އޮޑި އަށް ރެއާލަށް ކުރިން ކުޅުނު ރޮޑްރިގޭޒްގެ ސޮއި ނުުހޯދުނީ ރާއްޖޭގެ ހާލަތަކާ ހެދި

އޮޑި ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ރާއްޖެ އަައުމަށް ފަހު އެނބުރިދިޔަ ސްޕެއިނުގެ ހޯސޭ ރޮޑްރިގޭޒް.

އޮޑި ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ރާއްޖެ އަައުމަށް ފަހު އެނބުރިދިޔަ ސްޕެއިނުގެ ހޯސޭ ރޮޑްރިގޭޒް.

ހޯސޭ މޮރީނިއޯ، މީގެ ކުރިން، ރެއާލް މެޑްރިޑްގެ ކޯޗަކަށް މަސައްކަތްކުރިއިރު، އެ ޓީމަށް ކުޅެފައިވާ ސްޕެއިނުގެ ހޯސޭ ރޮޑްރިގޭޒް، ދިވެހި ޕްރިމިއާ ލީގުގައި ދެ ވަނަ ސީޒަނަށް ތައްޔާރުވަމުން އަންނަ، އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ރާއްޖެ އައުމަށް ފަހު އެ ޑީލް ކުރިއަށް ނުގެންދަން ނިންމައިފި އެވެ. 

ރާއްޖޭގެ ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އޮޑިއާ އެކު، 31 އަހަރުގެ މިޑްފީލްޑަރު، ރޮޑްރިގޭޒް، އޮޑިއާ އެކު ކުރިއަށްދާން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ސޯޝަލް މީޑިއާގައި އޭނާ ކުރި ޕޯސްޓެއްގަައި ވަނީ  އެ ޓްރާންސްފާގެ ކަންކަން ކުރިއަށްނުގެންދަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. 

އެ ޕޯސްޓުގައި ރޮޑްރިގޭޒް ވަނީ، އޮޑިން އޭނާ އަށް ދިން ފުރުސަތާއި ބެހެއްޓި ގާތް ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނީ، އޮޑިއާ އެކު އެއްބަސްވުމެއް ހަދައިގެން ކުރިއަށްނުދާން ނިންމީ އޭނާގެ ކެރިއަރުގައި މިހާރު ހުރި ހިސާބުގައި އެކަން އެ ގޮތަށް ކުރުން އެންމެ ރަނގަޅު ކަމަށް ނުފެންނާތީ ކަމަށެވެ. 

މޮރީނިއޯގެ ކޯޗުކަމުގައި ރެއާލަށް ކުރިން ކުޅުނު ރޮޑްރިގޭޒް އޮޑި ސްޕޯޓްސް ކްލަބަށް

ރެއާލް މެޑްރިޑާއި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުރިން ކުޅެފައިވާ ސްޕެއިނުގެ މިޑްފީލްޑަރު ހޯސޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޯޓްސް ކްލަބާ ގުުޅުމަށްޓަކައި ވަނީ މާލެ އަތުވެފައި. އުމުރުން 31 އަހަރުގެ ރޮޑްރިގޭޒަކީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް، ތަޖުރިބާކާރު ކުޅުންތެރިއެއް

"އަހަންނަށް ފެނުނު ގޮތުގައި މިއީއެއް ނޫން އަހަރެން ދެން ނަގަން ޖެހޭ ފިޔަވަޅަކީ. މިއީ، ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު، މިއީ އަހަންނަށް އެންމެ ރަނގަޅު ޗޮއިސް،" ރެއާލަށް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް 2012 ވަނަ އަހަރު ހޯދި ރޮޑްރިގޭޒް ލިޔެފައިވެ އެވެ. 

"އަހަރެން އެނބުރި މި ދާއިރު އޮޑި އަށް ވަރަށް ބޮޑު އިހުތިރާމާއި ގަދަރެއް އެބައޮތް. އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މި ގުޅުން އޮތުން. ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" 

އެނގިފައިވާ ގޮތުގައި، ރޮޑްރިގޭޒް ރާއްޖޭގައި ކުޅެން ބޭނުންނުވީ، ޓާފް ދަނޑުގަައި ޕްރެކްޓިސް ކުރުމަށް ފަހު، ވިނަ ދަނޑުގައި މެޗުތައް ކުޅެން ޖެހޭތީ ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. މީގެ ކުރިން ވެސް ރާއްޖެ އަށް ގެންނަން ވާހަކަ ދެއްކި މަތީ ލެވަލްގައި ކުޅެފައިވާ ބިދޭސީ ގިނަ ކުޅުންތެރިން ރާއްޖެ އަންނަން ފަސްޖެހޭ ހިސާބަކީ، ޕްރެކްޓިސް ކުރަން ޖެހޭ ދަނޑުތަކާއި މެޗު ކުޅޭ ދަނޑުގެ ހާލަތް ތަފާތުވުމުންނެވެ.  

ސްޕެއިނުގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ރޮޑްރިގޭޒް ވަނީ، ރެއާލުން 2013/14 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި 2011/12 ގައި ސްޕެނިޝް ލީގު ކާމިޔާބުކުރި ސްކޮޑުގައި ހިމެނިފަ އެވެ. ގަލަސަތަރާއިއާ އެކު، 2015/2016 ވަނަ އަހަރު ތުރުކީގެ ކަޕް ޗެމްޕިއަންކަން ހޯދި ރޮޑްރިގޭޒް ވަނީ އިޒްރޭލުގެ މަަކަަބީ ހައިފާއާ އެކު، އެ ގައުމުގެ ލީގު ޗެމްޕިއަންކަން ދެ ފަހަރު އަދި ކަޕް ޗެމްޕިއަންކަން އެއް ފަހަރު ހޯދައިފަ އެވެ. 

ޔޫރަޕްގެ ކްލަބް ލެވަލްގެ ތިން ފަންތީގެ މުބާރާތްތަކުގައި ވެސް ރޮޑްރިގޭޒް ވަނީ ކުޅެފަ އެވެ. އެއީ، ޗެމްޕިއަންސް ލީގުގެ އިތުރުން، ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގަ އެވެ. 

އެންމެ ފަހުން އަލްބޭނިއާގެ ފްލަމުރްތާރީ އެފްސީގައި ހުރި ރޮޑްރިގޭޒް ވަނީ، ސްޕެއިނުގެ މަލާގާ، ޖަރުމަނުގެ މައިންޒް، ތުރުކީގެ އަޑާނާ ޑެމިރްސްޕޯޯރު، ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް، ނެދަލެންޑްސްގެ ފޯޗޫނާ ސިޓާޑް އަދި އިޒްރޭލްގެ މަކަބީ ޓެލް އަވީވް އަދި ހަޕޮއޭވް ޓެލް އަވީވް އަށް ވެސް ކުޅެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox