ނިބާލް ފާހަގަކުރީ ރިވައިވަލްގެ މެލޭޝިއާ ކޭމްޕުން ރާއްޖޭގެ ބެޑްމިންޓަނަށް ވެސް ކުރާނެ ފައިދާ

Aug 22, 2026, 3:31 PM
މި ފަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ނިބާލް.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މި ފަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ނިބާލް.---- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

މިިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ރިވައިވަލް ސްޕޯޓްސް އިން މެލޭޝިއާގައި ކުރިއަށްގެންދަމުން އަންނަ ދެ މަސް ދުވަހުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ލިބޭ ފުރުސަތުތަކަކީ އޭގެ ފައިދާ ރާއްޖޭގެ ބެޑްމިންޓަނަށް ވެސް ކުރާނެ ކަމެއް ކަމަށް ރިވައިވަލްގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ނިބާލް އަހުމަދު ފާހަގަކޮށްފި އެވެ. 

ރިވައިވަލް ސްޕޯޓްސް އިން އެ ކްލަބްގެ ހައި ޕާފޯމަންސް ޓީމައި 23 އަހަރުން ދަށުގެ ސްކޮޑު، މެލޭޝިއާގައި ތާރީހީ ޓްރެއިނިން ކޭމްޕެއް މިހާރު ކުރިއަށްގެންދަމުން އެބަ ދެ އެވެ. މިއީ، މުސްތަގުބަލަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމުގެ އަމާޒުގައި އެ ޓީމުން ކުރިއަށްގެންދާ މުހިންމު ޕްރޮޖެކްޓެއްގެ ބައެކެވެ. މިއީ، މިހާތަނަށް ރާއްޖޭގެ އަމިއްލަ ކްލަބަކުން، އިންޑިވިޖުއަލް ކުޅިވަރަކަށް ބަލާއިރު، ގައުމުން ބޭރުގައި އެންމެ ގިނަ ކުޅުންތެރިންނާ އެކު، ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެންމެ ފުރަތަމަ ޓްރެއިނިން ކޭމްޕް އެވެ. މި ކޭމްޕްގައި، ރިވައިވަލް ސްޕޯޓްސްގެ 12 ކުޅުންތެރިއަކު މެލޭޝިއާގައި ޓްރެއިނިންތައް ކުރިއަށްގެންދެ އެވެ. އަދި، މި ޓްރެއިނިން ދަތުރުގައި، ރިވައިވަލްގެ ތިން ކޯޗުން ބައިވެރިވެ އެވެ. 

ނިބާލްގެ އިތުރުން، ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ އެތުލީޓުންނަކީ، ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، ޒަޔާން ޒަކީ، ހަަސަން ޒަޔާން، ހައިޝަމް އިބްރާހިމް، މުހައްމަދު ހަަލަަފް، އަހުމަދު އަޔާން، އައްޔޫބު އަޒްހަރު އަދި އިބްރާހިމް ނާޝިތު އެވެ. ކޯޗުންނަކީ، ނަޝީއު ޝަަރަފުއްދީން އާއި ނަޝްފާން މުހައްމަދު އެވެ. ނިބާލާއި ކޯޗު، ރިއާޒް މުހައްމަދު ފަހުން ކޭމްޕާ ގުޅުނީ، މިހާރު ކުރިއަށްދާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތަށް ފަހު އެވެ.

މެލޭޝިއާ ކޭމްޕް؛ ދަތިތަކުގެ ހައްލަކަށް ރިވައިވަލް އިން މުސްތަގުބަލަށް އެޅި ބޮޑު ފިޔަވަޅު

ރިވައިވަލް ސްޕޯޓްސްގެ 12 ކުޅުންތެރިންނާއި 3 ކޯޗުން ހިމެނޭހެން، ބެޑްމިންޓަންގެ ހާއްސަ ތަމްރީނު ކޭމްޕެއް ދެ މަސްދުވަހުގެ މުއްދަތަށް މެލޭޝިއާގައި ކުރިއަށް އެބަގެންދޭ. މިއީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުން މެޑަލް ހޯދުމަށާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެ ކްލަބުން ކުރިއަށްގެންދާ ދިގު މުއްދަތުގެ އިންވެސްޓްމަންޓެއް

ރިވައިވަލް އިން ވަނީ މި ކޭމްޕްގެ ތެރެއިން، އަލްޖީރިއާ އާއި މެލޭޝިއާގެ ގައުމީ ލެވަލްގެ ކުޅުންތެރިންނާ އެކު މެޗުތަކެއް ކުޅެފަ އެވެ. 

ރިވައިވަލްގެ މީޑިއާ އަށް ނިބާލް ބުނީ، އަލްޖީރިއާ އާއި މެލޭޝިއާގެ ގައުމީ ލެވަލްގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު މެޗުތައް ގޮތަށް، އެކި ގައުމުތަކުގެ ތަފާތު ސްޓައިލްތަކުގެ ކުޅުންތެރިންނާ ދެކޮޅަށް މެޗުތައް ކުޅުމަކީ  ވަރަށް ފައިދާކުރާނެ ކަމެއް ކަމަށެެވެ. 

"އަލްޖީރިއާގެ ބައެއް ކުޅުންތެރިންނާ އެކު މި ކުޅެލެވުނީ ވަރަށް ރަނގަޅު މެޗުތަކެއް. ރިވައިވަލްގެ ހުރިހާ ކުޅުންތެރިންނާ އެކު މި ކޭމްޕްގައި، ޓްރެއިނިން ކޭމްޕެއްގެ މާހައުލެއްގައި ހުރުމަކީ އަހަރެން އަމިއްލަ ނަފްސު ދެކޭ ގޮތް ބުނާނަމަ ވެސް ވަރަށް ރަނގަޅު ކަމެއް. ވަރަށް ރަނގަޅު މުއްދަތެއް ޓްރެއިނިން ކުރިއަށްގެންދަން އަހަރެމެންނަށް އެބަ ލިބޭ، މާލޭގައި ނުލިބޭނެ މިންވަަރަށް. އަދި، އެ ވަގުތުތަކުގައި އެންމެ ރަނގަޅު ލެވަލްގެ މެޗުތަކެއް ވެސް ކުޅެލަން އެބަ ލިބޭ،" ނިބާލް ބުންޏެވެ. 

ނިބާލްގެ ވާހަކަތަކަށް ބާރު ލިބޭ ވިސްނުމުގައި ރިވައިވަލްގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) ވެސް ވަނީ އޭނާ ދެކޭ ގޮތް ހިއްސާކޮށްފަ އެވެ. ނަބީ ބުނީ، ހަމައެކަނި ރިވައިވަލްގެ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެކޮޅަށް މެޗުތައް ކުޅުމުގެ އިތުރަށް މިި ކޭމްޕްގެ ތެރެއިން، އެކި ގައުމުތަކުގެ ތަފާތު ލެވަލްގެ ކުޅުންތެރިންނާ ބައްދަލުކޮށް، މެޗު ކުޅުމަކީ ހަގީގަތުގައި ކުރިއަށްދާން ބަލާއިރު އިތުރު ފުރުސަތުތަކެއް ފަހިވާނެ ކަމެއް ކަމަށެވެ. 

ރިވައިވަލްގެ ކޯޗު ނަޝްފާން ވަނީ، މެލޭޝިއާގެ ޓްރެއިނިން ކޭމްޕްގައި މިހާތަނަށް ފެނުނު ކަންކަމާއި މި ކޭމްޕްގެ ތެރެއިން ރިވައިވަލް އިން ކުޅުނު ފުރަތަމަ މުބާރާތް، މެލޭޝިއާ އިންޓަނޭޝަނަލް ޗެލެންޖުގައި ކުޅުނު މެޗުތަކާއި މެލޭޝިއާ އާއި އަލްޖީރިއާގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު މެޗުތަކުން، ކޭމްޕްގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ދެވޭކަން ފާހަގަކޮށްފަ އެވެ. 

"ގިނަ މެޗުތަކުން ކްލަބްގެ ޕްލޭޔާސް މޮޅުވެފައިވަނީ. މި ގޮތަށް މޮޅެތި ފެންވަރުގެ ކުޅުންތެރިންނާ އެއްކޮށް ކުޅެން ފުރުސަތު ހޯދުން އެއީ މި ކޭމްޕް އެންމެ މުހިންމު ބޭނުން. ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރު މެޗުތައް ކުޅެން ރާވަމުން މި ދަނީ،" ނަޝްފާން ބުންޏެވެ. 

އަންނަ މަހު 1-6 އަށް ކުރިއަށްދާ މެލޭޝިއާ އިންޓަނޭޝަނަލް ސީރީސްގައި ވެސް ރިވައިވަލް ކުޅުންތެރިން ވާދަކުރާނެ އެވެ. އެ މުބާރާތުގައި ވާދަކުރަން ރިވައިވަލް ކުޅުންތެރިންނާ އެކު ތައްޔާރުވުމަށްޓަކައި، ބަންގްލަދޭޝްގެ ގައުމީ ދެ ކުޅުންތެރިން ކަމަށްވާ ސިބްގާތު އާއި ގާލިބް އަންނަނީ ފަރިތަކުރަމުންނެވެ. މީގެ ތެރެއިން، ގާލިބް އަކީ، 2028 ވަނަ އަހަރު ލޮސް އެންޖެލްސްގައި އޮންނަ އޮލިމްޕިކްސް އަށް ހާއްސަކޮށް، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ އިން ދީފައިވާ، އޭޝިއަން އޮލިމްޕިކް ޕްރޮގްރާމް ލިބިފައިވާ އެތުލީޓެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox