އަލަށް ޕްރޮމޯޓްވި ބިސް ބުރު އަތުން އީގަލްސް އަށް މޮޅެއް

Sep 12, 2026, 6:03 PM
ބިސް ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ...--- ފޮޓޯ: އަދަދު ސްޕޯޓްސް

ބިސް ބުރު ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ...--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 3-1 އިން ކްލަބް އީގަލްސް އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ. 

މިއީ، މާލެ ރީޖަންގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ބިސް ބުރުން، ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުގެ ކޯޗަކަށް ހަމަޖަައްސާފައިވާ، އަހުމަދު ނާޝިދު (ނާދު)، މި ވަގުތު ޓީމާ އެކު ނެތެވެ. ބިސް ބުރުން މި މެޗުގައި ކުޅުނީ ގައުމީ ޓީމުގެ ނޫކުލައިގެ ކިޓެއްގަ އެވެ. އެއީ، އެ ޓީމު މި މެޗުގައި ބޭނުންކުރަން އޮތް ޖޯޒީ އާއި އީގަލްސް އިން ކުޅޭ ޖޯޒީއާ ގުޅޭ ކުލައެއް ކަމަށްވާތީ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، އީގަލްސް އިން ލީޑުނެގި ލަނޑަކީ، ކުރިން ބިސް ބުރަށް ކުޅުނު މިސްރުގެ އެލް ސަޑެކް މުހައްމަދު ޖެހި ގޯލެކެެވެ. އެ ގޮތުން، ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެލް ސަޑެކް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 

Advertisement

ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އީގަލްސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ޒައިން ޒަފަރު އެވެ. މިއީ، އޭރިއާތެރެއިން، މުހައްމަދު އަޖުފާން ދިން ބޯޅައަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޒައިން ޖެހި ގޯލެކެވެ. 

ބިސް ބުރުން ދެ ވަނަ ހާފު ފެށިގެން ކުޅުން ރަނގަޅުކޮށް 10 މިނިޓް ތެރޭ ލަނޑެއް ޖެހި އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި މުހައްމަދު ޒިދާން ޖެހި ގޯލެކެވެ. އީގަލްސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޒިދާން ވަނީ ލިބުނު ފުރުސަތުގައި ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލައިގެން ގޯލު ޖަހައިފަ އެވެ. އެ ބޯޅަ ހުއްޓުވަން އީގަލްސް ގޯލުގައި ހުރި ޕާކިސްތާން ގައުމީ ޓީމުގެ ސާގިބް ހަނީފަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

އީގަލްސް އިން ތިން ވަނަ ލަނޑު ޖެހީ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އީގަލްސް އަށް ލިބުނު ޕެނަލްޓީ އިސްމާއިލް އީސާ (މެސީ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ވެސް އީގަލްސް އަށް އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox