުތަކެއް އިސްރާއީލަށް ލިބިފައިވާ ކަމަށް އެމެރިކާގެ މަންދޫބުން ބައްދަލުވުމުގެ ބައިވެރިންނަށް ކިޔައިދީފައިވެ އެވެ.

މިގޮތަށް ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ މައިގަނޑު މަގުސަދަކީ، ރަތް ކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ މުހިންމު ސަރަހައްދެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ޖާސޫސީ މައުލޫމާތު ހިއްސާކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ ނުވަތަ އިސްރާއީލުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox