ޗެލްސީން މި ފަހަރު ޕްރިމިއާ ލީގަށް ވާދަކުރާނެ: އާޓެޓާ

Sep 6, 2026, 9:43 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

ލަންޑަން (ސެޕްޓެމްބަރު 6) - ޒަބީ އަލޮންސޯގެ ކޯޗުކަމުގައި މި ސީޒަނުގައި ކުޅެމުން އަންނަ ޗެލްސީން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާނެ ކަމަށް އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާ ބުނެފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މި ފަހަރު މިހާތަނަށް ޗެލްސީ އާއި އާސެނަލުން ކުޅުނު މެޗުތަކުން ވަނީ މޮޅުވެފަ އެެވެ. 

މިދިޔަ ސީޒަނުގައި ޗެލްސީން، އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި ނިންމިިއިރު، އެ ޓީމަށް އެންމެ ފަހުން ލީގުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެވުނީ ވެސް 2017 ވަނަ އަހަރު އެވެ. އެއީ، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި އެ ޓީމުން 2016-2017 ވަނަ ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އެވެ. އެކަމަކު، އާޓެޓާ ދެކޭގޮތުގައި މި ސީޒަނުގައި އަލޮންސޯގެ ކޯޗުކަމުގައި ޗެލްސީ އަށް ތަފާތު ދެއްކޭނެ އެވެ. 

"ތާވަލުގެ އެންމެ މަތީ މަގާމުތަަކުގައި ވާދަކުރަން ބޭނުންވާނެ ހުރިހާ ކަމެއް ޗެލްސީގައި ފުރިހަމަ. އޭނަ (އަލޮންސޯ) ދަންނަން. ޗެލްސީގެ ތާރީހު ވެސް އެނގޭ. އެ މީހުންގެ ސްކޮޑުގެ ކޮލިޓީ ވެސް ވަރަށް ރަނގަޅަށް އެނގޭ. އެހެން ޓީމުތަކާ އަޅާކިޔާއިރު ޗެލްސީގެ ޝެޑިއުލް ވެސް އެނގޭ. މި ހުރިހާ ކަމަކަށް ބަލާއިރު، ޗެލްސީ މި ރޭހުން ފެންނާނެ،" ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުންޏެވެ. 

އާޓެޓާ އާއި އަލޮންސޯ އަކީ ސްޕެއިންގެ ސްޕެއިން ސަބެސްޓިއަން ސަރަަހައްދަށް ނިސްބަތްވާ ދެ ކޯޗުންނެވެ. އަދި، ޔޫތު ކެރިއަރުގައި އެއްކޮށް އެއް ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންގެ އިތުރުން ގާތް ދެ އެކުވެރިންނެވެ. މިރޭގެ މެޗަކީ، އާޓެޓާ އާއި އަލޮންސޯގެ ކޯޗިން ކެރިއަރުގައި ރަސްމީ މެޗެއްގައި މި ދެ ކޯޗުންގެ ފުރަތަމަ ކުރިމަތިލުމެވެ. އަނެއްކޮޅުން، ލިވަޕޫލްގެ ކޯޗު، އަންޑޯނީ އިރައޯލާ އަކީ ވެސް އަލޮންސޯ އާއި އާޓެޓާއާ އެއް ސަރަހައްދަކަށް ނިސްބަތްވާ ކޯޗެކެވެ. 

"އަހަރެމެންގެ ގުޅުން ވެސް ރަނގަޅު، އަހަރެމެން ނިސްބަތްވާ ސަރަހައްދު މި އޮތީ ވެސް ގުޅިފައި. ހަގީގަތުގައި މި ލެވަލްގެ ކޯޗިންގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކްލަބްތަކާ ހަވާލުވެ ތިބެ، އެކަކު އަނެކަކާ ދެކޮޅަށް މިހެން ޗެލެންޖަކަށް ނުކުންނަން ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އާޓެޓާ ބުންޏެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައިނުވެ އެވެ. އާސެނަލް ދަނޑުގައި ޗެލްސީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެެވެ. އެންމެ ފަހުން، އާސެނަލް ދަނޑުގައި ޗެލްސީ މޮޅުވީ 2021 ވަނަ އަހަރު އެވެ. 

އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox