ކައުންސިލްތަކުގެ ބްލޮކް ގްރާންޓް 15 ޕަސަންޓަށް އިތުރުކޮށް ގިނަ ބާރުތަކެއް ދިނުމަށް ސިޔާސަތު އެކުލަވާލަން ހުށަހަޅައިފި

އެމްޑީޕީން 2019 ވަނަ އަހަރު ބޭއްވި ކޮންގްރެސްގެ ތެރެއިން: އެ ޕާޓީން އޮކްޓޯބަރު 1، 2026، ގައި ބާއްވާ ކޮންގްރެސްގައި ލާމާރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީން 2019 ވަނަ އަހަރު ބޭއްވި ކޮންގްރެސްގެ ތެރެއިން: އެ ޕާޓީން އޮކްޓޯބަރު 1، 2026، ގައި ބާއްވާ ކޮންގްރެސްގައި ލާމާރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

ލޯކަލް ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމަށް ބްލޮކް ގްރާންޓަށް ދައުލަތުގެ އާމްދަނީން ދޭ ފަސް ޕަސަންޓުގެ ބްލޮކް ގްރާންޓުގެ ބަދަލުގައި 15 ޕަސަންޓުގެ ބްލޮކް ގްރާންޓެއް ދިނުމުގެ އިތުރުން ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްއަށް ސިޔާސަތު ކަރުދާހެއް ހުށަހަޅައިފި އެވެ. 

އަންނަ އޮކްޓޯބަރު 1، ގައި ބާއްވާ މި ކޮންގްރެސްއަށް ހުށަހަޅާ މި އިސްލާހުތަކަކީ ލޯކަލް ކައުންސިލް އެސޯސިއޭޝަނުން އެކުލަވާލާފައިވާ ދިރާސާއަށް ބިނާކޮށް ހުށަހަޅާ އިސްލާހުތަކެކެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އެވެ. 

އިސްލާހުތަކުގެ ތެރޭގައި ބްލޮކް ގްރާންޓް އިތުރުކުރުމަށް ނިންމާފައިވަނީ މިހާރު ލިބޭ މިންވަރުން ރިކަރަންޓް ހަރަދުކުރުމަށްފަހު މުޖުތަމައުގެ ރައްޔިތުންނާއެކު ކައުންސިލްތަކުން ތައްޔާރުކުރާ ތަރައްގީގެ ކަންކަން ކުރުމަށް ފައިސާ ނެތުމުން ކަމަށް ހުށަހެޅުމުގައި ބުނެފައިވެ އެވެ. 

މީގެއިތުރުން ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ސެކްޓޯރަލް ގްރާންޓް ކައުންސިލްތަކަށް ދިނުމާއި، ގްރީން ފަންޑަށް ނަގާ އަދަދު 20 ޕަސަންޓު، ބިމު ކުލީގެ 50 ޕަސަންޓު އަދި އެ ދާއިރާއަކުން ނަގާ މަރުކަޒީ ޓެކްސްތަކުގެ ފަސް ޕަސަންޓު ކައުންސިލްތަކަށް ދިނުމަށް މަޝްވަރާކުރުންވެސް ހިމެނެ އެވެ. 

ހުށަހެޅުންތަކުގެ ތެރޭގައި ސަރަހައްދީ ކޮމިއުނިޓީ ބޭންކްތައް އުފެއްދުމުގެ ފުރުސަތު ދިނުމާއެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނިވެރިވެވޭނެ ނިސްބަތެއް ކަނޑައެޅުމާއި، ސޮވެރިން ގެރެންޓީ ލިބޭނޭ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެ އެވެ. 

އެންމެ ބޮޑު އެއް އިސްލާހަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އުވާލައި، ކައުންސިލްގެ ރައީސުން ފިޔަވަައި ދެންހުރި ގޮނޑިތައް ދެޖިންސަށް ހަމަހަމައަށް ކަނޑައެޅުމެވެ. 

އިހުތިސާސާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން: 

  • ގާނޫނުއަސާސީން އިހުތިސާސް ކަނޑައެޅުން: ރަށާއި އަތޮޅުގެ އިހްތިސާސް ގާނޫނުއަސާސީގައި ކަނޑައަޅައި، އެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތަކުގެ (ބިން، ކަނޑު، ފަޅު، ފަރު) މިލްކުރެވިެރިކަން ކައުންސިލަށް ދިނުން.
  • އަތޮޅު ކައުންސިލްގެ ދައުރު: އަތޮޅު ކައުންސިލް އަލުން އިޔާދަކޮށް، ރަށު ކައުންސިލްގެ އިހުތިސާސްގައި ނުހިމެނޭ ވަސީލަތްތައް އަތޮޅު ކައުންސިލަށް ލިބި، ރަށު ކައުންސިލްތަކަށް މާލީ އެހީތެރިކަން ދެވޭނެ މަގުފަހިކުރުން.

އިދާރީ ހިންގުމާއި މުވައްޒަފުންގެ އޮނިގަނޑު:

  • މުވައްޒަފުންގެ ބާރު ކައުންސިލަށް: މުވައްޒަފުން އައްޔަނުކުރުމާއި، ޕްރޮމޯޝަން ދިނުމާއި، ފިޔަވަޅުއެޅުމާއި ވަކިކުރުމުގެ ބާރު ކައުންސިލަށްދީ، މުވައްޒަފުން ކައުންސިލަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ކަނޑައެޅުން.
  • ކައުންސިލަރުންގެ ދައުރު ބަދަލުކުރުން: ކައުންސިލް ރައީސް އާއި ނައިބުރައީސް ފިޔަވައި އެހެން މެންބަރުންނަކީ ދުވަހުން ދުވަހަށް އޮފީހަށް ނުކުންނަން ނުޖެހޭ (ސިޓިން/ފިކްސްޑް އެލަވަންސް ލިބޭ) ބަޔަކަށް ހަދައި، ކައުންސިލަރުންގެ އަދަދު ގިނަ ކުރުން.

ގައުމީ ތަރައްގީގެ ޕްލޭނާއި ހިދުމަތްތައް ލާމަރުކަޒުކުރުން:

  • ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭން: ސަރުކާރާއި ކައުންސިލްތައް މަޝްވަރާކޮށްގެން އެކުލަވާލާ ދުރު މުސްތަގުބަލުގެ ގައުމީ ތަރައްގީގެ ޕްލޭންގެ އޮނިގަނޑު ގާނޫނުގައި ކަނޑައެޅުމާއި، ސިޔާސީ މެނިފެސްޓޯތައް އެ އޮނިގަނޑަށް ފެތޭގޮތަށް ބައްޓަންކުރުން.
  • ހިދުމަތްތައް ޑެލިގޭޓްކުރުން: ރަށުގައި ދޭ ސަރުކާރުގެ ހިދުމަތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ފޯރުކޮށްދިނުން.

އިންތިހާބީ ނިޒާމާއި ގާނޫނީ ރައްކާތެރިކަން:

  • ދިރިއުޅޭ ތަނުން ވޯޓުލުން: ކައުންސިލް އިންތިހާބުގައި އެ ދާއިރާއެއްގައި ރަށްވެރިވެ ދިރިއުޅޭ މީހުންގެ ވޯޓުލުން އެ ދާއިރާއެއްގެ ކައުންސިލް އިންތިހާބުކުރުން.
  • ކައުންސިލްތަކުގެ ގާނޫނީ ޝަހްސް: ކައުންސިލްތަކުގެ ހައްގުގައި ވަކާލާތުކުރާނެ ގާނޫނީ ބާރު ލިބިދީފައިވާ ޝަހްސެއް އުފެއްދުން.
  • މައްސަލަ ހައްލުކުރާނެ ނިޒާމެއް އުފެއްދުން: ކައުންސިލްތަކާއި ސަރުކާރާ ދެމެދު ދެބަސްވުންތައް ހައްލުކުރުމަށް ނިޒާމެއް އެކުލަވާލުން.

އެމްޑީޕީގެ ކޮންގްރެސްއަށް ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ހުށަހަޅާ ގިނަ ކަންކަމަކީ މި ސަރުކާރުން ނިގުޅައިގަނެފައިވާ ބާރުތައްކަން ފާހަގަކޮށްލެވެ އެވެ. އޭގެތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުމާއި، ކައުންސިލްތައް އަތުން ބިންތައް އަތުލެވޭގޮތް އޮތުން ހިމެނެ އެވެ.

ލާމަރުކާޒީ ނިޒާމަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވުޖޫދުކުރި ނިޒާމެކެވެ. އެ ނިޒާމަށް ޕީޕީއެމްއެމްގެ ވެރިކަމުގައި އަދި ވަކިން ހާއްސަކޮށް މިހާރު މިހިނގާ ޕީއެންސީގެ ވެރިކަމުގައި ގިނަ ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ވަނީ ކަނޑުވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox