އޮޑި ބަލިކޮށް ޗެމްޕިއަން މާޒިޔާ އިން މޮޅަކުން ލީގު ފަށައިފި

Sep 10, 2026, 11:23 PM
އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، އެންމެ ފަހުން ފަސްް ސީޒަނުގައި ވެސް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި، މާޒިޔާ އިން މި ފަހަރުގެ މުބާރާތް މޮޅަކުން ފަށައިފި އެވެ. 

މިއީ، މި ސީޒަނުގައި، ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕް ކާމިޔާބުކުރި، މާޒިޔާ އިން އޮޑި ބަލިކުރި ދެ ވަނަ ފަހަރެވެ. އެ ގޮތުން، ކަޕް ވިނާސް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗުން މާޒިޔާ 2-1 އިން މޮޅުވި އެވެ. 

މާޒިޔާ އިން މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ ބަދަލެއް ކުރަން ޖެހުނެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރަން ޖެހުނެވެ. ވިހި އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ދާދި ފަހުން އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު އިލާންގެ ބަދަލުގައި މާޒިޔާ އިން ކުޅެން އެރުވީ، ނައިޖީރިއާގެ ފޯވާޑް، ބެންޖަމިން ކުކޫ އެވެ. 

މެޗުގެ 11 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގީ ކުކޫ ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދޭން ނިންމީ އޮޑީގެ އޭރިއާތެރެއިން މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ކުރި ފައުލަކަށެވެ. ލޫތު އަކީ މިދިޔަ ސީޒަނުގައި އޮޑި އަށް ކުޅުނު ކުޅުންތެރިއެކެވެ. 

މާޒިޔާ އިން ލީޑުނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އޮޑި އަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެެވެ. އެ ގޮތުން، މާޒިޔާގެ އޭރިއާތެރެއިން އޮޑީގެ އަޔާޒް އަހުމަދު (އަޔާ) ފޮނުވާލި ހަމަލާއެއް މާޒިޔާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. 

ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވިއްސާރަ ތެރޭގައި މެޗު ކުޅެން ޖެހުނުއިރު، ދަނޑުގެ ލައިޓް ސިސްޓަމް މައްސަލަ ޖެހިގެން ވިއްސަކަށް މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.

ލައިޓް މައްސަލަ ޖެހި، މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު، އަލުން ފަށައިގެން ކުޅެން ޖެހުނުއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތަށް 21 މިނިޓް ދިނެވެ. އެ ވަގުތުގެ ތެރޭގައި މާޒިޔާގެ ލޫތު އަރިމަތިން ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ގޯލު ކުރިމައްޗަށް އެރި ކުކޫ އަށް ރަަނގަޅަށް ފޮނުވާނުލެވުނެވެ. އަދި، އޭގެ ފަހުން، މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ)، އޮޑީގެ ޑިފެންސް ފަހަތުން އެރި ބޯޅައެއްގައި، އެ ޓީމުގެ ކީޕަރު، މުހައްމަދު އަޝްވާން ގަައިގައި ޖެހިފައި ވެއްޓުނު ވަގުތު މާޒިޔާ އިން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ބޯ ވިއްސާރައިގެ ތެރޭގައި ދެ ވަނަ ހާފު ކުޅެން ޖެހުނުއިރު، އޮޑީގެ އަހުމަދު އައިހަމް (އައިހު) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) މަތަކުރި އެވެ، ފުރަަތަމަ ހާފުގައި ވެސް އައިހު ވަނީ ހިލޭޖެހުމަކުން ނުރައްކާކޮށްފަ އެވެ. އެ ގޮތުން، އައިހު، ފުރަތަަމަ ހާފުގައި ފޮނުވާލި ހިލޭ ޖެހުން ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ. 

ލީޑުފުޅާކުރަން، އޮޑީގެ އޭރިއާތެރެއިން، މާޒިޔާގެ ޔޫސުފް ސިދާމް (ސިއްކޮ) އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން، އައިހަމް، އޭރިއާ ރޮނގުކައިރިން ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

އޮޑިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ އިތުރު ވަަގުތުގައި އެ ޓީމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އަށް ސީދާ ރަތެއް ދެއްކުމުންނެވެ. ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި، ޖެންނޭ އަށް ރަތް ކާޑެއް ދެއްކީ މާޒިޔާގެ ބެނިން މިޑްފީލްޑަރު، ގޯމޭޒަށް ބޯޅަ ނެތިސް ހަމަލާ ދިނުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox