ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން އިހުމާލުވަމުންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓުގެ ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރި ހިނގި ހާދިސާއާ ގުޅިގެން ސަރުކާރާއި މުއައްސަސާތަކުން ކަނޑުމަތީގެ ސަލާމަތަށް އިހުމާލުވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ. 

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ އުޅަނދުތަކާމެދު އަމަލުކުރާނެ އުސޫލެއް ސަރުކާރުން އެކުލަވާލައި އެއަށް އަމަލުކުރަން ފަށަން ޖެހޭ ކަމަށެވެ. 

"ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ރާއްޖޭގެ ސަރަހައްދުގެ ބޮޑުބަޔަކީ ކަނޑުކަމުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކަނޑުމަތީގެ ސަލާމަތަށް ވަމުންދާ އިހުމާލު ކުށްވެރިކޮށް، ބޭރުގެ މިދަފަ އުޅަނދުތަކާމެދު އަމަލުކުރާނެ އުސޫލެއް ހަދާ، އެއާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލަން،" އެމްޑީޕީން ބުންޏެވެ. 

Advertisement

އެ ޕާޓީން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ރިޕަބްލިކް އޮފް ހައިޓީގައި ރަޖިސްޓްރީކޮށްފައިވާ، ވެރިފަރާތް ކަށަވަރު ނުވާ ދެ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއަކީ ވަރަށް ކަންބޮޑުވާންޖެހޭ ހާދިސާއެއް ކަމަށެވެ. 

މީގެއިތުރުން އެމްޑީޕީން ބުނީ މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން ނާގާބިލު އަދި ފަރުވާކުޑަ މި ސަރުކާރުން މިވަނީ ނުކުޅެދިފައި ކަމަށެވެ. 

މި ހާދިސާ ހިނގީ އެ ދެ ބޯޓުގައި ސަލާމަތީ އެއްވެސް ކަމެއް ރަނގަޅަ ނެތްކަން އިނގިތިބެ، ދޮޅުމަސް ދުވަސްވަންދެން އެ މަސައްކަތްނުކޮށް ދޫކޮށްލުމުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. 

"ދެ ބޯޓުގެ ހާލަތާއި އެ ދެ ބޯޓު މާލެ ކައިރީގައި އަޅާފައި އޮތުމުގެ ނުރައްކާ ބޮޑުކަމުން، ރައްކާތެރި ތަނަކަށް ގެންގޮސް އެ ބޯޓުތައް އަޅަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވީ ނަމަވެސް، އަދި، އެ ދެ ބޯޓުގައި ސަލާމަތީ އެއްވެސް ކަމެއް ރަނގަޅަ ނެތްކަން އިނގިތިބެ، ދޮޅުމަސް ދުވަސްވަންދެން އެ މަސައްކަތްނުކޮށް ދޫކޮށްލުމުން، ނުރައްކާތެރި ހާދިސާއެއް މިވަނީ ހިނގާފައި،" އެ ޕާޓީން ބުންޏެވެ. 

މި ސަރުކާރުން އެހާ އަވަހަށް މުޅި ސިނަމާލެ ބްރިޖު ބަލައި، އެތަނަށް އެއްވެސް ގެއްލުމެއްނުވާކަން ކަނޑައެޅި ގޮތާމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

"މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން ނާގާބިލު އަދި ފަރުވާކުޑަ މި ސަރުކާރުން މިވަނީ ނުކުޅެދިފައި. އަދި، ބޮޑުތަނުން އިހުމާލުވެފައި. ދޮޅުމަސް ދުވަހު މިފަދަ ބޭރުގެ ދެ ބޯޓު މާލެ ކައިރީގައި އެއް ނަގިލިން ބަންދަރުކޮށްފައި އޮއްވާ ނަގިލި ކަހާލުމަކީ އާދަޔާ ހިލާފުކަމެއް ނޫން،" އެމްޑީޕީން ބުންޏެވެ. 

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓު ދިޔަވެ މިހާރު ވަނީ އަޑިއަށްގޮސްފަ އެވެ. ދެ ބޯޓަކީ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓެވެ. އެ ދެ ބޯޓަކީ ވެސް ރިޕަބްލިކް އޮފް ހައިޓީގެ ރެޖިސްޓްރީގައި އޮތް، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުކުރެވޭ ދެ ބޯޓުކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox