50 ވަނަަ ގައުމީ ބެޑްމިންޓަން މުބާރާތް އަންނަ މަހު ބާއްވަނީ

Aug 23, 2026, 11:25 AM
މިދިޔަ މެއި މަހު ބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޒަޔާން: ޒަޔާން ވަނީ 2023 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މިދިޔަ މެއި މަހު ބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޒަޔާން: ޒަޔާން ވަނީ 2023 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައި.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބާއްވާ، ގައުމީ ބެޑްމިންޓަން މުބާރާތުގެ 50 ވަނަ މުބާރާތް އަންނަ މަހު ބާއްވަން ނިންމާފައިވާކަން އެ އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ. 

ބެޑްމިންޓަން އެސޯސިއޭޝަނުން އެންމެ ފަހުން ގައުމީ ބެޑްމިންޓަން މުބާރާތް ބާއްވާފައިވަނީ، 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެއީ، 49 ވަނަ އެޑިޝަން އެވެ. އޭގެ ތިން އަހަރު ފަހުން، ގައުމީ ބެޑްމިންޓަން މުބާރާތެއް ބާއްވަން ތާވަލުކޮށްފައި މި ވަނީ، އަންނަ މަހުގެ 11-20 އަށް މާލެ، ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ. 

ބީއޭއެމް އިން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަަ ކުރުމަށް ފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހު 16:00 ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށަހެޅުމަށް އެދިފަ އެވެ. ބައިވެރިވުމުގެ އިވެންޓް ފީ އަކީ، ސިންގަލްސް އިވެންޓަކަށް 200 ރުފިޔާ އާއި ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓަށް 300 ރުފިޔާ އަދި ޓީމު އިވެންޓަށް 3500 ރުފިޔާ އެވެ. މުބާރާތުގެ އުމުރު ކަނޑައަޅަން ނިންމާފައިވަނީ، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ އުސޫލާ އެއްގޮތަށެވެ. 

މުބާރާތުގެ ކެޓަގަރީތައް، ޑިވިޝަން 1، (ސިންގަލްސް/ ޑަބަލްސް / މިކްސް ޑަބަލްސް (އަންހެން / ފިރިހެން)، ޑިވިޝަން 2، ސިންގަލްސް/ ޑަބަލްސް / މިކްސް ޑަބަލްސް (އަންހެން / ފިރިހެން)، 9  އަހަރުންދަށް، ސިންގަލްސް (އަންހެން / ފިރިހެން )، 11 އަހަރުންދަށް، ސިންގަލްސް/ ޑަބަލްސް (އަންހެން / ފިރިހެން)، 13 އަހަރުންދަށް، ސިންގަލްސް/ ޑަބަލްސް (އަންހެން / ފިރިހެން)، 15 އަހަރުންދަށް، ސިންގަލްސް/ ޑަބަލްސް / މިކްސްޑް ޑަބަލްސް (އަންހެން / ފިރިހެން)، 17 އަހަރުންދަށް، ސިންގަލްސް/ ޑަބަލްސް / މިކްސްޑް ޑަބަލްސް (އަންހެން / ފިރިހެން)، 19 އަހަރުންދަށް، ސިންގަލްސް/ ޑަބަލްސް / މިކްސްޑް ޑަބަލްސް (އަންހެން / ފިރިހެން) އަދި ސްޕެޝަލް އޮލިމްޕިކްސް އާއި ޕެރަ ބެޑްމިންޓަން އެވެ. 

ގައުމީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، 9 އަހަރާއި 19 އަހަރާ ދެމެދުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ވާދަކުރެވޭނީ  އިހުތިޔާރު ކުރާ ކޮންމެ ވެސް އެއް އުމުރުފުރާއެއްގަ އެވެ. އެކަމަކު، އެ ކުޅުންތެރިއެއްގެ އުމުރުފުރާ އަށް  ސިންގަލްސް ކުޅެމުން އެ އަށް ވުރެން  މަތީގެ އުމުރުފުރާ އަށް ޑަބަލްސް އާއި މިކްސް ޑަބަަލްސް ކުޅެވިދާނެ އެވެ. އޯޕަންސް އިވެންޓުގެ އެއް ވަނަ ޑިވިޝަނުގައި ކުޅެވޭނީ 13 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. ސްކޫލް ދަރިވަރަކު ކުޅޭނަމަ އެސޯސިއޭޝަނަށް ބެލެނިވެރި ފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެ އެވެ. 

ދެ ވަނަ ޑިވިޝަންގައި ވޭތިވެ ދިޔަ ފަސް އަހަރު ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނުން އެކުލަވާލި ގައުމީ ޓީމެއްގައި ހިމެނިފައިވާ ކުޅުންތެރިއަކަށް މި ޑިވިޝަން ގައި ނުކުޅެވޭނެ އެވެ. އަދި، ވޭތު ވެ ފަސް އަހަރު ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނުން އެކުލަވާލި ގައުމީ ޓީމެއްގައި ހިމެނިފައިވާ ކުޅުންތެރިޔާ އަކީ އުމުރުން 40 އަހަރު ވެފައިވާނަމަ، ކުޅެވިދާނެ އެވެ. އެހެން ނަމަވެސް މި ކެޓަގަރީގެ 2 ކުޅުންތެރިން އެކުގައި ޕެއާ ނުކުރެވޭނެ އެވެ، ގަވާއިދުގެ މި ބައިގަައި، އުމުރުން 45 ވެފައިވާ ކުޅުންތެރިން މި އުސޫލުން އިސްތިސްނާވާނެ އެވެ. 

ގައުމީ މުބާރާތުގައި، ރާއްޖޭން ބޭރުގެ ކުޅުންތެރިން / ކުޅުންތެރިއެއް ހިމަނާނަމަ މި ކުޅުންތެރިންނަށް ޤައުމީ ރޭންކިންގް ގެ ސިންގަލްސް ފުރަތަމަ 15 ގައި ރޭންކް ކުރެވިފައިވާ ކުޅުންތެރިއަކާއި / ގައުމީ ޑަބަލްސް ރޭންކިންގް ގެ ފުރަތަމަ ފަހެއްގައި ރޭންކް ކުރެވިފައިވާ ކުޅުންތެރިން ތެރިންނާއި އެކުގައި ޕެއާ ނުކުރެވޭނެ އެވެ. 

އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި އާމިނަތު ނަބީހާ އަބްދުރައްޒާގު (ނަބީ) އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox