އޮޑިން ކޯޗު ގްރެގޯރިއޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި

Sep 18, 2026, 8:44 AM
އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ގެނައި ޕޯޗުގަލް ގްރެގޯރިއޯ: އޭނާ ވަނީ ކްލަބާ އެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ގެނައި ޕޯޗުގަލް ގްރެގޯރިއޯ: އޭނާ ވަނީ ކްލަބާ އެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޮޑި ސްޕޯޓްސް ކްލަބުން އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފި އެވެ. 

އޮޑި ސްޕޯޓްސް ކްލަބާ ގްރެގޯރިއޯ ހަވާލުވީ، މި ސީޒަނުގެ ކަޕް ވިނާސް ކަޕްގެ ފުރަތަމަ ދެ މެޗަށް ފަހު އެެވެ. ގްރެގޯރިއޯގެ ކޯޗުކަމުގަައި އޮޑިން ކުޅުނީ ދެ މެޗެވެ. އެއީ، ކަޕް ވިނާސް ކަަޕްގެ ފަހު މެޗުގައި 2-0 އިން ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވި މެޗާއި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން ބަލިވި މެޗުގަ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު އޮޑިން 4-1 އިން ބުރު ބަލިކުރި މެޗުގައި އޮޑީގެ ބެންޗުގައި ގްރެގޯރިއޯ ނެތެވެ. އޭނާގެ ބަދަލުގައި ޓީމުގެ ކޯޗުގެ ޒިންމާނަގައި، ޓީމު ލީޑުކުރީ އެސިސްޓަންޓް ކޯޗު އަހުމަދު ފައްރާހު (ފައްރަ) އެވެ. 

އޮޑިން ވަނީ ގްރެގޯރިއޯއާ ކުރެވުނު މަޝްވަރާތަކަކަށް ފަހު، އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމީ ކަމަށް ބުނެފަ އެވެ. ކުރިއަށް އޮތް ގައުމީ ޓީމުގެ މެޗުުތަކަށް ދޭ ބްރޭކުގެ ތެރޭގައި އޮޑިން އާ ކޯޗެއް ހަަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

އުމުރުން 57 އަހަރުގެ ރުއީ ގްރެގޯރިއޯ، ވަނީ ކޯޗިންގެ އެކި ޕްރޮޖެކްޓްތަަކުގައި، ޕޯޗުގަލް، މިޔަންމާ، ލެބަނަން، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި އެންގޯލާގައި މަސައްކަތްކޮށްފަ އެވެ.

އެ ގޮތުން، މިޔަންމާގެ ޑްރެގަން ސްޓާ ޔުނައިޓެޑްގެ ހެޑް ކޯޗަކަށް އެންމެ ފަހުން މަސައްކަތްކުރި ރުއީ ގްރެގޯރިއޯ ވަނީ ލެބަނަންގެ ސަލާމް ޒްގާތާގެ ކޯޗުކަން ކުރުމުގެ އިތުރުން، ގާނާގެ ބެރަކޫމް ޗެލްސީގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. ސައުދީ ޕްރޯ ލީގުގައި އަލް ތާވޫން ވާދަކުރިއިރު އެސިސްޓަންޓް ކޯޗަކަށް ހުރި ރުއީ ގްރެގޯރިއޯ ވަނީ މީގެ ކުރިން ތިން ސީޒަނެއްގައި ބެންގަލޫރުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

އޭނާ ބެންގަަލޫރުގެ މަގާމުން ދުރުވީ ވެސް ކްލަބްގެ މެނޭޖްމަންޓާ ޖެހުނު މައްސަލަތަކަކަށް ފަހު އެވެ. 

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، މިދިޔަ ސީޒަނުގައި އަލަށް ފުރަތަމަ ޑިވީޝަނުގައި ވާދަކުރި އޮޑިން ފުރަތަމަ ހަމަޖެއްސި ކޯޗަކީ، އޮސްޓްރޭލިއާގެ އިއަން އެންޑްރޫ ގިލަން އެވެ. އެ ޓީމު ގޮވައިގެން އެންޑްރޫ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ނަމަވެސް، އަމިއްލަ ކަމެއްގައި ފުރަން ޖެހުމުން މިދިޔަ އަހަރު މެއި މަހު ޓީމާ ވަކިވި އެވެ. މެއި މަހު ބޭއްވި ޕްރީ ސީޒަން މުބާރާތް، އެފްއޭއެމް ލީގު ކަޕްގައި އޮޑި އަށް ކޯޗުކޮށްދިނީ، އެސިސްޓަންޓަކަށް ހުރި، ފަރުހާދު އިސްމާއިލް (ފަރޭ) އެވެ. އެ މުބާރާތުގެ ފައިނަލުގައި އޮޑި ކުޅުނެވެ. 

އޭގެ ފަހުން، އޮޑިން ވަނީ ލީގު ފެށުމުގެ ކުރިން، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ލެވަލްގެ ކޯޗެއްގެ ގޮތުގައި، 2013 ގައި ކޯޗިން އަށް ނުކުތް، އަންދްރެސް ގާސިއާ ގެނެސްފަ އެވެ. ގާސިއާގެ ކޯޗުކަމުގައި ލީގުގެ ދެ ވަނަ ހޯދައި، އޮޑިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ނިއު އަތުން ބަލިވީ އެވެ. ގާސިއާ، އޮޑި ދޫކޮށްލީ ރަނގަޅު އޮފާއެއް ލިބިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox