ބުރު ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އަށް ތާރީހީ ކާމިޔާބެއް

Sep 12, 2026, 11:28 PM
ދިއްދޫގެ ގާނާ ފޯވާޑް ޓެޓޭ ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދިއްދޫގެ ގާނާ ފޯވާޑް ޓެޓޭ ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް

ބުރު ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ތާރީހީ މޮޅެއް ހޯދައިފި އެވެ. 

ބުރަކީ މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމި ޓީމެއް ނަމަވެސް، އެ ޓީމު އަތުން، ދިއްދޫން މި ވަނީ ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ. 

މިއީ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައި، ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫން ކުޅުނު ފުރަތަމަ މެޗެވެ. ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު މުޅިން އަލަށް ތިން ޓީމެއް ވާދަކުރެ އެެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ ފުޓްބޯޅަ ޓީމާއި، މާލެ ރީޖަން ލީގުގެ (ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް އެވެ. މި ތިން ޓީމުން ވެސް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ހޯދީ، ކޮލިފައިން ބުރެއް ކުޅެގެންނެވެ. 

ގައްދޫ އާއި ބިސް ބުރު މިއަދު ކުޅުނު މެޗުތަކުން ބަލިވި ނަމަވެސް، ދިއްދޫ މި ވަނީ މޮޅުވެފަަ އެވެ. އަދި، ހޯމް އެންޑް އަވޭ ފޯމެޓްގައި ކުޅޭ ލީގެއްގައި، މޮޅުވި ރާއްޖޭގެ ފުރަތަމަ ރަށެއްގެ ޓީމުގެ ޝަރަފް ހޯދައިފަ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ބުރު ފެނުނީ ވަރަށް ފޯމުގައި ކުޅެލިތަނެެވެ. އެ ގޮތުން،  އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާން) ފޮނުވާލި ބޯޅައެއް ދިއްދޫގެ ކީޕަރު، މުހައްމަދު ޝިފާން މަތަކުރިިއިރު، ބުރުގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ. 

ދިއްދޫން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް، މެޗުގެ 24 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން، ދިއްދޫ ޓީމުގެ ފޯވާޑް ގާނާގެ ގިޑިއެން ޓެޓޭ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް އަތްދަށުން ގޮހެވެ. 

ލީޑުނެގުމަށް ފަހު އިތުބާރާ އެކު ކުޅެން ފެށި ދިއްދޫ އަށް ލީޑުފުޅާކުރަން ވެސް ފުރުސަތު ލިބުނެވެ. އެ ގޮތުން، ޓެޓޭ ފޮނުވާލި ޝޮޓެއް ކީޕަރު، އަލީފް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު މުހައްމަދު ޝަނާއު ނަސީރު، އެ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ. 

ފުރަަތަމަ ހާފުގައި ބުރަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެ ޓީމުގެ އާޖެންޓީނާ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯ އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ފުރުސަތުގައި ދެ ފަހަރު ގޯލަށް ޖަހަން ލިބުނު ނަމަވެސް ރަނގަޅަށް ފޮނުވާނުލެވި، ދިއްދޫގެ ޑިފެންޑަރުން އެ ބޯޅަ ސަލާމަތްކުރި އެެވެ. 

ދެ ވަނަ ހާފު ފަށައިގެން ދެ މިނިޓް ތެރޭ ދިއްދޫން ދެ ވަަނަ ލަނޑު ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އޭރިއާބޭރުން، ގާނާގެ މިޑްފީލްޑަރު، ޔޫސުފް އަފުލް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އަދި، މެޗުގެ 50 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ބުރުގެ ފޯވާޑް އެޑުއާޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. 

ބޯ ވިއްސާރައިގެ ތެރޭގައި މެޗުގެ ބޮޑުބައި ކުޅުނުއިރު، 66 ވަނަ މިނިޓްގައި ބުރުގެ ޔާނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ކީޕަރު ޝިފާން ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، ދިއްދޫގެ ޓޭޓޭ ބޮލުން ފޮނާލި ހަމަލާއެއް ކީޕަރު އަލީފް ވަނީ ހުއްޓުވައިފަ އެވެ. 

މެޗުގެ 70 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ބުރުގެ މުހައްމަދު ތަޝްމީން (ތައްތި) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޓެޓޭ ހުސްކޮށްލާފައި ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ތައްތި ޖެހި ޝޮޓް ދިޔައީ ބޭރުންނެވެ. އަދި، އޭގެ މިނިޓެއް ފަހުން، ބުރުގެ އަބްދުﷲ އަރީން އިބްރާހިމް ފޮނުވާލި ބޯޅައެއް ދިޔައީ ކީޕަރު ޝިފާން އަތުގައި ޖެހިފައި ބޭރަށެވެ. 

ބުރުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ދިއްދޫގެ ހުސެއިން ޒިމްޔާން އަށް ކުރި ފައުލަކަށް ބުރުގެ ޝަމްވީލް މުހައްމަދު (ބޮންޑާ) އަށް ރަތެއް ދެއްކުމުންނެވެ. 

މި ސީޒަނުގަައި ބުރުއާ ހަވާލުވި ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. މީގެ ކުރިން، ކަޕް ވިނާސް ކަޕް ތިން މެޗުން ވެސް އެ ޓީމު ވީ ބައްޔެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox