50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުން ފެށިގެން ޖޫނިއާ ކުޅުންތެރިންނަށް ޝަރަފެއް

Sep 13, 2026, 12:45 PM
މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުން ފެށިގެން ރާއްޖޭގެ ޖޫނިއާ އުމުރުފުރާތަކުގެ ކުޅުންތެރިންނަށް، އެ އުމުރުފުރާތަކުން ގައުމީ ޗެމްޕިއަނަކަށް ވުމުގެ ޝަރަފް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަނުން އެންމެ ފަހުން ގައުމީ ބެޑްމިންޓަން މުބާރާތް ބާއްވާފައިވަނީ، 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެއީ، 49 ވަނަ އެޑިޝަން އެވެ. އޭގެ ތިން އަހަރު ފަހުން، ގައުމީ ބެޑްމިންޓަން މުބާރާތް މިދިޔަ ހުކުރު ދުވަހުން ފެށިގެން މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާނެ އެވެ. 

މުބާރާތާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ، ގައުމީ މުބާރާތުގެ ޖޫނިއާ އާއި ސީނިއާ ކެޓަގަރީތަކަށް ބަލާއިރު، 445 އެންޓްރީސް ހަދާފަައިވާ ކަމަށެވެ. އަދި، މި ފަހަރުގެ މުބާރާތް، އެކި ގޮތްގޮތުން ވިސްނާފައި ބަދަލުތަކެއް ގެނެސްގެން ކުރިއަށްގެންދާކަން އިއްޕަ ފާހަގަކުރެއްވި އެވެ. 

"ސީނިއާ ކެޓަގަރީން ވެސް އަލަށް އެ ކުޅެނީ ހެނދުނު. މިދިޔަ 20 ވަރަކަށް އަހަރު، ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ މެޗެއް ހެނދުނަކު ނުއެއް ކުޅޭ. ފުރަތަމަ ޑިވިޝަނުގައި ފިިރިހެން އަށް ޓީމު އޮވެގެން މުބާރާތެއް ކުޅެފައި އޮތް ހެނެއް ހިއެއްނުވޭ. މިހާރު އެބައޮތް އަށް ޓީމު، އަންހެން ތިން ޓީމު، ދެ ވަނަ ޑިވިޝަނުގައި ފިރިހެން ހަތަރު ޓީމު، އަންހެން ފަސް ޓީމު،" މުބާރާތާ ގުޅޭ މުހިންމު ބަދަލުތަކާއި ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، އިއްޕަ ވިދާޅުވި އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިއްޕަ (މ).--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިއްޕަ (މ).--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މި ފަހަރުގެ ގައުމީ މުބާރާތުގެ ޖޫނިއާ އިވެންޓްތަކުގައި 226 ކުޅުންތެރިން ވާދަކުރާއިރު، ސީނިއާ ކެޓަގަރީގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ޖުމްލަ އެކު، 214 ކުޅުންތެރިން ފެނިގެންދެ އެވެ. އިންޑިވިޖުއަލް އިވެންޓްތަކުގެ ޖުމްލަ އަދަދަކީ 35 އިވެންޓެވެ. ޓީމު އިވެންޓްގައި، ހަތަރު އިވެންޓްގައި ޖުމްލަ އެކު، 20 ޓީމު ވާދަކުރެ އެވެ. 

މި ފަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ބޮޑު ބަދަލަކީ، މި މުބާރާތުން ޒުވާން އުމުރުފުރާތަކުގެ ކުޅުންތެރިންނަށް ދިން ފުރުސަތުތަކެވެ. އަދި، އެކި އެކި އުމުރުފުރާތަކުން ގައުމީ ޗެމްޕިއަނުން ކަނޑައެޅުމަކީ، ކުޅުންތެރިއެއްގެ މުސްތަގުބަލަށް ވެސް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ. 

އިއްޕަ ވިދާޅުވީ، ގައުމީ މުބާރާތުގައި މި ގޮތަށް ޖޫނިއާ ކެޓަގަރީތައް ހިމަަނަން ވިސްނި މައިގަނޑު އެއް ސަބަބަކީ، ޖޫނިއާ ލެވަލްގައި އެހެން ގައުމުތަކުގައި ވެސް ގައުމީ ޗެމްޕިއަނުން ކަނޑައަޅައި އެ ޝަރަފް ކުޅުންތެރިންނަށް ދޭ ކަމަށެވެ. 

"ދެން، އަސްލު ސީނިއާ ޗެމްޕިއަނަަކަށްވާއިރުގައި ޖޫނިއާ އެ އުމުރުފުރާތަކެއްގައި ގައުމީ ޗެމްޕިއަން ދީފައި، ގައުމީ މުބާރާތެއްގައި އެ ޝަރަަފް ދީފައި އިނީމަ. އެ މީހުންގެ ކެރިއަރަށް ވެސް ފައިދާ ކުރޭ، އިންޓަނޭޝަނަލް ލެވަލަށްދާއިރުގައި. ދެން، އެހެންވެ، ރަނގަޅު ބަދަލަކަށް 50 ވަނަ ގައުމީ މުބާރާތުގެ އަހަރުގައި އެ ބަދަލު ގެނައީ. އެއީ އެންމެ ބޮޑު މަގުސަދަކީ، އެ މީހުންނަށް ވެސް ގައުމީ ޗެމްޕިއަނެކޭ ބުނުމުގެ އެ ޝަރަފް ދިނުމުގެ ގޮތުން މި ފެށީ،" 

މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

މީގެ ކުރިން، ގަައުމީ ބެޑްމިންޓަން މުބާރާތް ކުރިއަށްދަނީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތާ ވެސް އެކީގަ އެވެ. އެކަމަކު، މިހާރު އޮތް ވިސްނުމަކީ، ދެ މުބާރާތް ވަކިން ކުރިއަށް ގެންގޮސް ވީހާވެސް ގިނަ ފުރުސަތުތަކެއް ޓީމުތަކާއި ކުޅުންތެރިންނަށް ލިބޭ ގޮތަށް ކަންކަން ރޭވުން ކަމަށް އިއްޕަ ފާހަގަކުރެއްވި އެވެ. 

"މިހާރު އަތޮޅު ލީގު، އަތޮޅު ތެރޭގައި ނޫނީ މާލޭގައި ވަކި މުބާރާތެއްގެ ގޮތުގައި ދާނީ. މީގެ އަތޮޅު ތެރޭގެ ޑިވެލޮޕްމަންޓަށް މަސައްކަތް ކުރާ ހަމަ ސީރިއަސް ހުރިހާ އެންމެން ގާތްގަނޑަކަށް ޓީމު ރެޑީކޮށްފައި މި ހުރީ 15 އަހަރާއި 19 އަހަރާ ދޭތެރޭގެ ކުދިން ލައިގެން، އެކްސްޕީރިއަންސް ގެއިން ކުރަން ވެގެން ފުރަތަމަ ޑިވިޝަނަށް ޓީމު އިވެންޓް ވެސް އެ ކުޅެނީ. ހަމަ ސީރިއަސްކޮށް މިކަން ކުރާ މީހުންނަށް މި ދެ މުބާރާތުގެ ތަޖުރިބާ ވަކިން ވެސް އެބަ މުހިންމުވޭ،" އިއްޕަ ވިދާޅުވި އެވެ. 

ގައުމީ ބެޑްމިންޓަން މުބާރާތުގައި މިހާރު ކުރިއަށްދަނީ، ޖޫނިއާ އުމުރުފުރާގެ އިވެންޓްތަކެވެ. މިއަދު، ފުރަތަމަ ޑިވިޝަންގެ ބައެއް މެޗުތައް ވެސް ފަށާނެ އެވެ. 

އެންމެ ފަހުން، 2022 ވަނަ އަހަރު، ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ޒަޔާން ޒަކީ އާއި އާމިނަތު ނަބީހާ (ނަބީ) އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox