ބުރު ބަލިކޮށް އޮޑި އަށް ކަޕް ވިނާސް ކަޕްގެ ތިން ވަނަ

Aug 15, 2026, 7:09 PM
ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެެއިން: އޮޑިގެ އައިހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެެއިން: އޮޑިގެ އައިހު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 އިން ކުރިހޯދައި، އޮޑި ސްޕޯޓްސް ކްލަބުން ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ. 

އަށާރަ އަހަރުގެ މެދުކެނޑުމަކަށް ފަަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ކަޕް ވިނާސް ކަޕް ވަނީ އެނބުރި އައިސްފަ އެވެ. މި ފަހަރުގެ މުބާރާތުގައި، ވާދަކުރާ ހަތަރު ޓީމުން ކޮންމެ ޓީމެއް ފުރަތަމަ ދެ މެޗު ކުޅުނުއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ފައިނަލަށް ދަތުުރުކޮށްފަ އެވެ. އެއީ، އޮޑި އާއި ބުރު އަތުން ފުރަތަމަ މެޗުތަކުން މޮޅުވެގެންނެވެ.

އެހެންވެ، މިއަދު ހަވީރުގެ މެޗު ވެފައި އޮތީ ކޮންމެ ޓީމެއް މޮޅުވިޔަސް، މުބާރާތުގެ ތިން ވަނަ ހޯދުމުގެ ފުރުސަތެކެވެ. 

Advertisement

އޮޑިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މޮޅުވީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިގެންނެވެ. މި މެޗުގައި އޮޑީގެ ދެ ގޯލު ވެސް ޖެހީ އެ ޓީމުގެ ޒުވާން ފޯވާޑް، މުޒްދާން ހަސަން އެވެ. އެ ގޮތުން، މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި މުޒްދާން ވަނީ އޮޑި އަށް ލީޑެއް ނަގައިދީފަ އެވެ. މިއީ، އޮޑީގެ ކުރިއަށް ކުޅެމުންދިޔަ އަހުމަދު ނިޒާމް (ނިޒާމްބެ) ދިން ބޯޅައަކުން، އެ ޓީމުގެ ހައިޝަމް ރަޝީދު (ހައި)، އޭރިއާބޭރުން ފޮނުވާލި ޝޮޓް، ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް އަތުގައި ޖެހިފައި ނުކުތް ވަގުތު މުޒްދާން ޖެހި ގޯލެކެވެ. 

ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެެއިން: އޮޑީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު މުޒްދާން އާއި ނިޒާމްބެ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެެއިން: އޮޑީގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު މުޒްދާން އާއި ނިޒާމްބެ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި އޮޑިން މެޗުގައި ޖެހި ދެ ވަނަ ގޯލު ކާމިޔާބުކުރީ، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގަ އެވެ. މިއީ، އޮޑިގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) ނަގައިދިން ހުރަހަކުން މުޒްދާން ބޮލުން ޖެހި ގޯލެކެވެ. 

މެޗުގެ ބާކީ ބައިގައި، އޮޑި އާއި ބުރުން ވެސް ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. 

މިއީ، މި ސީޒަނަށް އޮޑިގެ ކޯޗަކަށް ގެނައި، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ އެ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ސީޒަނުގައި އޮޑިން އާ ކޯޗާ އެކު ކުރިމަތިލި ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. ފުރަތަމަ ދެ މެޗުގައި އޮޑިގެ ނަތީޖާ އަށް ބަލާއިރު، ފުރަތަމަ މެޗުން މާޒިޔާ އަތުން ބަލިވީ 2-1 އިންނެވެ. އެ އަށް ފަހު، ދެ ވަަނަ މެޗުން ނިއު އަތުން ބަލިވީ 5-3 އިންނެވެ. 

ކަޕް ވިނާސް ކަޕްގައި ބާކީ އޮތީ ދެ މެޗެވެ. އެއީ، މާދަމާ ރޭ ނިއު އާއި މާޒިޔާ އިން ކުޅޭ ލީގު ބުރުގެ ފަހު މެޗާއި ހަމަ އެ ދެ ޓީމުން އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗެވެ. އެ ދެ މެޗުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވަނީ، އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅުނު މެޗުގެ ޝެޑިއުލަށް ބަދަލެއް އައުމާ ގުޅިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox