ކުޅުންތެރިއަކު ގައިގައި ޖެހި މައްސަލައިގައި މެސީ އަށް އަދަބުދީފި

Aug 22, 2026, 12:50 PM
އެމްއެލްއެސްގެ މެޗެއްގެ ތެރެއިން މެސީ.

އެމްއެލްއެސްގެ މެޗެއްގެ ތެރެއިން މެސީ.

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 22) - އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސްގައި)، އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު މެޗުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ސަބަބުން އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ އަށް އަދަބުދީފި އެވެ. 

އެ ގޮތުން، ބުދަ ދުވަހުގެރޭ ފިލަޑެލްފިއާ އާއި މިއާމީ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އެ މެޗުގައި ހަމަނުޖެހުން ހިނގީ އިތުރު ވަގުތުގަ އެވެ. އެ ގޮތުން، މެސީ އާއި ފިލަޑެލްފިއާގެ ކުއިން ސުލިވަންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި، މެސީ ވަނީ އޭނާގެ ކަރުގައި އަތްޖައްސައި ކޮށްޕައިލައިފަ އެވެ. ސުލިވަން އާއި މެސީގެ ދެމެދުގައި މި ހަމަނުޖެހުން ހިނގިއިރު، މެޗުގެ ކުޅުން ކުރިއަށްދެ އެވެ. 

އެމްއެލްއެސްގެ ޑިސިޕްލިނަރީ ކޯޑުގައިވާ ގޮތުން، ހަމަނުޖެހުމެއްގެ ތެރެއިން އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ކަރާއި މޫނު އަދި ބޮލުގެ ތަނެއްގައި އަތުން ޖަހައިފިނަމަ، އަދަބު ލިބޭނެ އެވެ. އެ ގޮތުން، ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން، މި ކޯޑުގެ މި މާއްދާ އަށް ބަލައި، މެސީ އަށް އަދަބުދޭން ނިންމީ އެވެ. 

Advertisement

ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މެސީ ޖޫރިމަނާ ކުރާށެވެ. އެ ގޮތުން، ޖޫރިމަނާ ކުރި ސީދާ އަދަދެއް ހިމަނާފައިނުވާއިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން، އެއީ، 5000 ޑޮލަރުގެ ޖޫރިމަނާ އެކެވެ. 

މެސީ އާއިި ސުލިވަންގެ ދެމެދުގައި އެ ހަމަނުޖެހުން ހިނގި މަންޒަރު ކޮންމެ ވެސް ވަރަކަށް މެޗުގެ ރެފްރީ، ފިިލިޕް ޑުޖިޗް އަށް ފެނުނު ނަމަވެސް، އެ ވަގުތު އޭނާ ފިޔަވަޅެއް އަޅައިފައިނުވެ އެވެ. އެކަމަކު، އޭނާގެ މެޗުގެ ރިޕޯޓްގައި އެކަން ވަނީ ހިމަނައިފަ އެވެ. ޑިސިޕްލިނަރީ ކޮމިޓީން މެސީ އަށް އަދަބުދިނީ ރެފްރީ ޑުޖިޗްގެ ރިޕޯޓަށް ވެސް ބަަލަައިފަ އެވެ. 

ފިލަޑެލްފިއާ އާއި މިއާމީ ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، ފިލަޑެލްފިއާ އަށް ކުޅޭ ސުލިވަންގެ ކޮއްކޮ، ކަވަން އާއި މިއާމީގެ އިޓަލީ ޑިފެންޑަރު، ޔަނިކް ބްރައިޓް ވަނީ އިތުރު ވަގުތުގެ ތެރޭގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއީ، މިއާމީގެ ޕެނަލްޓީ އޭރިއާތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިންނެވެ. 

ފިލަޑެލްފިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ، ދާދި ފަހުން، މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވި ފަހުން، ކުޅުމަށް އެނބުރި އައިސް، މެސީގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެވެ. 

މި މަހު 8 ވަނަ ދުވަހު މެސީގެ ބައްޕަ، ޖޯޖް، މަރުވީ. ގިނަ ދުވަސްތަކެއް ވަންދެންް ބަލިވެ އުޅުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox