ދިއްދޫގެ ކޮންފިޑެންސް ރަނގަޅުވާނެ، ލީގުގައި ފަސޭހަ މެޗެއް ނެތް: މޯހަން

Sep 15, 2026, 5:01 PM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު މޯހަން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު މޯހަން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރުގެ މެޗުގައި އިދިކޮޅަށް ނުކުންނަ ހއ. ދިއްދޫ ފުޓްބޯޅަ ޓީމުގެ ކޮންފިޑެންސް މި ވަގުތު ވަރަށް ރަނގަޅުވާެނެ ކަމަށާއި މި ފަހަރުގެ ލީގުގައި ފަސޭހައޭ ބުނެފައި ކުޅެވޭނެ މެޗެއް ނެތް ކަމަށް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ. 

އުތުރުގެ ޗެމްޕިއަންކަން ހޯދައިގެން، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރު ވެސް ފަހަނައަޅައި އައިސް، ދިއްދޫން ވަނީ ދިވެހި ޕްރިމިއާ ލިގުގައި ކުޅުނު ފުރަަތަމަ މެޗުން މިދިޔަ ސީޒަނުގެ ލީގުގެަ ހަތަރު ވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށްފަ އެވެ. 

ދިއްދޫން ލީގުގައި ކުޅޭ ދެ ވަނަ މެޗުގައި، މާދަމާ ހަވީރު ކުޅޭނީ ވިކްޓަރީއާ އެވެ. ވިކްޓަރީން ވަނީ މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެފަ އެވެ. 

މާދަމާގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޯހަން ބުނީ، ވިކްޓަރީގެ ކުޅުންތެރިން ތިބީ ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ. އެކަމަކު، ދިއްދޫން ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެއްކި ކުޅުމާއި ނެރުނު ނަތީޖާ އަށް ބަލާއިރު، ދިއްދޫއާ ކުޅޭ މެޗު ވިކްޓަރީ އަށް ފަސޭހަވާނެ އެކޭ ނުބުނެވޭނެ ކަމަށް މޯހަން ވަނީ ފާހަގަކޮށްފަ އެވެ. 

"އޭގެ މާނަ އަކީ ދިއްދޫ ޓީމުގެ ވެސް ވަރަށް ކޮލިޓީ އެބަހުއްޓޭ. ވަރަށް ފިޓްކޮށް އަޅުގަނޑަށް ފެނުނީ ކުޅުންތެރިން ވެސް މަސައްކަތު ރޭޓު ވެސް ހުރިހާ ކަމެއް ވެސް އެހެންވީމަ އެއްގޮތަކަށް ވެސް ފަސޭހަވާނެ ކަމަކަށް ނުބެލެވޭނެ، މި ލީގުގައި އަޅުގަނޑު ބުނިހެން ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއް ގޮތަށް އިންނާނީ ފަސޭހަ މެޗެއް އަޅުގަނޑަށް ހިއެއް ނުވޭ. މި ފަަހަރަކު ސީޒަންގައި ފެނިގެންދާނެ ހެންނެން، އަދި ނަަތީޖާ މެޗެއްގައި ވާ ގޮތުން ފަހުކޮޅުގައި ކުޑަކޮށް ތަފާތު ބޮޑުވި ކަމުގައި ވިޔަސް، ފެށިގެން ދާއިރުގައި ހިއެއް ނުވޭ އެންމެ މެޗެއް ވެސް ފަސޭހަވާނެހެން. އެހެންވީމަ ވަރަށް ފޯކަސް ކުރަން އެބަޖެހޭ ކުޅުންތެރިން ވަރަށް އެބަޖެހޭ ވިސްނަން،" މީގެ ކުރިން، އދ. މަހިބަދޫ ފުޓްބޯޅަ ޓީމާއި ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމު ގޮވައިގެން، ފުރަތަަމަ ޑިވިޝަނުގައި ވާދަކޮށްފައިވާ މޯހަން ބުންޏެވެ. 

މޯހަން ބުނީ ފުރަތަމަ މެޗުގައި ދިއްދޫން އެ ދެއްކި ކުޅުމާ އެކު، އެ ޓީމުގެ ކޮންފިޑެންސް ވެސް ވަރަށް ރަނގަޅުވާނެ ކަމަށެވެ. ދިއްދޫން ބަލިކުރި ބުރު އަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި އެކަން، މި ސީޒަނުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުނުއިރު ބުރުން ވެސް ދައްކައިދިން ކަމަށް މޯހަން ފާހަގަކުރި އެވެ. 

ފުރަތަމަ މެޗުގެ ކާމިޔާބީއާ އެކު، ދިއްދޫން ދެ ވަނަ މެޗުގައި ނުކުންނާނީ ހިތްހަމަޖެހިގެން ވަަރަށް އުންމީދާ އެކުގައި ކަމަށް މޯހަން ވަނީ ބުނެފަ އެވެ. 

"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް، އިތުބާރެއް އެ ކުޅުންތެރިންނަށް ލިބިގެންދާނެ ގަލޮޅު ދަނޑުގައި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އެ ދެއްކުނު ކުޅުމާއި އެ އިތުބާރު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން، އެ ހުރިހާ ކަމަކަށް ބަލާއިރު ވެސް މެޗުގެ ޕްރެޝަރު ބޮޑުވެގެން އަޅުގަނޑުމެންނަށް ދާނެ ކަންތައްތައް މި ހުންނަނީ. ދިއްދޫ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފުރަތަމަ މެޗު އެ ނަތީޖާ އިން ކާމިޔާބު ކުރުމަކީ. އަނެއްކާ ކާމިޔާބުކުރިއިރު އެ ދެއްކި ކުޅުން ވެސް ފާހަގަކުރަން ޖެހޭ ވަރަށް ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ކުޅުނީ،" މޯހަން ބުންޏެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަަމަ ހަފްތާގެ މެޗުތައް ކުޅެ ނިމުނުއިރު، ލީގު ތާވަލުގެ ކުރީގައި އޮތީ ވިކްޓަރީ އެވެ. ވިކްޓަރީ އަކީ މި ފަހަރުގެ ލީގުގެ ޗެމްޕިއަންކަން ހޯދަން ވާދަކުރާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މޯހަން ވަނީ އެ ފަދަ ޕްރެޝަރަކަށް އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިން އާ ނުވާނެ ކަމަށް ބުނެފަ އެވެ. ސަބަބަކީ ގިނަ ކުޅުންތެރިންނަކީ ގަލޮޅު ދަނޑުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށް ވުން ކަމުގައި މޯހަން ފާހަގަކުރި އެވެ. 

މީގެ އިތުރުން، މޯހަން ބުނީ، 18 މެޗު ކުޅޭ ލީގެއްގެ ފުރަތަމަ މެޗު ނިމުމުން ތަށްޓައް ވާދަކުރާ ޓީމުތަކުގެ ވާހަކަ ދެއްކުން އަދި އަވަސް ކަމަށެވެ. 

"އެންމެ މެޗެއް މިދިޔައީ، އެންމެ މެޗަކުން ލީގު ހޯދާނެ ރޭހުގައި މި ތިބީ މި ވެނި ބަޔެކޭ ނެތީ މިވެނި ބަޔެކޭ ބުނަން އަޅުގަނޑަށް ހީވަނީ މާ އަވަސް، އެ ގޮތަށް ބަލާފައި މެޗަކަށް ފަހު މެޗަކަށް މި ފޯކަސް ކުރަނީ ލީގާ ދޭތެރޭ އެ ހިސާބަށް ދާ ހިސާބަކުން ވިސްނާނީ، ކޮންމެ ގޮތެއް ވިޔަސް އެބަހުރި ވަރަށް މުހިންމު މެޗުތައް ވެސް އެ ގޮތަށް ބަލާއިރު  ކުޅެން ޖެހޭ، އެހެންވީމަ މިއީ ޓީމުތަކާ ކުޅެވި ކުރިއަށްދާ ވަރަކުން އެނގޭނީ އަޅުގަނޑުމެންގެ އަސްލު ހާލަަތަކީ ކޮބައިކަން ބުނެދޭން،" މޯހަން ބުންޏެވެ. 

ލީގުގެ ފުރަތަމަ މެޗުގެ ވޯމްއަޕްގެ ތެރެއިން ވިކްޓަރީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ، އެ މެޗުގައި ވިކްޓަރީން ކުޅުނީ ޒުވާން ކީޕަރު، މުހައްމަދު ޔާމީން ލައިގެންނެވެ. ޝަފީއުގެ އަތުގެ އިނގިއްޔެއްގައި ރެނދެއް ލާފައިވާތީވެ، އޭނާ ތިން ހަފްތާ އަށް ކުޅުމާ ދުރަށްދާން ވަނީ ޖެހިފަ އެވެ. 

މޯހަން ބުނީ، މި ސީޒަނަށް ތައްޔާރުވިއިރު، ދިވެހި ދެ ކީޕަރުން ގެނައީ، ހާއްސަ ބޭނުމެއްގައި ކަމަށެވެ. އެ ގޮތުން، ފުރަތަމަ ވެސް ބިދޭސީ ކީޕަރަކަށް ނުދާްން ނިންމައި، ދިވެހި ކީޕަަރުން ލައިގެން ކުރިއަށްދާން ބޭނުންވި ސަބަަބަކީ ދިވެހި ކީޕަރުންނަށް އިތުބާރު ދިނުން ކަމަށެެވެ. އެ ގޮތުން، ޝަފީއު އާއި ޔާމީނަށް އިރުޝާދުދީފައިވާނީ ޕްރެކްޓިހުގައި ރަނގަޅަށް މަސައްކަތްކުރާ ކީޕަރަކަށް މެޗުން ފުރުސަތު ލިބޭނެކަން ކަމުގަައި މޯހަން ފާހަގަކުރި އެވެ. 

ދިއްދޫ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox