ރެއާލާއި ސިޓީން ޗެމްޕިއަންސް ލީގު ފެށީ މޮޅަކުން

Sep 9, 2026, 8:42 AM
އިންޓަ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ (ކ)، ވިނީޝިއުސްއާ އެކު އުފާފާޅުކުރަނީ.

އިންޓަ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ (ކ)، ވިނީޝިއުސްއާ އެކު އުފާފާޅުކުރަނީ.

މެޑްރިޑް (ސެޕްޓެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑުން ކާމިޔާބުކޮށް މި ފަހަރުގެ މުބާރާތް މޮޅަކުން ފަށައިފި އެވެ. 

ރެއާލުން އަމިއްލަ ދަނޑުގައި އިޓަލީގެ ޗެމްޕިއަން، އިންޓަ މިލާނާ ދެކޮޅަށް ކުޅެ މޮޅުވީ 2-1 އިންނެވެ. ޕޯޓޯ ދަނޑުގައި މެންޗެސްޓާ ސިޓީން ކުރިހޯދީ 2-0 އިންނެވެ. 

ރޭގެ މެޗުގެ 14 ވަނަ މިނިޓްގައި އިންޓަގެ މެދު ތެރެއިން ކާޓިސް ޖޯންސް ހެދި ގޯހެއްގެ ފައިދާނަގައި ރެއާލުން ލީޑުނެގީ ކީލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. މިިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި އެމްބާޕޭ، މި ލަނޑާ އެކު ވެފައިވަނީ، ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފަސް ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. މިއީ، އެމްބާޕޭ، ޗެމްޕިއަންސް ލީުގގައި ކުޅުނު 99 މެޗުން ޖެހި 71 ވަނަ ލަނޑެވެ. އޭނާ އަށް ވުރެން ގިނައިން މި މުބާރާތުގައި ލަނޑު ޖަހާފައިވަނީ، 90 ލަނޑު ޖެހި ކަރިމް ބެންޒެމާ، 109 ލަނޑު ޖެހި ރޮބަޓް ލެވަންޑޯސްކީ، 129 ލަނޑު ޖެހި ލިއޮނަލް މެސީ އަދި 140 ލަނޑު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރައުލް ގޮންޒާލޭޒް ވަނީ އެމްބާޕޭއާ އެއްވަރަށް 71 ލަނޑު ޖަހައިފަ އެވެ. 

އިންޓަ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް، އެމްބާޕޭގެ ގޯލުން ރެއާލުން ކުރިހޯދިއިރު، އެ ޓީމުން ޖެހި ދެ ވަނަ ލަނޑަކީ އިންޓަގެ ކީޕަރު، ޖޯސެޕް މާޓިނޭޒް ހެދި ގޯހަކުން ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލެކެވެ. މާޓީނޭޒް ވަނީ އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވައިފަ އެވެ. 

މެޗުގައި، އިންޓަ އަށް ލަނޑެއް ޖަަހައިދޭން ކާޓިސް ޖޯންސް ޖެހި ޝޮޓެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، ލައުޓާރޯ މާޓިނޭޒް އަދި ހަކަން ޗަނޮނޯލޫ ޖެހި ޝޮޓްތައް ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ މަތަކުރި އެވެ. މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ލަނޑު ޖެހީ 77 ވަނަ މިނިޓްގައި މާޓީނޭޒް ނެގި ހުަރަހަކުން ކާލޯސް އަގުސްޓޯ އެވެ. 

އެންޒޯ މަރެސްކާގެ ކޯޗުކަމުގައި ސިޓީން ޔޫރަޕްގައި ކުޅުނު ފުރަތަަމަ މެޗުން ޕޯޓޯ އަތުން ކާމިޔާބު ހޯދިއިރު، ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ އެންޒޯ ފެނާންޑޭސް ދިން ބޯޅައަކުން އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އެއް ގޯލު ކުރީގައި އޮވެ، މެޗު ނިންމާލަން ދިޔަ ސިޓީން އިތުރު ވަގުުތުގައި ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ، ރަޔާން އަޔަތު-ނޫރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ. 

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑުން 3-2 އިން ވިޔަރެއާލް ބަލިކުރިއިރު، ހަމަ އެ ނަތީޖާ އިން ކްލަބް ބްރޫޖްގެ މައްޗަށް ކުރިހޯދައި އެސްޓަން ވިލާ އިން މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މޮޅު ހޯދި އެެވެ. އެސްޓަން ވިލާ އަށް މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. 

ފްރާންސްގެ ލިލް އަތުން ސްޕެއިނުގެ ރެއާލް ބެޓިސް 3-2 އިން މޮޅުވިއިރު، ގްރީސްގެ އޭއީކޭ އެތަންސް އިން ވަނީ ލާސްކް އަތުން 1-0 އިން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox