މޮރީނިއޯގެ ކޯޗުކަމުގައި ރެއާލަށް ކުރިން ކުޅުނު ރޮޑްރިގޭޒް އޮޑި ސްޕޯޓްސް ކްލަބަށް

Aug 27, 2026, 10:04 PM
އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ނިންމާފައިވާ ރެއާލް މެެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ، ރޮޑްރިގޭޒް.

އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ނިންމާފައިވާ ރެއާލް މެެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ، ރޮޑްރިގޭޒް.

ހޯސޭ މޮރީނިއޯ، މީގެ ކުރިން، ރެއާލް މެޑްރިޑްގެ ކޯޗަކަށް މަސައްކަތްކުރިއިރު، އެ ޓީމަށް ކުޅެފައިވާ ސްޕެއިނުގެ ހޯސޭ ރޮޑްރިގޭޒް، ރާއްޖޭގެ ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ނިންމައިފި އެވެ. 

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ދެ ވަނަ ސީޒަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ އޮޑިއާ އެކު، 31 އަހަރުގެ މިޑްފީލްޑަރު، ރޮޑްރިގޭޒް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. 

ސްޕެނިޝް ލީގުގައި 2012 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލުން ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ވެސް ކުޅެފައިވާ ރޮޑްރިގޭޒް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖުމްލަ ހަތަރު މެޗު ކުޅެފަ އެވެ. އެއީ، ރެއާލުން 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ކުޅުމުގެ އިތުރުން ތުރުކީގެ ގަލަސަތަރާއި އަށް ކުޅުނު ތިން މެޗެވެ.

ރެއާލަށް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް 2012 ވަނަ އަހަރު ރޮޑްރިގޭޒަށް ލިބުނީ 17 އަހަރާއި 354 ދުވަސް ފުރިފައިވަނިކޮށް އަޔަކްސްއާ ދެކޮޅަށް ކުޅެގެންނެވެ. 

ސްޕެއިނުގެ ހަތަރު އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ރޮޑްރިގޭޒް ވަނީ، ރެއާލުން 2013/14 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި 2011/12 ގައި ސްޕެނިޝް ލީގު ކާމިޔާބުކުރި ސްކޮޑުގައި ހިމެނިފަ އެވެ. ގަލަސަތަރާއިއާ އެކު، 2015/2016 ވަނަ އަހަރު ތުރުކީގެ ކަޕް ޗެމްޕިއަންކަން ހޯދި ރޮޑްރިގޭޒް ވަނީ އިޒްރޭލުގެ މަަކަަބީ ހައިފާއާ އެކު، އެ ގައުމުގެ ލީގު ޗެމްޕިއަންކަން ދެ ފަހަރު އަދި ކަޕް ޗެމްޕިއަންކަން އެއް ފަހަރު ހޯދައިފަ އެވެ. 

އޮޑި ސްޕޯޓްސް ކްލަބާ ގުޅޭ ރޮޑްރިގޭޒް މީގެ ކުރިން ރެއާލަށް ކުޅުނު މެޗެއްގެ ތެރެއިން މޮރީނިއޯއާ އެކު.
އޮޑި ސްޕޯޓްސް ކްލަބާ ގުޅޭ ރޮޑްރިގޭޒް މީގެ ކުރިން ރެއާލަށް ކުޅުނު މެޗެއްގެ ތެރެއިން މޮރީނިއޯއާ އެކު.

ޔޫރަޕްގެ ކްލަބް ލެވަލްގެ ތިން ފަންތީގެ މުބާރާތްތަކުގައި ވެސް ރޮޑްރިގޭޒް ވަނީ ކުޅެފަ އެވެ. އެއީ، ޗެމްޕިއަންސް ލީގުގެ އިތުރުން، ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގަ އެވެ. 

އެންމެ ފަހުން އަލްބޭނިއާގެ ފްލަމުރްތާރީ އެފްސީގައި ހުރި ރޮޑްރިގޭޒް ވަނީ، ސްޕެއިނުގެ މަލާގާ، ޖަރުމަނުގެ މައިންޒް، ތުރުކީގެ އަޑާނާ ޑެމިރްސްޕޯޯރު، ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް، ނެދަލެންޑްސްގެ ފޯޗޫނާ ސިޓާޑް އަދި އިޒްރޭލްގެ މަކަބީ ޓެލް އަވީވް އަދި ހަޕޮއޭވް ޓެލް އަވީވް އަށް ވެސް ކުޅެފަ އެވެ. 

މީގެ ކުރިން، ސްޕެނިޝް ލަލީގާގައި ކުޅެފައިވާ ޓަނާ ޑޮމިންގޭޒް ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފަ އެވެ. ޓަނާ ވަނީ ސްޕެނިޝް ލީގުގައި ލަސް ޕަލްމާސް އަށް ގިނަ މެޗުތަކެއް ކުޅެދީފަ އެވެ. 

މި ފަހަރުގެ ސީޒަނަށް އޮޑިން ނުކުންނާނީ، ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯގެ ކޯޗުކަމުގަ އެވެ. އިންޑިއާ، ސައުދީ އަރަބިއްޔާ އަދި މިޔަންމާގައި ކޯޗިން މަސައްކަތްކޮށްފައިވާ ގްރެގޯރިއޯގެ ކޯޗުކަމުގައި ރޮޑްރިގޭޒްގެ އިތުރުން، ދެން ކުޅޭނެ ބިދޭސީ ކުޅުންތެރިންނަކީ، މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު ބްރެޒިލްގެ ފޯވާޑް، ހުޑްސަން ޑިއާޒް، ކްލަބް އީގަލްސް އަށް ކުޅުނު ސިއެެރަ ލިއޯން ޑިފެންޑަރު، މާވިން ލެބީ އެވެ. 

އޮޑި އަށް ކުރިއަށް އޮތީ ދިވެހި ޕްރިމިއާ ލީގެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި، އަންނަ މަހު 10 ވަނަ ދުވަހު ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ އާއި އޮޑި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox