ފަސް ތަރީގެ މޮޅަކާ އެކު ބާސެލޯނާ ތާވަލުގެ ކުރީގައި

Sep 6, 2026, 11:24 PM
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ޔަމާލް އާއި ފާމިން ލޮޕޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން: ޔަމާލް އާއި ފާމިން ލޮޕޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޑްރިޑް (ސެޕްޓެމްބަރު 6) - ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ ދަނޑުގައި 5-0 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގު ތާވަލުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. 

ހަންސީ ފްލިކްގެ ކޯޗުކަމުގައި ކުޅޭ ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ކުޅުނު ހަތަރު މެޗުން މޮޅުވި ހަމައެކަނި ޓީމެވެ. މި ސީޒަނުގައި، ހޯސޭ މޮރީނިއޯގެެ ކޯޗުކަމުގައި ކުޅޭ ރެއާލް މެޑްރިޑުން މި ހަފްތާގައި ކުޅުނު މެޗުން ރެއާލް ބެޓިސް އަތުން ބަލިވުމުގެ ފައިދާ ވާދަވެރި ބާސެލޯނާ އިން މި ވަނީ ރަނގަޅަށް ނަގައިފަ އެވެ. 

ބާސެލޯނާ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަނައިގައި އޮތް ޑިޕޯޓިވޯ އަލަވޭސް އަށް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ހަތަރެއްގައި އޮތް ރެއާލް ބެޓިސް އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. 

ވެެލެންސިއާގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލަމީން ޔަމާލް އެވެ. ފާމިން ލޮޕޭޒް ދިން ބޯޅައަކަށް އަރައި އޭރިއާތެރެއިން ޔަމާލް ވަނީ ވެލެންސިއާގެ ކީޕަރު، ސްޓޯލް ޑިމްޓްރިއެވްސްކީ ބޯމަތިން ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ފާމިން ލޮޕޭޒް ދިން ބޯޅައަކުން ޔަމާލް ޖެހި ގޯލު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. 

މެޗުގެ 22 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރީގައި ހުރެފައި ފާމިން ލޮޕޭޒް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން، ޔަމާލް ޖެހި ޝޮޓެއް ކީޕަރު ޑިމްޓްރިއެވްސްކީ މަތަކުރި އެވެ.

ބާސެލޯނާ އިން ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނިޓްގަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް މުޅިން ހުސްކޮށްލާފައި ދިން ބޯޅައެއް ރަފީނިއާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. 

ބާސެލޯނާ އިން މެޗުގައި ޖެހި ފަހު ދެ ލަނޑު ވެސް ޖެހީ ޑެނީ އޮލްމޯ ތަނަަވަސްކޮށްދިން ފުރުސަތުތަކުންނެވެ. އެ ގޮތުން، މެޗުގެ 79 ވަނަ މިނިޓްގައި ޕެޑްރީ ދިން ބޯޅައަކުން ޕެޑްރީ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އަދި، އޭގެ ފަސް މިނިޓް ފަހުން އޮލްމޯ ދިން ބޯޅައެއް ޔަމާލް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox