އާ ސީޒަނަކީ "އާ ފޮތެއް"، ގްރެގޯރިއޯ ހުރީ އޮޑިއާ އެކު ކެރިގެން

Sep 9, 2026, 10:40 PM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮޑީގެ ކޯޗު، ގްރެގޯރިއޯ.--- ފޮޓޯ: އަދަދު ސްޕޯޓްސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮޑީގެ ކޯޗު، ގްރެގޯރިއޯ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޮޑި ސްޕޯޓްސް ކްލަބުން ފުރަތަމަ ސީޒަނުގައި ނުުކުމެ މިދިޔަ އަހަރު ހާސިލްކުރީ ވަރަށް ރަނގަޅު ކަންތައްތަކެއް ކަމަށާއި އެހެން ނަމަވެސް އެއީ މާޒީ ކަމަށްވާއިރު، އާ ސީޒަނަކީ "އާ ފޮތެއް" ކަމަށާއި ވިސްނަންވީ އިތުރަށް ކުރިއަށް ދިއުމަށް ކަމަށް އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗު، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ ބުނެފި އެވެ. 

 އޭނާ އަކީ މިދިޔަ ސީޒަނުގައި އޮޑީގައި ހުރި ކޯޗު އަންދްރެސް ގާސިއާގެ "ކޮޕީ ޕޭސްޓެއް" ނޫން ކަމަށް ގްރެގޯރިއޯ ވަނީ ބުނެފަ އެވެ.

ސީޒަނުގެ ފުރަތަމަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޔުއެފާ ޕްރޯ ލައިސަންސް އޮތް ކޯޗު، ގްރެގޯރިއޯ ފާހަގަކުރި ގޮތުގައި 22 އަހަރު ވަންދެން ކޯޗިންގެ ތެރޭގައި މަސައްކަތްކޮށްފައިވާއިރު، އޭނާގެ އަމިއްލަ ގަބޫލުކުރުންތަކެއް ވެސް ހުންނާނެ އެވެ. އަދި، އަމިއްލަ ޕްރޮގްރާމްތަކެއްގެ ތެރެއިން ވިސްނުންތެރިކަމާ އެކު ކަންކަން ކުރާއިރު، ބަލަން ޖެހޭ ކަންކަމަށް އަހުލުވެރިވެގެން ގެންނަން ޖެހޭ ބަދަލުތަކެއް ހުންނާނެ ކަން ގްރެގޯރިއޯ ފާހަގަކުރި އެވެ. 

Advertisement

އެ ގޮތުން، އޮޑިން މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ދެ ވަަނަ ހޯދައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމަކީ ވަރަށް ރަނގަޅަށް ދިޔަ ކަންކަން ކަމަށާއި މިހާރު އޮތީ އާ ސީޒަނެއްގައި އާ ކަންތައްތަކެއް ހާސިލްކުރުމުގެ އަމާޒުގައި ކުރިއަށްދާން ޖެހިފައި ކަމަށް ގްރެގޯރިއޯ ވަނީ ބުނެފަ އެވެ. 

"ކޮންމެ އާ ސީޒަނެއް އެއީ އާ ފޮތެއް. އަހަރެން އަބަދުވެސް ބުނަނީ އެހެން. އެންމެން ވެސް އެ ތައްޔާރުވަނީ އެ ބަޔަކަށް ވެވޭނެ އެންމެ ރަނގަޅަކަށް. އެއީ ހަމަ އާ ފޮތެއް ކިޔުން ކަހަލަ ކަމެއް. އެހެންވީމަ، އެއްވެސް ކަމެއް ނުގުޅޭނެ މިދިޔަ ސީޒަނަކާ، މިދިޔަ ސީޒަނަކީ މިހާރު މާޒީ. އަހަރެމެން މި އުޅެނީ މާޒީގައެއް ނޫން. އެކަން އެ އޮތީ ނިމިފައި،" ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން މާދަމާ ފަށާއިރު، މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގްރެގޯރިއޯ ބުންޏެވެ. 

"މި ސީޒަނުގައި އެންމެން ވެސް އެ ތައްޔާރުވަނީ. ރަނގަޅު ކުޅުންތެރިން ހޯދައިގެން، އަހަންނަށް މައުލޫމާތު ލިބިފައި އޮތީ މާޒިޔާ އިން ކުޅުންތެރިން ހޯދައިފި، ވިކްޓަރީން ކުޅުންތެރިން ހޯދައިފި. ބުރު، ދެން، ހުރިހާ ޓީމެއް ވެސް ނިއު ރޭޑިއަންޓް ވެސް، ދެން އަހަރެމެން ވެސް ތައްޔާރު މި ވަނީ އެ ގޮތަށް، އަހަރެމެން ވެސް މި ތައްޔާރުވަނީ މި ދިގު މެރަތަން އަކަށް. މިއީ، މެރަތަން މި ފަށަނީ މިހާރު، ނިމެނީ އޭޕްރީލްގައި. އަހަރެމެން ތައްޔާރުވާނަން މި ދިގު މެރަތަން އަށް،"

ފުރަތަމަ ސީޒަނުގައި އޮޑިން ހޯދި ކާމިޔާބީ އަށް ވުރެން ރަނގަޅު ކަންކަން ހާސިލްކުރަން މަސައްކަތްކުރާއިރު، ޕްރެޝަރު އޮތްތޯ ސުވާލުކުރުމުން، ގްރެގޯރިއޯ ބުނެފައިވަނީ، ދުނިޔޭގައި ޕްރެޝަރު ހުރި ކަންތައްތައް އޭނާ ވެސް ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެ ގޮތުން، ބޮން އަޅާ ސަރަހައްދެއްގައި ދިރިއުޅެން ޖެހުން ފަދަ ކަންކަމާ ކުރިމަތިލި ކަމަށާއި ހަގީގަތުގައި އޮތް ޕްރެޝަރަކީ، ކާ އެއްޗެއް ނުލިބި އެ ހޯދުމަށްޓަކައި ދުވަހުން ދުވަހަށް ދަތިހާލުގައި އުޅެން ޖެހޭ ފަދަ ހާލަތެއްގައި އުޅޭ މީހުންނަށް ކަމަށް ގްރެގޯރިއޯ ބުނެފައިވެ އެވެ. 

"ފުޓްބޯޅަ އަކީ މާ ބޮޑު ހާސްކަމަކަށް ގޮސް، ޕްރެޝަރެއް ނުނަގައި، ޝައުގުވެރިކަމާ އެކު ކޯޗުންނާއި ނޫސްވެރިން ވެސް މަސައްކަތް ކުރަން ޖެހޭ ކުޅިވަރެއް،" ކޯޗިންގެ އެކި ޕްރޮޖެކްޓްތަަކުގައި، ޕޯޗުގަލް، މިޔަންމާ، ލެބަނަން، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި އެންގޯލާގައި މަސައްކަތްކޮށްފައިވާ ގްރެގޯރިއޯ ބުންޏެވެ. 

އޮޑިން ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ކުޅޭނީ ރާއްޖޭގެ ލީގު ޗެމްޕިއަަންކަން އެންމެ ފަހުން ފަސް ފަހަރު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ. 

ގްރެގޯރިއޯ ބުނީ، ވަކި މެޗެއްގައި ހާސިލްކުރަން ޖެހޭ ކަންކަމަށް އަލިއަޅުވާލައި ޕްރެޝަރަށް ބަލާއިރު، ފުރަތަމަ މެޗުގެ ކުރިން އޮޑިން ކުޅެން ޖެހޭ މާޒިޔާ އިން ވިސްނަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. 

"ފުރަތަމަ މެޗު އަހަރެމެން ކުޅެން މި ޖެހެނީ ރާއްޖޭގެ ޗެމްޕިއަންކަން މިދިޔަ އަހަރުތަކުގައި ހޯދި ޓީމާ ދެކޮޅަށް. އަހަރެން ދެކޭ ގޮތުގައި ޕްރެޝަރު އޮތީ އަނެއް ކޮޅުގައި (މާޒިޔާ އަށް). އެއީ، އެ މީހުން ސާބިތުކޮށްދޭން އެބަޖެހޭ އެ މީހުންނަށް އަނެއްކާ ވެސް މި ތަށި ހައްގުވާކަން. އެ މީހުން ރަނގަޅަށް ފަށަން ޖެހޭކަން. އަހަރެެމެން ވެސް ތައްޔާރު މި ވަނީ އަހަރެމެންނަށް ވެވުނު އެންމެ ރަނގަޅަކަށް،" ގްރެގޯރިއޯ ބުންޏެވެ. 

"އެއްވެސް މީހަކަށް ޔަގީންކަން ނުދެވޭނެ ކޮންމެ މެޗަކުން ތިން ޕޮއިންޓް ހޯދޭނެ ކަމަށް، އެކަން ކުރެވޭނެ ކޯޗެއް ނުހުންނާނެ، އެހެން އެކަން ކުރެވޭނަމަ، މެންޗެސްޓާ ސިޓީގެ އެ ބަޖެޓާ އެކު އެ ޓީމުން 10 ފަހަރު ޕްރިމިއާ ލީގު ހޯދާނެ. ދެން، ލިވަޕޫލް ހުރިހާ ފަހަރަކު އެއް ވަނަ އަށް އަރަން ބޭނުންވެފައި، ދެ ވަނަ ނޫނީ ތިނެއް ނޫނީ ހަތަރެއްގައި އޮންނާނީ،" 

އޭނާ އަކީ ވަކި ސްޓައިލަކަށް ޓީމު ކުޅުވާ ކޯޗަކަށް ވުމަށް ވުރެން ބޭނުންވަނީ، އޮގަނައިޒްކޮށް ފެނިގެންދާނެ، ކޮންމެ ހާލަތެއްގައި ކުޅެން ވެސް ފަރިތަ ޓީމަކަށް ވުމަށް ކަމަށް ގްރެގޯރިއޯ ވަނީ ބުނެފަ އެވެ.

އެ ގޮތުން، ޑިފެންސްކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރެވޭނެ ޓީމަކަށް ވުމަށާއި އެޓޭކަށް ޖެހިގެން ކުޅެން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ޓީމެއްގެ ގޮތުގައި ފެންނަން ބޭނުންވާ ކަމަށާއި އެ ގޮތަށް ޓީމުގެ ކަންކަން ކުރަން ގްރެގޯރިއޯ ހުރީ އިސްނަގައިގެންނެވެ.

"ކޮން ސްޓައިލެއްގައި ތޯ ކުޅެނީ އެއް ލަފްޒުން ނޫނީ ޖުމްލަ އަކުން ކިޔައިދިނުން ފަސޭހައެއް ނޫން،" ގްރެގޯރިއޯ ބުންޏެވެ. 

އޮޑިން މިހާ ހިސާބަށް ކްލަބް ގެނައިއިރު، ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި އެބައޮތް ކަމަށާއި އެ ކަންކަމުގައި ޝާމިލުވެ ތިބި ގިނަ ބަޔަކު އަދިވެސް ޓީމުގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުން އަދި ސީނިއާ ކުޅުންތެރިންގެ ގޮތުގައި ކްލަބްގައި ތިބުމަކީ އޭނާ އަށް ފަސޭހައެއް ކަމަށް ގްރެގޯރިއޯ ވަނީ ބުނެފަ އެވެ. 

ގްރެގޯރިއޯ ބުނީ، 10 ޓީމު ވާދަކުރާ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެންނަނީ ވާދަވެރިކަން ބޮޑު މުބާރާތެއްގެ ގޮތުގައި ކަމަށެެވެ. 

"އެއް ވަނަ މަގާމަށް ވާދަކުރަން މަސައްކަތްކުރާ ފަހެއް ނޫނީ ހަ ޓީމުގެ ތެރޭގައި އޮޑި ހިމެނޭނެ. އެއް ވަނަ އަށް އަރާ ޓީމަށް ވާން މަސައްކަތްކުރާނަން. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާން މި ބަލަނީ، މި ވަގުުތު ހުރި ހާލަތާއި ކުޅުންތެރިންގެ ފިޒިކަލް (ފިޓްނަސް) ކަންކަމަށް ވެސް ބަލައިގެން،" ގްރެގޯރިއޯ ބުންޏެވެ. 

އިންޑިއާގެ ކްލަބް، ބެންގަލޫރު އެފްސީގައި ވެސް މަސައްކަތްކުރި، ގްރެގޯރިއޯ، އޮޑިއާ ހަވާލުވީ ސީޒަނުގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕްގެ ފުރަތަމަ ދެ މެޗުން، އޮޑިން، މާޒިޔާ އާއި ނިއު އަތުން ބަލިވި ފަހުންނެވެ. ގްރެގޯރިއޯ އައި ފަހުން އޮޑިން ކުޅުނު މެޗުގައި، 2-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކުރި އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މާޒިޔާ އާއި އޮޑި ކުޅޭ މެޗު އޮތީ މާދަމާރޭ 9 ޖަހާއިރު އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox